އިނގިރޭސި ވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުން ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.
07 އޯގަސްޓް 2022
އިނގިރޭސި ވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުން ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.
މަރިޔަމް އަލްހާ، އައިޝަތު ހިމްނާ ހަސަން، ރިފާ މުހައްމަދު އަދި އައިމިނަތު ލަޔާނާ މުހައްމަދު ހިމެނުނު ޓީމުން ރެކޯޑް ހެދީ 49.19 ސިކުންތުން ދުވެގެންނެވެ.
ކުރިން މި ރެކޯޑް އޮތީ މިއަދު ދުވި ޓީމުގައި ހިމެނޭ އަލްހާ، ހިމްނާ އަދި ރިފާގެ އިތުރުން ސަރާ މަސްއޫދު ހިމެނުނު ރިލޭ ޓީމުގެ އަތުގަ އެވެ. އެ ޓީމުން ރެކޯޑް ހެދީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 50.16 ސިކުންތުން ދުވެގެންނެވެ.
އެ ފަހަރު އެ ޓީމުން މުގުރާލީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި އަފާ އިސްމާއީލް، އައިމިނަތު ނަޒްރާ، ޝަމްހާ އަހުމަދު އަދި މިރުފަތު އަހުމަދު 51.32 ސިކުންތުން ހެދި ރެކޯޑެވެ.
އެހެންވެ ހަ އަހަރުގެ ތެރޭ ރާއްޖޭގެ އަންހެން ސްޕްރިންޓަރުން މި ވަނީ 2.13 ސިކުންތުގެ ކުރިއެރުމެއް ހޯދައިފަ އެވެ.
ކޮމަންވެލްތު ގޭމްސްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިވެންޓުގެ ފުރަތަމަ ބުރުގެ އެއް ވަނަ ހީޓުގައި ވާދަކޮށް ރާއްޖޭގެ ޓީމު ދިޔައީ ހަ ވަނަ އަށެވެ. މި ހީޓުން ކޮލިފައިވީ 43.66 ސިކުންތުން ދުވެ އެއް ވަނަ ޖެމެއިކާ ޓީމާއި 44.45 ސިކުންތުން ދުވެ ދެ ވަނަ ހޯދި އިންޑިއާ ޓީމު އަދި 45.39 ސިކުންތުން ދުވެ ތިން ވަނަ ހޯދި ސްކޮޓްލެންޑް ޓީމެވެ.
އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގައި ރެކޯޑް ހެދި ރިލޭ ޓީމުގައި ހިމެނުނު ސަރާގެ ބަދަލުގައި މި ފަހަރު ހިމެނޭ ލަޔާނާ އަކީ ވެސް އޭނާ ނިސްބަތްވާ ގއ. ދާންދޫ ދުވުންތެރިއެކެވެ. ލަޔާނާ ވަނީ މި އަހަރުގެ މޭ މަހު އޮތް އިންޓަ ސްކޫލް މުބާރާތުގެ ދާންދޫ ސްކޫލް ޓީމަށް ދުވެ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު އެއް ވަނަ ހޯދައިފަ އެވެ. އަދި އެ ތިން އިވެންޓުން އިންޓަ ސްކޫލް ރެކޯޑް ވެސް ހެދި އެވެ.
މި ފަހަރުގެ ޓީމުގައި ހިމެނޭ ހިމްނާ ވަނީ މީގެ 21 އަހަރު ކުރިން ޝަމްހާ ހެދި އަންހެނުންގެ 100 މީޓަރުގެ ގައުމީ ރެކޯޑް މި ގޭމްސްގައި މުގުރާލައިފަ އެވެ. ވޯލްޑް ޗެމްޕިއަންޝިޕުގައި 2001 ގައި 12.27 ސިކުންތުން ދުވެ ޝަމްހާ ހެދި ރެކޯޑް ހިމްނާ މި ފަހަރު މުގުރާލީ 12.17 ސިކުންތުން ދުވެ އެވެ.
ޒަމާންވީ 100 މީޓަރުގެ ރެކޯޑް ހިމްނާ މުގުރާލައިފި
ކޮމަންވެލްތު ގޭމްސްގެ ސްކޮޑްގައި ސާއިދާއި ހިމްނާ
ކޮމަންވެލްތު ގޭމްސް އިންޑިއާގެ އަހުމަދުއާބާދަށް
ދެކުނު އޭޝިއާގެ މުބާރާތުން ރާއްޖެއަށް އެންމެ މެޑައްޔެއް
ދެކުނު އޭޝިއާ މުބާރާތުން ރިލޭ ޓީމަށް ބްރޯންޒް މެޑަލް
ފެތުމާއި ދުވުމުގެ އެކުއަތުލޯން ޗެމްޕިއަންޝިޕް މާފުށީގައި
މެލޭޝިއާގެ މުބާރާތަށް ރާއްޖޭގެ ޖޫނިއާ އެތުލީޓުން
ދުވުންތެރިން ދުވެލި 30 އަހަރު ފަހަތަށް އޮބާލައިފި
ގައުމީ މުބާރާތުން އެއްވަނަ ޝަމްއޫނާއި ޝައިމް އަށް
ކުޅިވަރުގެ ސްކޮލާޝިޕްތަކުގެ ބޭނުން ނުހިފި، އިސްރާފަކަށް