ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި 'ޖޯލި މޯލްޑިވްސް' ގެ ވޯޓާ ވިލާގެ ފާލަން ވެއްޓި ލިބުނު ގެއްލުންތައް މަރާމާތުކުރުމަށްޓަކައި އެ ރިސޯޓު ވަގުތީ ގޮތުން މިއަދު ބަންދުކޮށްފި އެވެ.
18 ޖުލައި 2022
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި 'ޖޯލި މޯލްޑިވްސް' ގެ ވޯޓާ ވިލާގެ ފާލަން ވެއްޓި ލިބުނު ގެއްލުންތައް މަރާމާތުކުރުމަށްޓަކައި އެ ރިސޯޓު ވަގުތީ ގޮތުން މިއަދު ބަންދުކޮށްފި އެވެ.
ރ. މުރުވަންދޫގައި ހިންގާ ޖޯލި މޯލްޑިވްސް ރިސޯޓްގައި ރޭ ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
"ރަށުގައި އެ ވަގުތު ތިބި ހުރިހާ އެންމެންގރ ހާލު ރަނގަޅު" ޖޯލި މޯލްޑިވްސް އިން ނެރުނު ބަޔާނެެއްގައި ބުންޏެވެ.
ޖޯލި މޯލްޑިވްސްގައި ގެއްލުންވި ފާލަމުން ބައިތައް އެއްގަމު ކުރަނީ ---ފޮޓޯ: ޖޯލި
އެ ރިސޯޓުގައި ތިބި ހުރިހާ ގެސްޓުން ރ. ބޮޑުފުށީގައި ހިންގާ 'ޖޯލި ބީންގް' ރިސޯޓަށް ބަދަލުކޮށް، މަރާމާތުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.
ލިބިފައިވާ ގެއްލުންތައް އެއްކޮށް މަރާމާތުކުރުމަށް ފަހު އަލުން އެ ރިސޯޓު ހުޅުވަން ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.
މާލެ އިން ފުރައިގެން ސީޕްލޭންގައި 45 މިނެޓް ތެރޭގައި ދެވޭ ޖޯލި މޯލްޑިވްސްގައި 73 ވިލާ ހުރެ އެވެ. އެ ރިސޯޓު ހުޅުވާފައިވަނީ 2018 ވަނަ އަހަރު އެވެ
އޮސްކާގެ އިނާމުތަކުގައި ރާއްޖޭގެ ޗުއްޓީ ދަތުރެއް
ޖޯލި ރިސޯޓުން 77 މިލިއަނަށް ވިލާ ވިއްކަނީ
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
އިމިގްރޭޝަނަށް ފިލަން 60 ބިދޭސީން މަޑުއްވަރީއަށް
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު މާރުކުރާނެ
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު