މި ސަރުކާރުގެ ވައުދާ އެއްގޮތަށް ފުރަތަމަ ޑީކޯ ޗެމްބަރު ތ. ގުރައިދޫގައި މާދަމާ ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
26 ސެޕްޓެމްބަރ 2025
މި ސަރުކާރުގެ ވައުދާ އެއްގޮތަށް ފުރަތަމަ ޑީކޯ ޗެމްބަރު ތ. ގުރައިދޫގައި މާދަމާ ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ފީނާއިރު ޑީކޮމްޕްރެޝަން ނުވަތަ ޑީކޯވާ މީހުންނަށް ފަރުވާދޭ ޗެމްބަރުގެ ހިދުމަތް އެކި ރަށްތަކުގައި ގާއިމްކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އެ ހިދުމަތް ފަށަން ނިންމި ރަށްތަކުގެ ތެރެއިން ފުރަތަމަ ޗެމްބަރެއް ބަހައްޓަނީ ގުރައިދޫގަ އެވެ.
ޖަޕާން ސަރުކާރުން ހަދިޔާކޮށްފައިވާ އެ ޗެމްބަރު އޮޕަރޭޓްކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ސެނެހިޔާ ހޮސްޕިޓަލުގެ ބެލުމުގެ ދަށުންނެވެ.
ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިރޭ ވިދާޅުވީ މާދަމާ ހިދުމަތް ފަށާ ޑިކޯ ޗެމްބަރަކީ މަސްވެރިންނާއި ޑައިވްކުރާ މީހުންގެ ފުރާނަ ސަލާމަތްކުރަން މުހިއްމު ހިދުމަތެއް ކަމަށެވެ.
ރައީސް މުއިއްޒު ގުރައިދޫގެ ރައްޔިތުންނާ މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
"ވަރަށް ޒަމާނީ ވަރަށް ފުރިހަމަ އިކުއިޕްމަންޓެއް. 100 މީޓަރު އަޑިން ޑީކޯ ވިޔަސް ޓްރީޓްމަންޓް ދެވޭ ފެންވަރު މީގައި އެބަހުރި. އޭގެ އިތުރަށް ވެސް އޮކްސިޖަން ތެރަޕީ އާއި މިފަދަ އިތުރު އެހެން ކަންކަމަށް ވެސް ކަމާ ބެހޭ ޑޮކްޓަރުންނަށް އެ ޗެމްބަރުގެ ބޭނުން ހިފޭނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވައުދުވެވަޑައިގަތް ރަށްތަކުގައި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ޗެމްބަރުތައް ބަހައްޓައި ނިމޭނެ އެވެ.
ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެއީ މާލެ އާއި އއ. ރަސްދު އާއި ގއ. ވިލިނގިއްޔާއި ގދ. ތިނަދޫ އަދި އައްޑު އާއި ފުވައްމުލަކެވެ.
ޑީކޯވުމަށް މެދުވެރިވަނީ ޑައިވް ކުރުމުގައި އަޑިއަށް ދިއުމަށް ފަހު, މައްޗަށް އަރަން ޖެހޭ ދުވެއްޔަށް ވުރެ މާ އަވަހަށް މައްޗަށް އެރުމުންނެވެ. އެހެންވުމުގެ ސަބަބުން ހަށިގަނޑުގައި އޮކްސިޖަން ދައުރު ވުމުގައި މައްސަލަ ދިމާވެ އެވެ. އަދި ހަށިގަނޑުގެ ލޭގެ އެތެރޭގައި، އެކި ތަންތަނުގައި ގޭސް ބޮކިތަކެއް އުފެދެ އެވެ.
ރައީސް މުއިއްޒު ގުރައިދު އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ ބޮކިތައް ގޮސް ހަށިގަނޑުގެ ކޮންމެވެސް ގުނަވަނެއްގައި ހަރުލަ އެވެ. އަދި އެ ތަނަށް ލޭ ދައުރުވާ މިންވަރު މަދުވެ އެވެ. ޑީކޮމްޕްރެޝަނަކީ އެ އުފެދޭ ބޮކިތަކެވެ.
ގާނޫނުގައި ބުނާ ގޮތުން ޑައިވަރުންނަށް އެންމެ އަޑިއަށް ދެވޭނީ 30 މީޓަރަށެވެ. ނަމަވެސް, ބައެއް ފަހަރަށް ޑައިވަރުން ވެސް އެއަށްވުރެ އަޑިއަށް ދެ އެވެ. ހާއްސަކޮށް މަސްވެރިން އެން ހޯދުމަށާއި ލަނޑާ ނެގުންފަދަ ކަންކަމަށް 30 މީޓަރަށްވުރެ އަޑިއަށް ފީނަ އެވެ.
ރާއްޖޭގައި ފުރަތަމަ ޑީކޯ ޗެމްބަރެއް ބެހެއްޓީ 1993 ވަނަ އަހަރު ބަނޑޮސް މޯލްޑިވްސްގަ އެވެ.
ގުރައިދޫ ހޮސްޕިޓަލް ބިންގާއަޅައި ޑީކޯޗެމްބަރު ހުޅުވައިފި
މަސް ގަންނަ އަގު ބޮޑުކުރާނެ ކަމުގެ ޔަގީންކަން
ފަސް މަސް ތެރޭގައި މަސްވެރިންނަށް 1.6 ބިލިއަން
އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅެއްގައި ތެޔޮ ވިއްކަނީ
މަސްވެރިންގެ މަސައްކަތް ބަލައިގަތުމަކީ ވާޖިބެއް: ރައީސް
މާދަމާއިން ފެށިގެން 48 ގަޑިއިރުތެރޭ ފައިސާ ދޫކުރާނެ
ބޭނުންވަނީ މަސްވެރިންނަށް ބާރު ދޭން: ރައީސް
ކަންބޮޑުވުންތަކާ އެކު ކެޔޮޅުން ރައީސްގެ އަރިހަށް!
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް