ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރާ އިރު، ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރާ ދާއިރާ ރޮޓޭޓްވާން ޖެހޭ ގޮތަށް ގާނޫނުގައި އޮތް ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަކުރި ދާއިރާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި ފަހަރު ވެސް ބަދަލުނުކުރާތީ އެކަން ބޮޑު މައްސަލައަކަށް ވެއްޖެ އެވެ.
11 ޑިސެމްބަރ 2025
ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރާ އިރު، ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރާ ދާއިރާ ރޮޓޭޓްވާން ޖެހޭ ގޮތަށް ގާނޫނުގައި އޮތް ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަކުރި ދާއިރާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި ފަހަރު ވެސް ބަދަލުނުކުރާތީ އެކަން ބޮޑު މައްސަލައަކަށް ވެއްޖެ އެވެ.
އީސީން އެގޮތަށް ނިންމާފައި ވާތީ އެކަން ބަދަލުކުރަން ވެރިކަންކުރާ ޕީއެންސީގެ އައްޑޫ މެންބަރުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވަނީ އީސީއަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.
އައްޑޫ ޕީއެންސީގެ މެންބަރުން ސޮއިކުރަމުން ގެންދާ ޕެޓިޝަންގައި ބުނެފައި އޮތީ އަންހެނުންނަށް ހާއްސަކުރާ ދާއިރާ، ގާނޫނުގައި ބުނާ ގޮތަށް ބަދަލުނުކޮށް، ހިތަދޫ ބޭރުމަތި ދާއިރާ މިފަހަރު ވެސް ހާއްސަކޮށްފައި އޮތީ އަންހެނުންނަށް ކަމަށެވެ. މިއީ، އެދާއިރާއަށް ވާދަކުރުމުގެ ހައްގު ފިރިހެނުންނަށް ނުލިބި 10 އަހަރު ދުވަސް ހޭދަވާނެ ކަމެއް ކަމަށް ވެސް ޕެޓިޝަންގައިވެ އެވެ.
އެހެންވެ އެކަން ބަދަލުކުރަން އެ ޕެޓިޝަނުގައި އީސީއަށް ގޮވާލާފައި ވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަން 19 ވަނަ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން އެ ގާނޫނުގެ ދަށުން ފުރަތަމަ ބާއްވާ އިންތިހާބުގައި ސިޓީކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރާނެ ވަކި އުސޫލަކާއި އޭގެ ފަހުން އަމަލުކުރާނެ ގޮތް ބަޔާންކޮށްފައި ވެ އެވެ. އެ އެ އިސްލާހުގައިވާ ގޮތުން އޭގެ ފަހުން ބާއްވާ ފުރަތަމަ އިންތިހާބަށް ފަހު އަންހެނުންނަށް ހާއްސަކުރާ ދާއިރާ ރޮޓޭޓްވާން ޖެހޭނެ އެވެ.
އެހެން އެކަން އޮއްވާ 20 ވަނަ މަޖިލީހުން އެ ގާނޫނަށް ގެނައި އިސްލާހުގައި އަނެއްކާވެސް ކަނޑައަޅާފައި އޮތީ އެ ގާނޫނުގެ ދަށުން [ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން އެންމެ ފަހުން ފާސްކުރި ގާނޫނުގެ ދަށުން] ބާއްވާ އިންތިހާބުތަކުގައި އަންހެނުންނަށް ހާއްސަކުރާ ދާއިރާ ރޮޓޭޓްވާން ޖެހޭނެ ކަމަށެވެ.
އަޒާން އީސީއަަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އަންހެނުންނަށް ހާއްސަކުރާ ދާއިރާ ބަދަލު ނުކުރުމަކީ އެކަމަށް ކަނޑައަޅާފައިވާ [ގާނޫނުގައި ބުނާ] އުސޫލާ ހިލާފަށް ނިންމި ނިންމުމެއް ކަމަށެވެ.
އަންހެނުންނަށް ހާއްސަކުރާ ދާއިރާ ބަދަލުވާން ޖެހޭނެ ގޮތުގެ ތާވަލެއް ވެސް ސިޓީއާ އެކު އޭނާ އީސީއަށް ހުށަހެޅުއްވި އެވެ. އެހެންވެ، އީސީން އެގޮތަށް ނިންމި ސަބަބު ސާފުކޮށްދޭން، ސިޓީގައި އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އިންތިހާބީ ދާއިރާގެ ވަގުތީ ލިސްޓް ނެރެފި
ކައުންސިލް އިންތިހާބު: ކުށުގެ ރެކޯޑު ސާފުކުރަނީ
ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް 4 ގައި
އައްޑޫގެ އިތުރު ދެ ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރުވެއްޖެ
އައްޑޫގެ ދާއިރާތަކުގެ ނަންތައް މިފަހަރު އައްޑޫ ބަހުން
"ދާއިރާތައް އިތުރުކުރަން ހުށަހެޅި މައްސަލަ ނުބެލޭނެ"
ދޮޅުއަހަރުން ވެސް ކަންތައްތަކެއް ކޮށްދެވިއްޖެ: އާޒިމް
"މައިދާން ދޫކޮށް ނުފިލާނަން، ހުންނާނީ ހިދުމަތުގައި"
ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން މާދަމާ ހުޅުވާލަނީ
ލޯކަލް އިންތިހާބުގައި ޕީއެންސީގެ މެނޭޖަރަކީ ފަލާހު