ވާކީން ފީނިކްސް ލީޑް ރޯލުން ފެނުނު ސައިކޮލޮޖިކަލް ތުރިލާ "ޖޯކާ"ގެ ދެވަނަ ބައި 2024 ވަނަ އަހަރު ރިލީޒްކުރުމަށް ތައްޔާރުވެއްޖެ އެވެ.
05 އޯގަސްޓް 2022
ވާކީން ފީނިކްސް ލީޑް ރޯލުން ފެނުނު ސައިކޮލޮޖިކަލް ތުރިލާ "ޖޯކާ"ގެ ދެވަނަ ބައި 2024 ވަނަ އަހަރު ރިލީޒްކުރުމަށް ތައްޔާރުވެއްޖެ އެވެ.
ޑީސީގެ އެންމެ ފާހަގަކުރެވޭ އެއް ވިލަން ކެރެކްޓާ އަށް ބިނާކޮށް، ވަކީން ތައްޔާރުކުރި ފިލްމު "ޖޯކާ"ގެ ފުރަތަމަ ބައި ރިލީޒްކުރީ 2019 ވަނަ އަހަރުގަ އެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީތަކެއް ހޯދުމަށް ފަހު، އޮސްކާގައި ވެސް އެ ފިލްމު ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
އެކަމާ ގުޅިގެން ފިލްމުގެ ދެވަނަ ބައެއްގެ މަސައްކަތްކުރާނެ ކަމަށް އިއުލާނުކޮށް އެ ފިލްމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުގަ އެވެ.
ފިލްމުގެ ޑައިރެކްޓަރު ޓޮޑް ފިލިޕްސް ހާމަކޮށްފައިވާގޮތުގައި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ އެވެ. އަދި 2024 ވަނަ އަހަރު ފިލްމު ސިނަމާތަކަށް ނެރެވޭނެ ކަމަށް އޭނާ ބުންޏެވެ.
ފުރަތަމަ ފިލްމާ ހިލާފަށް ދެވަނަ ފިލްމަކީ މިއުޒިކަލް ފިލްމަކަށް ވާނެ އެވެ. އަދި މި ފިލްމުގައި ޖޯކާ އާއެކު ފެންނަ ކެރެކްޓަރު "ހާލީ ކުއިން" ވެސް ތައާރަފުކުރާނެ އެވެ. އެމެރިކާގެ މަޝްހޫރު އެކްޓަރު ލޭޑީ ގާގާ ވަނީ ހާލީ ކުއިންގެ ރޯލަށް ހަމަޖައްސާފަ އެވެ.
މިފަހަރުގެ ފިލްމުގެ ބޮޑު ބައެއް ފެންނާނީ ގޯތަމްގެ އެސައިލަމް އެއްގެ ތެރެއިންނެވެ.
ޖޯކާގެ ސީކުއެލްގެ މަސައްކަތް ފަށައިފި
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
"ޖޯކާ 2" ބޮޑު ފްލޮޕަކަށް ވެއްޖެ
"ޖޯކާ"ގެ ސީކުއެލްގެ ޓްރެއިލާ ނެރެފި
"ލޯޑް އޮފް ދަ ރިންގްސް"ގެ އާ ފިލްމެއް ގެނެސްދެނީ
ވޯނާ ބްރަދާސްއާ އެކު ޓޮމް ކްރޫޒް އާ ޑީލެއް ހަދައިފި
"ފާސްޓް އެންޑް ފިއުރިއަސް" އަށް ބޮޑު ޖޫރިމަނާއެއް
"އަކުއަމޭން"ގެ ދެވަނަ ފިލްމުގެ ޓްރެއިލާ ނެރެފި
އެޗްބީއޯ މެކްސް ރިބްރޭންޑުކޮށް، "މެކްސް" ގެ ނަމަށް
"ޖޯކާ 2"ގައި ހާލީ ކުއިންގެ ރޯލު ކުޅެނީ ލޭޑީ ގާގާ