އެންމެ ގިނަ ބަޔަކު އެއް ފަހަރާ އެއްވަގުތެއްގައި މޫދުގައި އޮވެ ނޭވާ ހިފަހައްޓާލުމުގެ ފްރީ ޑައިވް ދުނިޔޭގެ ރެކޯޑް ހެދުމަށް، ރާއްޖޭގައި ބާއްވާ އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ސަރުކާރު ކުންފުނިތަކުގެ ކްލަބްތަކަށް ހުޅުވާލައިފި އެވެ.
އެންމެ ގިނަ ބަޔަކު އެއް ފަހަރާ އެއްވަގުތެއްގައި މޫދުގައި އޮވެ ނޭވާ ހިފަހައްޓާލުމުގެ ފްރީ ޑައިވް ދުނިޔޭގެ ރެކޯޑް ހެދުމަށް، ރާއްޖޭގައި ބާއްވާ އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ސަރުކާރު ކުންފުނިތަކުގެ ކްލަބްތަކަށް ހުޅުވާލައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް "ނޭވާ 2" ގެ ނަމުގައި ބާއްވާ އިވެންޓް އިންތިޒާމު ކުރާ "ފްރީ ޑައިވް" މޯލްޑިވްސް އިން ބުނީ އެ ކްލަބްތަކުން ބައިވެރިވާ ފަރާތްތައް ތަމްރީކޮށް ދިނުމުގެ ޕްރޮގްރާމް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ އެސްއޯއީ ކްލަބްތަކަށް އަންނަ މަހު 10 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ފްރީ ޑައިވް މޯލްޑިވްސް އިން ބުންޏެވެ.
ޝައުގުވެރިވާ އެސްއޯއީ ކްލަބްތަކުން 9988770 އަށް މެސެޖް ކުރުމަށް ނުވަތަ ގުޅުމަށް ފްރީ ޑައިވް މޯލްޑިވްސް އެދެ އެވެ. އަދި އީމެއިލް މެދުވެރިކޮށް [email protected] އަށް މެއިލް ކުރުމަށް އެދެ އެވެ.
އޮކްޓޯބަރު މަހު ބާއްވަން ތައްޔާރުވާ މި އިވެންޓް ހާއްސަ ކުރަނީ ރިސޯޓް މުއައްޒަފުންނަށެވެ. އެކަމަކު އާންމުންނަށާއި އެހެން ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނަށް ވެސް އިވެންޓުގައި ބައިވެރި ވެވޭނެ އެވެ. ޑައިވް މޯލްޑިވްސް އިން ބުނީ އެސްއޯއީ ކްލަބްތަކަށް ފުރުސަތު ހުޅުވާލަން ނިންމީ ބައެއް ކްލަބްތަކުން އެކަމަށް ޝައުގުވެރިކަން ފާޅު ކުރުމުން ކަމަށެވެ.
އިވެންޓްގައި ބައިވެރިވާ ރިސޯޓް މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ. މި ރެކޯޑްގައި ޖެހޭނީ މޫދުގެ ތިލަ ހިސާބެއްގައި ގާތްގަނޑަކަށް ދެ މިނެޓް ވަންދެން ނޭވާ ހިފަހައްޓައިލައިގެން ތިބޭށެވެ. އާންމުންނާއި އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާ މީހުން ބައިވެރިވާ އިވެންޓް ކުރިއަށްދާނީ ކްރޮސް ރޯޑް މޯލްޑިވްސްގަ އެވެ.
މީގެ ކުރިން ވެސް ފްރީ ޑައިވް މޯލްޑިވްސް އިން ބޭއްވި އިވެންޓެއް ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑްގައި ލިސްޓްކޮށްފައި ވެއެވެ. "ނޭވާ" ގެ ނަމުގައި 2019 ގައި ބޭއްވި އިވެންޓަކީ އެއްފަހަރާ އެންމެ ގިނަ ބަޔަކު ޑައިވްކުރި އިވެންޓެވެ. އެ ފަހަރުގެ އިވެންޓްގައި ޖުމްލަ 521 މީހުން ބައިވެރިވެފައިވެ އެވެ. އެއީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި ޑައިވްކުރި އިވެންޓެވެ.
"ނޭވާ 2" ގެ މީޑިއާ ޕާޓަނަރަކީ "މިހާރު" އެވެ.
ވޯލްޑް ރެކޯޑް ހާއްސަކުރަނީ ރިސޯޓްތަކުގެ މުވައްޒަފުންނަށް
ރެކޯޑް ހެދުމުގެ ޕާޓްނަރަކަށް އެންވަޔަރްމެންޓް މިނިސްޓްރީ
ފިންސަކާ ނުލައި އެންމެ އަޑިއަށް ފީނި މީހާ ރާއްޖޭގައި
ހުޅުލޭ ފަރަށް އުރުނު މޯލްޑިވްސް ވިކްޓްރީގެ ހަނދާންތައް
ހއ.އިން އައްޑުއަށް ފީނައި، ދުނިޔޭގެ ރެކޯޑެއް ހަދަނީ
އާރޮންގެ އަންހެނުން ރާއްޖެ އައިސް ފީނަން ދަސްކޮށްފި
ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑު ފުވައްމުލަކަށް
އަލިފުށީގައި ފީނަން ފޭބި މީހަކު މަރުވެއްޖެ
ޑައިވިން ގަވާއިދަށް އިސްލާހު ގެންނާނަން: ފައިސަލް
ގެއްލުނު ޑައިވަރު ސައީދުގެ އަގުވަޒަންކޮށް އެވޯޑެއް