Roadha Mihaaru
ދްރައުޕަތީއާ ބައްދަލުކުރެއްވި ފުރަތަމަ ވެރިއަކަށް ރައީސް

ދްރައުޕަތީއާ ބައްދަލު ކުރެއްވި ބޭރުގެ ފުރަތަމަ ވެރިއަކަށް ރައީސް

02 އޯގަސްޓް 2022

އިންޑިއާގެ އާ ރައީސް ދްރައުޕަތީ މުރްމުއާ ބައްދަލު ކުރެއްވި ބޭރުގެ ފުރަތަމަ އިސްވެރިއަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވެވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިންޑިއާގެ އާ ރައީސް ދްރައުޕަތީ މުރްމުއާ ބައްދަލު ކުރެއްވި ބޭރުގެ ފުރަތަމަ އިސްވެރިއަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވެވަޑައިގެންފި އެވެ.

އިންޑިއާގެ ރައީސްކަމާ ދްރައުޕަތީ ހަވާލުވެ ވަޑައިގަތީ މިދިޔަ މަހު އެވެ. މިއީ އެ ގައުމުގެ ރައީސްކަން ޓްރައިބަލް ދަރިކޮޅުގެ ބޭފުޅަކު އަދާކުރައްވާ ފުރަތަމަ ފަހަރެވެ.

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން އުޅުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދްރައުޕަތީ މިއަދު ހަވީރު ބޭއްވެވި ބައްދަލުވުމަކީ ދްރައުޕަތީ ވެރިކަމާ ހަވާލުވެ ވަޑައިގަތްފަހުން ބޭރު ގައުމެއްގެ އިސްވެރިއަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައި ބޭއްވި އެ ބައްދަލު ކުރެއްވުމުގައި މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް ދްރައުޕަތީ ތައުރީފް ކުރައްވައި އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލު ކުރެއްވުމުގައި، ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދެމުންދާ އެހީތަކަށް ވެސް ރައީސް ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން އޮފީހުން ބުންޏެވެ.

ބަރުލަމާނީ ނިޒާމެއް އޮންނަ އިންޑިއާގައި ރައީސަކީ ސަރުކާރު ހިންގުމުގެ އެއްވެސް ދައުރެއް އޮންނަ ބޭފުޅެއް ނޫނެވެ. އެހެން ނަމަވެސް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތާއި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތު އޮންނަނީ ރައީސަށެވެ. އަދި ސަރުކާރު ހިންގުމުގެ ހުރިހާ ބާރެއް އޮންނަނީ ބޮޑުވަޒީރަށެވެ.