Roadha Mihaaru
ދަރިފުޅު ގޮތް ނިންމާނީ އަމިއްލައަށް: ކާޖޮލް

ބޮލީވުޑަށް ނުކުންނަން ދަރިފުޅު ގޮތް ނިންމާނީ އަމިއްލަ އަށް: ކާޖޮލް

31 ޖުލައި 2022

ބޮލީވުޑަށް ނުކުތުމަށް ދަރިފުޅަށް ބާރު ނާޅާނެ އޭނާ ބޭނުން ގޮތަކަށް އެކަމުގައި ނިންމަންވީ ކަމަށް ބޮލީވުޑްގެ ތަރި ކާޖޮލް ބުނެފި އެވެ.

ބޮލީވުޑަށް ނުކުތުމަށް ދަރިފުޅަށް ބާރު ނާޅާނެ އޭނާ ބޭނުން ގޮތަކަށް އެކަމުގައި ނިންމަންވީ ކަމަށް ބޮލީވުޑްގެ ތަރި ކާޖޮލް ބުނެފި އެވެ.

މަޝްހޫރު ދެ ތަރިން ކަމަށްވާ ކާޖޮލް އާއި އަޖޭގެ ކައިވެންޏަށް ދެ ކުއްޖަކު ލިބިފައިވާއިރު، އެންމެ ދޮށީ އަންހެން ދަރިފުޅު ނީސާ ވެސް މައިންބަފައިންނެކޭ އެއްގޮތަށް ފިލްމު ކުޅޭނީތޯ ކުރާ ސުވާލުތަކާ ގުޅިގެން ކާޖޮލް ބުނީ، ދަރިފުޅުގެ ކޮންމެ ނިންމުމަކަށް ވެސް އޭނާ އިހުތިރާމުކުރާނެ ކަމަށެވެ.

އުމުރުން 19 އަހަރުގެ ނީސާ ކުރިއަށް ދާނެ ދާއިރާއެއް މިހާރު ނިންމައިފިތޯ ސުވާލު ކުރުމުން ކާޖޮލް ބުނީ ނީސާއަކީ އަބަދުވެސް އޭނާއާ ގުޅޭ ކަންކަން އަމިއްލަ އަށް ނިންމާ ކުއްޖެއް ކަމަށެވެ.

"އެކްޓު ކުރުމަށް ބާރެއް ނާޅަން އަދި އެކްޓު ނުކުރުމަކަށް ވެސް ބާރެއް ނާޅަން. އޭނާއަކީ މިހާރު ބޮޑުވެފައި ހުރި ކުއްޖެއް. އަމިއްލަށް ކަންކަން ނިންމޭނެ،" ކާޖޮލް ބުންޏެވެ.

ނީސާ ކުރިން ފެނުނީ، ވަރަށް ސޯޝަލް މީޑިއާއާ ވެސް ދުރުކޮށެވެ. އެކަމަކު މި ފަހުން އޭނާ އަންނަނީ ސޯޝަލް މީޑިއާގައި ވެސް ވަރަށް ހަރަކާތްތެރިކޮށް އުޅެމުންނެވެ.

އިންސްޓަގްރާމުގައި އެންމެ ފަހުން އާންމުކުރި ފޮޓޯތަކުން އެނގޭ ގޮތުގައި ނީސާ މިހާރު އުޅެނީ ގާތް ރައްޓެހިންނާ އެކު ޔޫރަޕް ދަތުރެއްގަ އެވެ. މިހާތަނަށް ފިލްމީ މަސައްކަތްތައް އޮތް ޝައުގުވެރިކަން އޭނާ ފާޅެއް ނުކުރެ އެވެ.

އެކަމަކު، އާންމުކޮށް ގިނަ "ސްޓާ ކިޑުން" ބޮލީވުޑަށް ވަރަށް ޝައުގުވެރިކަން ހުރެ އެވެ. އޭގެ ތެރެއިން އަނަންޔާ ޕާންޑޭ އާއި ޖާންވީ ކަޕޫރު ކަހަލަ ބައެއް ތަރިން މިހާރު އަންނަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުންނެވެ. އަދި ސުހާނާ ހާނާއި ސަނާޔާ ކަޕޫރު އަދި ކުޝީ ވެސް ވަރަށް އަވަހަށް ބޮލީވުޑަށް ނުކުންނާނެ އެވެ.