08 އޯގަސްޓް 2022
ބަންގްލަދޭޝްގެ މީހަކާ އެކު އެއްޖިންސުން ގުޅުން ހިންގި ގިނަ ބައެއްގެ ވީޑިއޯ އާންމުވެ، އެ ކަމުގައި ޝާމިލުވާ އެކި މުއައްސަސާތަކުގެ މީހުންނާ މެދު ފިޔަވަޅު އަޅަމުން އަންނައިރު، އެމްއެންޑީއެފްގެ މީހަކު ވެސް ސަސްޕެންޑް ކޮށްފައިވާކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.
ބަންގްލަދޭޝްގެ މީހަކާ އެކު އެއްޖިންސުން ގުޅުން ހިންގި ގިނަ ބައެއްގެ ވީޑިއޯ އާންމުވެ، އެ ކަމުގައި ޝާމިލުވާ އެކި މުއައްސަސާތަކުގެ މީހުންނާ މެދު ފިޔަވަޅު އަޅަމުން އަންނައިރު، އެމްއެންޑީއެފްގެ މީހަކު ވެސް ސަސްޕެންޑް ކޮށްފައިވާކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.
ބަންގްލަދޭޝްގެ އަލަމްގީރާއެކު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރުތައް ވީޑިއޯކޮށްފައި ވަނިކޮށް، ލީކުވެ މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ. އެ މައްސަލައިގައި ހިމެނޭ ވީޑިއޯތަކުގެ ފޮރެންސިކް ތަހުލީލު ނުނިމޭތީ ބައެއް މީހުން ހައްޔަރު ނުކުރި ނަމަވެސް ތުހުމަތުވާ ކަމަށް ބެލެވޭ މީހުންގެ ތެރެއިން ސަރުކާރުގެ އެކި އިދާރާތަކުގައި އުޅޭ މީހުންގެ މައުލޫމާތު ފުލުހުން ވަނީ އެ ތަންތަން ދީފަ އެވެ.
ސިފައިންގެ މީހަކު ވެސް އެ ވީޑިއޯތަކުން ފެންނާތީ ފުލުހުން އެމްއެންޑީއެފަށް އެކަން އެންގި ކަމާއި މީހަކު ސަސްޕެންޑްކުރިކަން "މިހާރު" އަށް މިހާރު ވަނީ ކަށަވަރުވެފަ އެވެ.
އެކަމަކު އެ ކަމާ ގުޅިގެން ސުވާލު ކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ކަމެއް ހިނގައިފައި ނުވާ ކަމަށެވެ.
ފުލުހުން ދިން މައުލޫމާތާއެކު، އެޑިއުކޭޝަން މިނިސްޓްރީންނާއި ހޯމް މިނިސްޓްރީންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނާއި އިސްލާމިކް މިނިސްޓްރީން އަދި ކަސްޓަމްސް އިން ވެސް ވަނީ ބައެއް މީހުންނާ މެދު ފިޔަވަޅު އަޅައިފަ އެވެ. އެނގިފައިވާ ގޮތުގައި އިތުރު މުއައްސަސާތަކުގެ މީހުން ވެސް ހިމެނޭތީ ފުލުހުން ވަނީ އެ ކަން އެ ތަންތަނަށް އަންގައިފަ އެވެ.
ވީޑިއޯތަކުން ފެންނަ މީހުންގެ ތެރެއިން ކަށަވަރު ކުރެވުނު ބައެއް މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދާއި ނޫސްވެރިޔާ އަބްދުﷲ ނަސީރުގެ އިތުރުން ފުލުހަކު ހިމެނެ އެވެ.
އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ މައްސަލަ ފެންމަތިވެ ވީޑިއޯތައް އާންމުވާން ފެށީ މިދިޔަ ޖޫން މަހު ފަހުކޮޅުގަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި މިިދިޔަ މަހުގެ 12 ގައި އަލަމްގީރް ވަނީ ހައްޔަރުކޮށްފަ އެވެ.
ޖަލު އޮޕަރޭޝަން: ފޯނާއި ސިމް ކާޑާއި މަސްތުވާތަކެތި
ސްކޭމާއި ޓެރަރިޒަމަށް ތުހުމަތުކޮށް ޖަލު ފާސްކުރަނީ
އައްޑޫގެ އޮޕަަރޭޝަންގައި އިތުރު ތަންތަން ފާސްކުރަނީ
ހައްޔަރުކުރި މީހުން އުޅުނީ އައިސިސްއާ އެކު މީހުންމަރަން
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު
ރާއްޖޭގެ ފުރަތަމަ ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް ފަށައިފި
ފުލުހުންގެ ފްލެޓްތައް މުއްދަތަށް ނުނިންމުނު!
"ވަކިވަކި އިދާރާތަކަށް ސިއްހީ ސްކީމު ހިންގުން ގޯސް"
ރެކޯޑު އަދަދެއްގެ ކޮމެންޓުން ވަރުގަދަ ރައްދުތަކެއް!
ފުލުހުންނާއި ސިފައިންގެ ސިއްހީ ސްކީމް: އިންސާފެއްތަ؟