ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމު އެވޯޑް، އޮސްކާ ހާސިލްކުރާ ފަންނާނުންނާއި އެ އެވޯޑަށް ނޮމިނޭޓްވާ އެންމެންނަށް ދޭ އިނާމުތަކުގެ ތެރޭގައި މިފަހަރު ރާއްޖޭގެ ޗުއްޓީ ދަތުރެއް ހިމަނައިފި އެވެ.
ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމު އެވޯޑް، އޮސްކާ ހާސިލްކުރާ ފަންނާނުންނާއި އެ އެވޯޑަށް ނޮމިނޭޓްވާ އެންމެންނަށް ދޭ އިނާމުތަކުގެ ތެރޭގައި މިފަހަރު ރާއްޖޭގެ ޗުއްޓީ ދަތުރެއް ހިމަނައިފި އެވެ.
އަންނަ މަހު ބާއްވާ އެކަޑަމީ އެވޯޑްސް ނުވަތަ އޮސްކާގެ އިނާމުތައް ހިމެނޭ "ސްވޮގް ބޭގް" ގެ އަގު މިފަހަރު ދެ މިލިއަން ޑޮލަރަށް އަރާއިރު ރާއްޖޭގެ ޗުއްޓީ ދަތުރުގެ އަގަކީ 16،000 ޑޮލަރެވެ. ރާއްޖޭގައި އެ ފަންނާނުންނަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދެނީ ޖޯލި މޯލްޑިވްސްގެ ދެ ރިސޯޓުގައި ކަމަށް މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވެ އެވެ.
އެއީ ރ. އަތޮޅުގައި އޮންނަ "ޖޯލި މޯލްޑިވްސް" އަދި "ޖޯލި ބީން" އެވެ. ޖޯލި މޯލްޑިވްސް އަކީ އާޓިސްޓިކް ހުނަރުތައް ފެންނަ ގޮތަށް ތަރައްގީކޮށްފައިވާ ރިސޯޓަކަސް ވާއިރު ޖޯލި ބީން އަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި "ވެލްބީން" ރިސޯޓެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ފަންނާނުންނާއި އެކި ދާއިރާތަކުގެ އެތައް ބަޔަކު މީގެ ކުރިން ވެސް މި ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
ރާއްޖޭގެ އެންމެ މަތީ ފަންތީގެ ދެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުގެ އިތުރުން އަގު ބޮޑު ބިއުޓީ ޕްރޮސީޖާތަކާއި ލަގްޒަރީ އެކި އައިޓަމްތަކާއި ލޮސް އެންޖެލިސްގެ އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކަށް އެއް މިލިއަން ޑޮލަރުގެ އެހީ ވެސް އިނާމުތަކުގެ ތެރޭގައި ހިމެނެ އެވެ.
މި އަހަރުގެ އޮސްކާ އެވޯޑަށް ނޮމިނޭޓްވެފައިވާ އެކްޓަރު/ޕްރޮޑިއުސަރު ޓިމޮތީ ޗަލަމެޓް، ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް އަރިއާނާ ގްރާންޑޭ، ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ސިންތިއާ އެރިވޯ، އެކްޓަރު ސެބެސްޓިއަން ސްޓޭން އަދި އެކްޓްރެސް މިކީ މެޑިސަން ފަދަ ފަންނާނުންނަށް މި އަގުހުރި ހަދިޔާތައް ލިބޭނެ އެވެ. މީގެ ތެރެއިން އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަންނާނުންނަށް އެ މީހަކަށް ލިބުނު ގެއްލުންތަކަށް ބަލައި، އިނާމުގެ އަގު ދެ މިލިއަން ޑޮލަރަށްވުރެ ބޮޑު ވެސް ވެދާނެ އެވެ.
އަންނަ މަހުގެ ތިން ވަނަ ދުވަހު ބާއްވާ އޮސްކާގެ 97 ވަނަ އެވޯޑް ހަފްލާގެ ކުރިން މިހާރު ވަނީ ނޮމިނޭޝަންތައް އޮސްކާ އެކެޑަމީން އިއުލާންކޮށްފަ އެވެ. އެންމެ ގިނަ ނޮމިނޭޝަން ނެޓްފްލިކްސްގެ ފިލްމުތަކަށް ލިބިފައި ވާއިރު ޖުމްލަ 16 އަށް އަރަ އެވެ. ދެން އެންމެ ގިނަ ނޮމިނޭޝަން ލިބުނު އޭޓުވެންޓީފޯ ސްޓޫޑިއޯއަށް ވަނީ 14 ނޮމިނޭޝަނެއް ލިބިފަ އެވެ. އަދި ޔުނިވާސަލް ސްޓޫޑިއޯސް އަށް ވަނީ 13 ނޮމިނޭޝަނެއް ލިބިފަ އެވެ.
އޮސްކާގެ މި އަހަރުގެ އެންމެ މޮޅު ފިލްމުތަކުގެ ގޮތުގައި 10 ފިލްމެއް ނޮމިނޭޓްވެފައިވެ އެވެ. އެއީ، "އަނޯރާ"، "ދަ ބްރޫޓަލިސްޓް"، "އަ ކޮމްޕްލީޓް އަންނޮން"، "ކޮންކްލޭވް"، "ޑޫން: ޕާޓް ޓޫ"، "އެމިލިއާ ޕެރޭޒް"، އައިމް ސްޓިލް ހިއާ"، ނިކުލް ބޯއިސް"، "ދަ ސަބްސްޓެންސް" އަދި "ވިކެޑް" އެވެ.
ޖޯލި ރިސޯޓުން 77 މިލިއަނަށް ވިލާ ވިއްކަނީ
މަރާމާތަށް ޖޯލި މޯލްޑިވްސް ވަގުތީގޮތުން ބަންދުކޮށްފި
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
އިމިގްރޭޝަނަށް ފިލަން 60 ބިދޭސީން މަޑުއްވަރީއަށް
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު މާރުކުރާނެ
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު