01 އޯގަސްޓް 2022
ޑެންގީ ހުން ޖެހިގެން ހާލު ބޮޑުވި ދެ ކުއްޖަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ޑެންގީ ހުން ޖެހިގެން ހާލު ބޮޑުވި ދެ ކުއްޖަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލްގެ ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ޑެންގީ ހުން ޖެހިގެން ފަރުވާދެމުން އަންނަ ދެ ކުދިންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެ ތަނުން އެއް ކުއްޖަކީ 11 މަހުގެ ކުއްޖެކެވެ.
ޑެންގީ ހުން ޖެހިގެން މި ފަހުން ކުޑަ ކުއްޖަކު ނިޔާވެފައިވެ އެވެ.
މިއީ ވިއްސާރަ ދުވަސްވަރަކަށް ވާތީ މި ދުވަސްވަރު ޑެންގީ ހުން އިތުރެވެ. މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އަޅާ މަދިރި ލޯޝަން ފަދަ ތަކެތި ބޭނުން ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފަތިސްގަޑި އާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާ މަގު މައްޗަށް ފެން ހެދޭނެ ގޮތަށް ފުޅިފަދަ ތަކެތި އުކާނުލުން ފަދަ ކަންކަމަށް މި ދުވަސްވަރު ސަމާލުވުމަކީ ވެސް ޑެންގީ ހުން މަދުކުރެވޭނެ ކަމެއް ކަން ކަމާބެހޭ އިދާރާތަކުން ހަނދާންކޮށްދެ އެވެ.
ޑެންގީ ހުމުގެ އިތުރުން ވައިރަލް ހުމާއި ބޭރަށް ހިނގުން ވެސް މިދުވަސްވަރު ވަނީ އިތުރުވެފަ އެވެ.
ޑެންގީ ޖެހިގެން 9 އަހަރު ކުއްޖަކު ނިޔާވެއްޖެ
ޑެންގީ ހުން ޖެހިގެން ކުޑަކުއްޖަކު ނިޔާވެއްޖެ
ޑެންގީ ހުން ގިނަވަނީ، އިތުރު ކުއްޖަކު އައިސީޔޫގައި
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ
ރޯގާ ޖެހިގެން ހަ ކުއްޖަކު އައިސީޔޫގައި
އިންފްލުއެންޒާ ޖެހިގެން ދިވެއްސަކު މަރުވެއްޖެ
ޑެންގީ ޖެހިގެން 11 އަހަރުގެ ކުއްޖަކު މަރުވެއްޖެ
ޑެންގީ ޖެހިގެން ނުވަ އަހަރުގެ ކުއްޖަކު މަރުވެއްޖެ
މިދިޔަ މަހު 7000 މީހަކަށް ވައިރަލް ހުން ޖެހުނު
ހާލު ދެރަވި ދެ ކުދިން އަންނަނީ ރަނގަޅުވަމުން