24 ފެބުރުއަރީ 2022
މިދިޔަ ސީޒަންގައި ފެށުނު އޮއިވަރެކެވެ. އަވަސް އަވަހަށް ކޯޗުން ބަދަލުކުރުމުގެ ސަގާފަތެއް ރާއްޖޭގެ ފުޓްބޯޅައިގައި ފެށުނެވެ. މި ސީޒަންގައި ވެސް އެކަން ތަކުރާރުވި އެވެ. ފުޓުބޯޅައިގެ ކުރިއެރުމަށް ވިސްނާއިރު އެއް ކޯޗަކު އެއް ޓީމެއްގައި ހުރެގެން އެ ކޯޗެއްގެ ވިސްނުމާ އެއްގޮތަށް އެ ޓީމެއް ބިނާ ކުރުމަކީ އޭގެ ފައިދާ ވަރަށް ބޮޑަށް ފެންނާނެ ކަމެއް ކަމަށް ފުޓްބޯޅައިގެ ތާޖުރިބަކާރު ހުރިހާ އެންމެން ވެސް ގަބޫލުކުރެ އެވެ.
މިދިޔަ ސީޒަންގައި ފެށުނު އޮއިވަރެކެވެ. އަވަސް އަވަހަށް ކޯޗުން ބަދަލުކުރުމުގެ ސަގާފަތެއް ރާއްޖޭގެ ފުޓްބޯޅައިގައި ފެށުނެވެ. މި ސީޒަންގައި ވެސް އެކަން ތަކުރާރުވި އެވެ. ފުޓުބޯޅައިގެ ކުރިއެރުމަށް ވިސްނާއިރު އެއް ކޯޗަކު އެއް ޓީމެއްގައި ހުރެގެން އެ ކޯޗެއްގެ ވިސްނުމާ އެއްގޮތަށް އެ ޓީމެއް ބިނާ ކުރުމަކީ އޭގެ ފައިދާ ވަރަށް ބޮޑަށް ފެންނާނެ ކަމެއް ކަމަށް ފުޓްބޯޅައިގެ ތާޖުރިބަކާރު ހުރިހާ އެންމެން ވެސް ގަބޫލުކުރެ އެވެ.
މިދިޔަ ސީޒަންގައި ކޯޗުން ބަދަލު ނުވެ ސަލާމަތްވީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން ކްލަބް ވެލެންސިއާ އެވެ. އެކަމަކު މި ސީޒަނާ ކުރިމަތިލިއިރު ގްރާންޑޭ އާއި ވެލެންސިއާގެ ކޯޗުން ވެސް ބަދަލުވި އެވެ. އެންމެ އަވަސް އަވަހަށް ކޯޗުން ބަދަލު ކުރި ޓީމަކީ ފުރަތަމަ ޑިވިޝަންގައި މިދިޔަ އަހަރު އަލަށް ވާދަކުރަން ފެށި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.
މިދިޔަ ތިން އަހަރު ގްރާންޑޭ ސްޕޯޓްސް ކްލަބްގައި ހުރި އިސްމާއީލް މަހްފޫޒް (އިންމަ) ސީޒަން ފެށެމުގެ ކުރިން ބަދަލުވީ ސަސް އަށެވެ. އެއީ އޭރު ސަސްގައި ހުރި ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އަމިއްލަ އަށް އެ ކްލަބް ދޫކޮށްލައި މަޒިޔާ އަށް ބަދަލުވުމުންނެވެ. މާޒިޔާ އިން ވަނީ ގާތްގަނޑަކަށް އެއް އަހަރު ތެރޭ ހަތަރު ކޯޗުން ހަމަޖައްސައިފަ އެވެ.
ވެލެންސިއާގެ ހެޑް ކޯޗެއްގެ ގޮތުގައި ހުރި މުހައްމަދު އާތިފް ސީޒަން ފެށުމުގެ ކުރިން އެ ކްލަބުން އަމިއްލަ އަށް ވަކިވި އެވެ. ޕްރެޒިޑެންޓްސް ކަޕްގައި އެ ޓީމަށް އިރުޝާދު ދީ އެ މުބާރާތް ވެލެންސިއާ އަށް ކާމިޔާބުކޮށް ދިނީ އިސްމާއީލް އާސިފް (ކުޑަ ހީނާ) އެވެ. އޭނާގެ އަތުގައި އޭއެފްސީ އޭ ލައިސަންސް ނެތުމުން ދާއިމީ ގޮތެއްގައި ހެޑް ކޯޗުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޝަރުތު ފުރިހަމައެއް ނުވެ އެވެ. ވެލެންސިއާގެ މިހާރުގެ ހެޑް ކޯޗަކީ އަހްމަދު މުޖުތަބާ (ފެސްކޯ) އެވެ.
ވެލެންސިއާގެ މިހާރުގެ ކޯޗު އަހްމަދު މުޖްތަބާ (ފެސްކޯ) ޕްރެސްގައި ވާހަކަ ދައްކަނީ: އޭނާ ވެލެންސިއާގެ ކޯޗުކަމާ ހަވަލުވީ ޕްރެޒިޑެންޓްސް ކަޕަށް ފަހު --- ފައިލް ފޮޓޯ: މިހާރު
ރާއްޖޭގައި ތިބި ޕްރޯ ލައިސެންސް ހާސިލުކޮށްފައިވާ ދެ ކޯޗުން ކަމަށްވާ މޯހަން އާއި ޝާޒްލީ މުހައްމަދު (ޝާޒް) އަށް މި ވަގުތު ކްލަބެއް ނެތެވެ. މާޒިޔާގެ ކޯޗުކަމުން މޯހަން ވަކި ކުރީ ޕްރެޒިޑެންޓްސް ކަޕްގައި އެ ޓީމަށް ކުރިމަތިވި ނާކާމިޔާބަށް ފަހު އެވެ. މިދިޔަ ސީޒަނުން ފެށިގެން ކްލަބް އީގަލްސްގައި މަސައްކަތް ކުރި ޝާޒް ޕްރެޒިޑެންޓްސް ކަޕަށް ފަހު އީގަލްސް ދޫކޮށްލި އެވެ. އެންމެ ގިނައިން ކްލަބް ބަދަލު ކުރި ދެ ކޯޗުންނަކީ ވެސް މޯހަން އާއި ޝާޒް އެވެ. މިދިޔަ ސީޒަންގައި މޯހަން ފެށީ ކްލަބް އީގަލްސްއިންނެވެ. އަމިއްލަ އަށް އެ ކްލަބުން އިސްތިއުފާދީ ދެން އޭނާ ހަވާލުވީ ސަސް އާ އެވެ. މި ސީޒަންގައި މާޒިޔާއާ ހަވާލުވެ އޭނާ އަށް ފުރުސަތު ލިބުނީ އެންމެ މުބާރާތަކުންނެވެ. ޝާޒް ފެށީ ޓީސީންނެވެ. ވަކި ހިސާބަކުން އެ ކްލަބްގެ ކޯޗު ކަމުން އޭނާ ވަކިވި އެވެ.
ތަޖުރިބާކާރު ކޯޗު އިހްސާން އަބްދުލް ގަނީ ޔުނައިޓެޑް ވިކްޓަރީގެ ހެޑް ކޯޗްކަމާ ހަވާލުވީ މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރަށް ފަހު އެވެ. މިހާރު ޓީމުތަކުގެ ކޯޗުންނަށް ބަލާއިރު މިވަގުތަށް އެންމެ ގިނަ ދުވަހު އެއް ޓީމެއްގައި ހަރުލި ކޯޗަކީ ގްރީންގެ ކޯޗު އަލީ ނިސްތާރު މުހައްމަދެވެ. މިއީ ގްރީންއާ އެކު އޭނާގެ ތިން ވަނަ ސީޒަނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ނިސްތާރު: މިހާރު އެންމެ ގިނަ ދުވަހު އެއް ކަލްބެއްގައި ހުރި ކޯޗަކީ އޭނާ -- ފައިލް ފޮޓޯ: މިހާރު
"ކޯޗުން ވަކިވާ އެންމެ ބޮޑު ސަބަބަބެއް ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވެނީ ޕްރެޝާ ކުރިމަތިވާ ވަގުތު ކްލަބްގެ މެނޭޖެމެންޓްގެ ބެކިން ނެތް ކަމަށް ކޯޗަށް އިހްސާސް ކުރެވެން ފެށުން،" ފުރަތަމަ ޑިވިޝަންގެ ކްލަބެއްގައި މަސައްކަތް ކުރަމުން އަންނަ ކޯޗަކު ބުންޏެވެ.
ފުޓްބޯޅައިގެ ތަޖުރިބާކާރު އެހެން މީހަކު ބުނިގޮތުގައި ކްލަބްތަކުގައި ތަށި ހޯދުމަށް މަސައްކަތް ކުރާނެ ޕްރޮޖެކްޓެއް ނެތުމަކީ ވެސް ކޯޗުން އަމިއްލަ އަށް ޓީމުން އޮތް ދޫކޮށްލާ ސަަބަބެކެވެ. ކްލަބްތަކަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކާ ހެދި ގިނަ ކްލަބްތަކުގެ ވިސްނުން ހުރީ ކްލަބް ފުރަތަމަ ޑިވިޝަންގައި ބާއްވާލުމުގެ ވިސްނުމެއް ކަމަށް އޭނާ ބުންޏެވެ.
އިސްމާއީލް މަހްފޫޒް ޕްރެސްއެއްގައި ވާހަކަ ދައްކަނީ: މިދިޔަ ތިން އަހަރު ގްރާންޑޭގައި މަސައްކަތް ކުރި އިންމަ މި ސީޒަންގައި މަސައްކަތް ކުރަނީ ސަސްގައި --- ފައިލް ފޮޓޯ: މިހާރު
"ފިއުޗާ ޕްރޮޖެކްޓެއް ކްލަބްތަކުގައި އޮންނަން ޖެހޭ. ޕްރޮޖެކްޓެއް ނެތި މަސައްކަތެއް ނުކުރެވޭނެ ހަމައެކަނި ފުރަތަމަ ޑިވިޝަންގައި ދެމިއޮތުން ނޫނީ ގަދަ ހަތަރަކަށް ވަނުން އެކަނި ވިސްނައިގެން، ސަސްޓެއިންއެއް ނުކުރެވޭނެ،" ކުރިން ވާހަކަ ދެއްކި ތަޖުރިބާކާރު ބުންޏެވެ.
"އެކަމަކު ކްލަބްތަކުގެ ފައިނޭންޝައަލް ސިޗުއޭޝަން ހުރި ގޮތުން ސަސްޓޭނަބަލް ޕްރޮޖެކްޓެއް ނެތީ."
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ކުޅުންތެރިންގެ އާދޭސް: "ލީގު ފެށޭނެ ގޮތެއް ހަދައިދީ"
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި