Roadha Mihaaru

ބިދޭސީންގެ ސިއްހަތާ ގުޅޭ ގައުމީ ސިޔާސަތު އިފުތިތާހުކޮށްފި

ބިދޭސީންގެ ސިއްހަތާ ގުޅޭ ގައުމީ ސިޔާސަތު މިއަދު އިފުތިތާހުކޮށްފި އެވެ.

ބިދޭސީންގެ ސިއްހަތާ ގުޅޭ ސިޔާސަތު އިފްތިތާހުކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

30 ޖޫން 2025

ބިދޭސީންގެ ސިއްހަތާ ގުޅޭ ގައުމީ ސިޔާސަތު މިއަދު އިފުތިތާހުކޮށްފި އެވެ.

މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޔާސަތު އާންމު ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ހެލްތު މިނިސްޓްރީން ބުނީ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އަދި ކަމާގުޅުން ހުރި އިދާރާތަކާއި ޖަމިއްޔާތަކުގެ ބައިވެރިވުމާ އެކު، އެކުލަވައިލި ޕޮލިސީގެ ބޭނުމަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ބަލިތައް ފެތުރޭ މިންވަރު ކުޑަކުރުމާއި މައިގްރޭޝަން ސައިކަލްތަކުގެ ހުރިހާ މަރުހަލާއެއްގައި އެ މީހުންގެ ސިއްހީ ހާލަތު ރަނގަޅު ކުރުން ކަމަށެވެ.

ބިދޭސީންގެ ސިއްހަތާ ގުޅޭ ގައުމީ ސިޔާސަތު ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: ހެލްތު މިނިސްޓްރީ

ބިދޭސީންގެ ސިއްހަތާ ގުޅޭ ގައުމީ ސިޔާސަތު ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސިއްހީ ހާލަތު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ބެލެހެއްޓުމާއި ބަލި މީހުންނަށް އެކަށީގެންވާ ފަރުވާ އާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަކީ ވެސް އޭގެ އެއް ބޭނުމެވެ.

ބިދޭސީންގެ ސިއްހަތާ ގުޅޭ ސިޔާސަތު އެކުލަވާލުމުގައި އައިއޯއެމް ޑިވެލޮޕްމަންޓް ފަންޑުން ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިނިސްޓްރީން ބުނީ އެ ޕޮލިސީގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ސިއްހީ ގޮތުން ލިބެންޖެހޭ އަސާސީ ހައްގުތައް އެންމެ ފުރިހަމައަށް ހޯދާ ދިނުމަށް ކުރާ މަސައްކަތްތަކާއި އެސްޑީޖީ ހާސިލްވެގެންދާނެ ކަމަށެވެ.