ސްޓެލްކޯގެ އިންޖީނެއްގައި މިއަދު ރޯވެއްޖެ އެވެ.
18 އޯގަސްޓް 2022
ސްޓެލްކޯގެ އިންޖީނެއްގައި މިއަދު ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު ސްޓެލްކޯގެ އިންޖީނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ ރިޕޯޓް ލިބުނީ 12:15 ގައި ކަމަށާއި އަދި 12:26 ހާއިރު، އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
ސްޓެލްކޯގެ އޮޝިލަކު "މިހާރު" އަށް ވިދާޅުވީ، ރޯވީ އިންޖީނެއްގެ ޓާބޯގައި ކަމަށާއި ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލާފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް އެތަނުން ބުންޏެވެ.
"އެކަމުގެ ސަބަބުން ކަރަންޓް ދިނުމުގެ ހިދުމަތަށް އެއްވެސް އަސަރެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯގެ ފީޑަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން އިއްޔެ މުޅި މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވެސް މެދުކެނޑުނެވެ. އޭގެ ފަހުން ކަރަންޓުގެ ހިދުމަތް އަލުން ލިބުނީ ދެ ގަޑިއިރަށް ވުރެ ގިނައިރު ވެސް ވީ ފަހުންނެވެ.
ފީޑަރުތަކަށް ދިމާވި މައްސަލަ އެއްކޮށް ހައްލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކަރަންޓު ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލައިފި
ބަދަލު ހޯދަން ސްޓެލްކޯ ގޮވައިގެން ފަރިވާ އިން ކޯޓަށް
ދެ ބިލް ފޮނުވީ ރޯދައިގެ ކަރަންޓަށް ޑިސްކައުންޓު ދޭން
ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި އަދަދު ދަށަށް!
ރީޑިން ނަގަން 350 މުވައްޒަފުން މާދަމާ ނިކުންނަނީ
ރޯދަމަހަށް ކަރަންޓު ވަކި ބިލެއް ހަދައި ޑިސްކައުންޓުދެނީ
މައްސަލައެއް ދިމާވެ މާލޭން ކަރަންޓު ކެނޑިއްޖެ
ޓްރާންސްފޯމަރު "ވަގަކު" އަނެއްކާވެސް ހުއްޓުވައިފި
ހުޅުމާލެ 2 ގެ ބޮޑު ބަޔަކަށް އަލުން ކަރަންޓު ދީފި
ޓްރާންސްފޯމަރުތައް މޮނިޓާކުރަން ސީސީޓީވީ ހަރުކުރަނީ