Roadha Mihaaru
އެއާޕޮޑް ވަރަށް ކާމިޔާބު: ޓިމް ކުކް

އެޕަލް އެއާޕޮޑް ވަރަށް ކާމިޔާބު: ޓިމް ކުކް

03 ޖެނުއަރީ 2017

އެޕަލް އެއާޕޮޑަކީ ހިފެހެއްޓުމެއް ނެތް ވަރުގެ ބޮޑު ކާމިޔާބެއް ކަމަށް، ޓިމް ކުކް ސިފަކުރައްވައިފި އެވެ. އެއާޕޮޑްތައް އުފެއްދުމުގެ ކުރިން ވިކި ހުސްވާކަމަށް އޭނާ ވިދާޅުވި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލް އެއާޕޮޑަކީ ހިފެހެއްޓުމެއް ނެތް ވަރުގެ ބޮޑު ކާމިޔާބެއް ކަމަށް، ޓިމް ކުކް ސިފަކުރައްވައިފި އެވެ. އެއާޕޮޑްތައް އުފެއްދުމުގެ ކުރިން ވިކި ހުސްވާކަމަށް އޭނާ ވިދާޅުވި އެވެ.

އެއާޕޮޑަކީ ވަޔަލެސް ހެޑްފޯނެކެވެ. އައިފޯނު 7 އިން 3.5 އެމްއެމް ހެޑްފޯން ޖެކް ނައްތާލުމާ ގުޅިގެން އެޕަލުން ތައާރުފުކުރި، އެއާޕޮޑް އުފައްދާ މިންވަރު މިހާރު ހުރީ މެކުހަށް ޖަހާފައި ކަމަށް ވެސް، އެޕަލްގެ ސީއީއޯ، ޓިމް ކުކް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއާޕޮޑަށް ބޭނުންޖެހިފައި ހުރި މިންވަރު މިހާރު ވަނީ އެ ކުންފުންޏަށް ނުތަކާ ވަރު ވެފަ އެވެ.

އައިފޯން 7 އަދި އައިފޯން 7 ޕްލަސް ބޭނުންކުރާ ކޮންމެ މީހަކީ އެއާޕޮޑަށް ބޭނުންޖެހޭނެ މީހެކެވެ. އެހެން ނަމަވެސް ވިއްކާހާ އަގަކަށް ގަނެގެން ބޭނުންކުރަން ކޮންމެ ކޮންމެ މީހަކު އެދޭނެ ކަމަކަށް ނުބެލެވެ އެވެ.

އެއާޕޮޑް އައިފޯނާ ގުޅުވައިދެނީ ބްލޫޓޫތުންނެވެ. ކަންފަތަށް ޖެހުމާ އެކު، ޖީބުގައި އޮންނަ ފޯނަށް އެކަން އެނގެ އެވެ. އެއާޕޮޑްގައި އެއް ފަހަރު ޖަހާލުމުން އައިފޯނާ ގުޅައިދެ އެވެ. ދެ ފަހަރު ޖަހާލުމުން ސިރީ ހޭލައި ޚިދުމަތަށް ތައްޔާރުވެ އެވެ.

އައިފޯނާ ގުޅައިލުމަށް ވާފަށެއް ނެތުމަކީ އެއާޕޮޑަށް ދިމާވާ ހަމައެކަނި މައްސަލަ އެވެ. ކަންފަތަށް ޖަހައިގެން އުޅޭއިރު، ޖޮގިންކުރާއިރު ވެއްޓި ގެއްލުމުގެ އިތުރުން، އެއާޕޮޑް ބޭނުންކުރާ މީހުން ވިސްނަންޖެހޭ ކަމެއް ނެތެވެ.

އެޕަލުން އެއާޕޮޑް ވިއްކަނީ 159 ޑޮލަރަށެވެ. އަހަރެމެންނާ ހަމަ އަށް އަންނައިރު، އަދި ކޮންމެވެސް މިންވަރެއް އިތުރުވި ނަމަވެސް، އެ ފެންވަރުގެ އެއާޕޮޑެއް އުފައްދަން އެޕަލުން އަދި އެހެން ބަޔަކަށް ހުއްދައެއް ނުދެ އެވެ.

އެޕަލް އެއާޕޮޑް އުފައްދާފައި ވަނީ ވަރަށް މަދުން ހަކަތަ ބޭނުންކުރާ ގޮތަށެވެ. އެހެންކަމުން ބެޓެރީ ހުލިވެދާނެ ކަމަށް ބިރުން އުޅޭކަށް ނުޖެހެ އެވެ. ކޮންމެ ފުލް ޗާޖަކުން ފަސް ގަޑިއުރު ހިފަހައްޓަ އެވެ. އެއާޕޮޑް ލާފައި އޮންނަ ފޮށި ވެސް އިންޖިނިއާކޮށްފައި ވަނީ އެއާޕޮޑް ޗާޖްކުރެވޭ ގޮތަށެވެ.