ރާއްޖޭގެ މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް އައްޑޫގައި މިއުޒިކް ޝޯއެއް ބާއްވަން ނިންމައިފި އެވެ.
23 ޖުލައި 2022
ރާއްޖޭގެ މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް އައްޑޫގައި މިއުޒިކް ޝޯއެއް ބާއްވަން ނިންމައިފި އެވެ.
ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ އެ ޝޯ އޮންނާނީ އަންނަ ބުދަ އަދި ބުރާސްފަތި ދުވަހުގެ ރޭ ހިތަދޫ ސްޓޭޖް ސަރަހައްދުގަ އެވެ.
"ދިވެހި ފަންނާނުންގެ މިއުޒިކީ އީދު" ޝޯ ބާއްވާނެ ގަޑިއެއް މޫސުން ތަންދޭ ގޮތަކުން ފަހުން އިއުލާންކުރާނެ ކަމަށް އެންސީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.
މާލޭގައި ހިންގާ ބޭންޑްތަކުގެ އިތުރުން އައްޑޫގެ ބޭންޑުތަކުގެ ހުށަހެޅުންތައް ވެސް އެ ޝޯގައި އޮންނާނެ އެވެ. އޭގެ ތެރޭގައި، އައްޑޫގެ ޕޮލޮޓައިޒާއި ވައިޓް ޓާން ނަމަކަށް ކިޔާ ގްރޫޕް އަދި ޓްރެފިކް ޖޭމާއި އިކުއިޓިކް ވައިބާއި ފިލްމީ ތަރި ފާތިމަތު ފަރީލާ އާއި އާމިނަތު އަޝްފާ (އާޝާ) ގެ ނެށުމުގެ ހުނަރުތައް ފެންނާނެ އެވެ.
މިނިވަން ދުވަހާ ދިމާކޮށް މީގެ ކުރިން ވެސް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ފަންނާނުންގެ މިއުޒިކީ އީދު ޝޯ ބާއްވަ އެވެ. އެކަމަކު މެދުކެނޑުމަކަށް ފަހު އެ ޝޯ އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރެވެ. އެކަމަކު ކޮވިޑު-19 އާ ގުޅިގެން ފާއިތުވި ދެ އަހަރު ވެސް ޝޯ ބޭއްވޭ ގޮތެއް ނުވި އެވެ.
ގޫގުލް ޕްރޮޖެކްޓަށް ހިތަދޫން ބޮޑު ބިމެއް ކަނޑައަޅައިފި
އައްޑޫ ސިޓީއަށް ދެން ލިބޭނީ މޭޔަރާއި ހަ ކައުންސިލަރުން
ހުޅުދު އާއި މީދޫގައި ވަކި ދެ ކައުންސިލެއް އުފައްދަނީ
އަޅުވެތިކަން ނިމި، މިއީ ބޮޑު ކާމިޔާބީއެއް:ހުޅުދޫ/މީދޫ
އައްޑޫ ވޯޓުގައި ބައިވެރިވާ މީހުންގެ އަދަދު މަދު
ނަޝީދުގެ ހައްލަކީ ބިދޭސީންނާއެކު އައްޑޫއާބާދީ މަތިކުރުން
އައްޑޫ އެކުވުމާއި ވަކިވުމުގެ ބަހުސް ނިމޭކަށް ނެތް!
އައްޑޫ ވަކިކޮށްލުމުން ތަރައްގީ ހުއްޓޭނެ: ހަސަން
"މިހާރު" ބަހުސްގައި އޯޑިއަންސަށް ސުވާލުކުރަން ލިބޭނެ
އައްޑޫ ކައުންސިލް ވޯޓުގެ އިދާރީ ތައްޔާރީތައް ނިމިއްޖެ