Roadha Mihaaru

ދިރާގު ބޯޑަށް ކުރީގެ މެމްބަރު އަބްދުالله އަބްދުއްރަހީމް ހަމަޖައްސައިފި

ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހަމަޖައްސައިފި އެވެ.

ދިރާގު ބޯޑަށް ކުރީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

03 އޯގަސްޓް 2022

ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހަމަޖައްސައިފި އެވެ.

ޕީސީބީން އިއްޔެ ވަނީ އެކަން އިއުލާންކޮށްފަ އެވެ.

ދިރާގުގެ ބޯޑުގައި ނުވަ މެންބަރު ތިބެން ޖެހެ އެވެ. އެކަމަކު އަލަށް އައްޔަންކުރި އަބްދުﷲ އަބްދުއްރަހީމާ އެކު އެ ބޯޑުގައި މިހާރު ތިބީ އަށް މެންބަރުންނެވެ.

ދިރާގުގެ ޗެއާޕާސަނަކީ އިސްމާއިލް ވަހީދެވެ. އެކުންފުނީގެ ބަޓެލްކޯގެ ހަތަރު މެންބަރުން ތިބެ އެވެ.

ދިރާގު އުފެއްދީ 1988 ވަނަ އަހަރު އެވެ. އެ ކުންފުނީގެ ހިއްސާގެ 52 ޕަސެންޓު ވަނީ ބަޓެލްކޯއަށް ވިއްކާލައިފަ އެވެ. ސަރުކާރުގެ ހިއްސާއަކީ 41 ޕަސެންޓެވެ. އަދި އާންމުންގެ ހިއްސާއަކީ 6.2 ޕަސެންޓެވެ.