22 ޖުލައި 2022
މިއަދު ހަވީރު، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް 1-0 ގެ މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން، ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ވިދިވިގެން ތިންވަނަ ފަހަރަށް ހޯދައިފި އެވެ.
މިއަދު ހަވީރު، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް 1-0 ގެ މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން، ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ވިދިވިގެން ތިންވަނަ ފަހަރަށް ހޯދައިފި އެވެ.
މިއީ މާޒިޔާއިން ލީގު ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ. އެ ޓީމުން ފުރަތަމަ ލީގު ޗެމްޕިއަންކަން ހޯދީ، ލެޖެންޑެރީ ކޯޗު އަލީ ސުޒޭންގެ ކޯޗުކަމުގެ ދަށުން 2016 ގަ އެވެ.
މިފަހަރުގެ ބާކީ ދެ މެޗު އޮއްވައި މާޒިޔާއިން ލީގު ކަށަވަރު ކުރީ މިހާތަނަށް ޖުމުލަ 54 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އީގަލްސް އަށް 19 މެޗުން ލިބިފައި ވަނީ 46 ޕޮއިންޓެވެ.
ލީގުގައި މާޒިޔާ އަށް ބާކީ އޮތީ ދެ މެޗެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި، ދަ ގްރާންޑޭގެ ގޯލް ހުޅުވުމުގައި މާޒިޔާ އަށް އުނދަގޫ ކުރިމަތިވި އެވެ. މީގެ ކުރިން ކުޅުނު ބައެއް އެހެން މެޗުތަކުގައި ފަސޭހައިން ގިނަ ގޯލްތަކެއް ވަންނަ ގްރާންޑޭގެ ގޯލް ދިފާއު ކުރުމުގައި އެ ޓީމުން މިއަދުގެ މެޗުގައި ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ.
މިއަދުގެ މެޗުގައި މާޒިޔާގެ ނާއިޒު ހސަން: ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ތަނަވަސް ދެ ފުރުސަތެއް އޭނާ އަށް ލިބުނު އެ ދެފަހަރު ވެސް ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށް --- ފޮޓޯ: އެފްއޭއެމް
ހާއްސަކޮށް އެ ޓީމުގެ ޑިފެންޑަރު ހޯޖޭ އީވާން ވަނީ ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ. މާޒިޔާގެ ފުރަތަމަ ލަނޑު އެ ޓީމުން ޖެހީ ފުރތަމަ ހާފު ނިމެން ހަތަރު ވަނަ މިނެޓަށް ވެފައި ވަނިކޮށް ޕެޑްރޯ ޑޮމންގޭޒް (ޓާނާ) އެވެ.
ގްރާންޑޭގެ އޭރިއާގެ ބޭރުން، އެ ޓީމުގެ ކުޅުންތެރިން އަތުން ބޯޅަ ހޯދައި ޓާނާ ބޯޅަ ތަނަވަސް ކޮށްދިނީ ނާއިޒު ހަސަން (ދާދު) އަށެވެ. އޭރިއާ ތެރެއަށް ނާއިޒު ވަދެ ބޯޅަ ފޮނުވާލަން އޭނާ މަސައްކަތް ކުރި އެވެ. އެކަމަކު އެކަމަށް ޖާގަ ނުލިބުމުން ބޯޅަ ހިފައިގެން އޭރިއާގެ އަރިމަތިން ގޮސް ގޯލް ކުރިމައްޗަށް ބޯޅަ ނަގައިދިނެވެ. އެ ބޯޅަ އަށް ޓާނާ ވެސް ހުރީ އޭރިއާ ތެރެއަށް އަރަ އެވެ. އޭނާ ވަނީ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.
އޭގެ ކުރިން ނާއިޒަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ދެ ހަމަލާ ވެސް އަމާޒުވީ ގޯލްގެ ދަނޑި އަށެވެ. މެޗުގެ 38 ވަނަ މިނެޓްގައި މާޒިޔާ އަށް ލަނޑު ޖެހުނު ކަމަށް ހީކޮށް އެ ޓީމުގެ ބެންޗުން އުފާފާޅު ވެސް ކުރި އެވެ. ޓާނާ ނަގައިދިން ހުރަސް، ގްރާންޑޭގެ އޭރިއާގެ ތެރޭގައި ހުރެފައި ސަމޫހް އަލީ (ސަމުއްޓޭ) ބޮލުން ފޮނުވާލުމުން ބޯޅަ ގޯލަށް ވަނެވެ. އެކަމަކު ސަމޫހް އޮފްސައިޑް ވެފައިވާ ކަމަށް، ލައިސްމަން ހުރީ ދިދަ ނަގައިގެންނެވެ.
މާޒިޔާގެ ކޯނޭލިއަސް ސްޓެވާޓް (ކވ) އަތުން ބޯޅަ ހޯދަން ގްރާންޑޭގެ ޑިފެންޑަރު އީވާން (ކ) މަސައްކަތް ކުރަނީ: އީވާން ވަނީ މެޗުގައި މާޒިޔާގެ ހަމަލާތައް ހުއްޓުވުމުގައި ރަނގަޅު ކުޅުމެއް ދައްކާފަ --- ފޮޓޯ: އެފްއޭއެމް
ދެވަނަ ހާފުގައި ވެސް މާޒިޔާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެންމެ ރަނގަޅު ފުރުސަތު ލިބުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ކެޕްޓަން އަސަދުﷲ އަބްދުﷲ އަށެވެ. މެޗުގެ 75 ވަނަ މިނެޓްގައި އޭނާ އަށް ލިބުނު ފުރުސަތުގައި އުފެއްދި ހަމަލާ އަމާޒުވީ ގޯލް ދަނޑި އަށެވެ.
މެޗުގެ 82 ވަނަ މިނެޓްގައި ހަމްޒާ މުހައްމަދު (ހަމްޕް) ފޮނުވާލި ބޯޅަ ވެސް އަމާޒުވީ ގޯލް ދަނޑި އަށެވެ. އޭގެ ފަހުން ވެސް ހަމްޒާ އަށް މާ ތަނަވަސް ފުރުސަތެއް ލިބުނެވެ. އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އޭރިއާގެ ތެރޭގައި ހުރެފައި ގޯލްގެ ކުރިމައްޗަށް ހުރަސް ކޮށްދިނީ ހަމްޒާ އަށް ބޯޅަ ދިނުމަށެވެ. މުޅިން ހުސްކޮށް ހުރެ އޭނާ ފޮނުވާލީ ބޯޅަ ގްރާންޑޭގެ ލުބުނާންގެ ކީޕަރު މުހައްމަދު ތޯހާ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލީ އެވެ.
ވިދިވިގެން ތިން ފަހަރު މާޒިޔާއިން ލީގު ހޯދުމުގެ ޓްރެކުގައި، އެ ޓީމަށް 2019-2020 ގެ ސީޒަންގައި ލީގު ހޯދައި ދިނީ އެ ޓީމުގެ ކުރީގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކްލޮސްކީ އެވެ. މިދިޔަ އަހަރު އެ ޓީމަށް ލީގު ހޯދައިދިނީ ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗެވެ. މި ސީޒަންގައ ލީގު ކާމިޔާބު ކުރީ މިހާރުގެ ކޯޗު ސާބިއާގެ ޖެސިޗްގެ ކޯޗު ކަމުގެ ދަށުންނެވެ.
މިދިޔަ އަހަރު އެ ޓީމަށް ލީގު ލިބުނީ، ލީގު މުޅިން ފުރިހަމަ ނުކޮށެވެ. ލީގުގެ ދެ ބުރު ކުޅެވުނު ފަހުން ކޮވިޑާ ގުޅިގެން ލީގު ހުއްޓާލަން ޖެހުމުން އެފްއޭއެމުން ނިންމީ އެއްވަނައިގައި އޮތް ޓީމަށް ލީގު ޗެމްޕިއަންކަން ދިނުމަށް ފަހު ސީޒަން އެއްކޮށް ނިންމާލުމަށެވެ. އޭރު ނުވަ ޕޮއިންޓްގެ ލީޑަކާ އެކު އެއްވަނައިގައި އޮތީ މާޒިޔާ އެވެ.
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ގްރާންޑޭ ބަލިކޮށް މާޒިޔާ އަށް ފަސް ޕޮއިންޓްގެ ލީޑެއް
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
މާޒިޔާ އަށް މަޑުޖެހުމެއް ނެތް، އެއްވަނައިގައި ކުރިއަށް
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
ފުޓްބޯޅަ ކަލަންޑަރުގައި ބްރޭކް ގިނަވުމަކީ ކަންބޮޑުވުމެއް
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ލައިޓްތައް މައްސަލަޖެހި މާޒިޔާގެ މެޗަށް ހިޔަނި
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު ނުކުޅެތީ މާޒިޔާ އަށް އަސަރު ކުރޭ: މިލޯ