ދުނިޔޭގައި ހަލުކަމާއެކު ފެތުރެމުންދާ މަންކީ ޕޮކްސް ކަމަށް ޝައްކު ކުރެވިގެން ރާއްޖެއިން ޓެސްޓު ކުރި ބިދޭސީ މީހާ އެ ބައްޔަށް ނެގެޓިވް ވެއްޖެ އެވެ.
ދުނިޔޭގައި ހަލުކަމާއެކު ފެތުރެމުންދާ މަންކީ ޕޮކްސް ކަމަށް ޝައްކު ކުރެވިގެން ރާއްޖެއިން ޓެސްޓު ކުރި ބިދޭސީ މީހާ އެ ބައްޔަށް ނެގެޓިވް ވެއްޖެ އެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ބަލީގެ އަލާމަތްތައް ހުރެގެން ޓެސްޓު ކުރި މީހާގެ ނަތީޖާ ނެގެޓިވްވެގެން އޭނާ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.
"ރާއްޖޭގައި މިވަގުތު މަންކީ ޕޮކްސްގެ އެއްވެސް ކޭސްއެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އެ ބައްޔަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން މީހުން ރާއްޖެއިން ޓެސްޓްކުރި އެވެ. ނަމަވެސް އޭނާ ވެސް ވަނީ މަންކީ ޕޮކްސް އަށް ނެގެޓިވް ވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފައި ވަނީ މިވަގުތު މަންކީ ޕޮކްސް އަށް ޓެސްޓްކުރެވޭނެ ގޮތްތަކާއި ފަރުވާކުރެވޭނެ ބޭހާއި ބަލިން ރައްކާތެރިވުމަށް ދެވޭނެ ވެކްސިން ފަދަ ވަސީލަތްތައް ވަރަށް މަދު ކަމަށާއި ނަމަވެސް ބަލި ފެތުރެން ފެށުމާ އެކު މޮނިޓާކޮށް އެ ބައްޔާ ގުޅިގެން ރާއްޖެއިން ވާންޖެހޭ ތައްޔާރީތައް ފަށާފައި ކަމަށެވެ.
"ސާވެއިލެންސް ހަރުދަނާކުރުމާއި ބަލި ޖެހޭ މީހުންނަށް ފަރުވާކުރުމާ ބެހޭ ގައިޑްލައިންތައް ކަނޑައެޅުން ފަދަ މަސައްކަތްތަކާ އެކު ވެކްސިނާއި ބޭހާއި ލިބޭނެ ގޮތްތައް މިދަނީ ބަލަމުންނެވެ،" އެޗްޕީއޭ އިން ބުންޏެވެ.
- ހުން އައުން، ގައިގައި ރިއްސުން، ވަރުބަލިވުން، ގޮށްލުން.
- ހަމުގައި ބިހި ނެގުން (މި އައުޓްބްރޭކްގައި ގިނައިން ފެންނާނީ ކުރިމަތިފަރާތާއި ފުރަގަސް ފަރާތާއި އަނގައިގެ ވަށައިގެން ބިހިނެގުން.
- ބިހިތައް ފުރަތަމަ ނަގާއިރު ހުންނާނީ ފަތިކޮށް. އެއަށް ފަހު ފެންފޮޅަށްވެ ފަޅައިގެންގޮސް ކުރަލާނެ.
- ހުން އައުންފަދަ އަލާމާތްތަކުން ފެށިގެން ގޮސް ބިހި ނަގާ، ކުރަލާ އަދި ކުރައިގެ އާ ހަން އުފެދި ކުރަ ވެއްޓެންދެން ބަލި ޖެހޭ މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވޭ.
- ނޭވާލާ ނިޒާމުގެ ތެރެއިން: ގިނަ ވަގުތު ގާތުން ކޮންޓެކްޓްވުން.
- ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުން.
- ބަލި މީހާ ހެދުމާއި ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުން.
- މާބަނޑު ދުވަސްވަރު ބަލި ޖެހިއްޖެ ނަމަ، ބަނޑުގައިވާ ދަރިފުޅަށް ބަލި ޖެހުމުގެ ފުރުސަތު އޮވޭ.
މަންކީޕޮކްސް އެންމެ ފުރަތަމަ ފެނިފައިވަނީ 1950 ގެ އަހަރުތަކުގެ ތެރޭގައި އެފްރިކާ އިންނެވެ.
މަންކީޕޮކްސްއަށް ޓެސްޓުކުރަން އައިޖީއެމްއެޗް ތައްޔާރުކުރަނީ
ކެންސަރުގެ ދަފްތަރުގައި 1،600 އަށްވުރެ ގިނަ މީހުން
ސެޒޭޝަން ފަރުވާއަށް ބޭނުންވާ ބާވަތްތައް އެތެރެކުރެވޭ
ވޭޕްގެ ޖޫރިމަނާ ނުދެއްކިޔަސް އެޅޭނެ ފިޔަވަޅެއް ނެތް؟
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް
ދުންފަތުން ސަލާމަތް ވާން ގާނޫނު ބަދަލުކުރަން އެދިއްޖެ
ކެންސަރު ދަފްތަރުގައި 1،400 އަށް ވުރެ ގިނަ މީހުން
ރާއްޖޭން އެމްޕޮކްސް ފެނުނު ވާހަކަ ދޮގުކޮށްފި
ރާއްޖެއަށް އެމްޕޮކްސް ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި
ނުތާހިރުކަމުން މާލޭގެ ތިން ތަނެއް ބަންދުކޮށްފި