Roadha Mihaaru
އަންނަ މަހުގެ އިންޓޭކަށް އެމްއައި ކޮލެޖުގެ އޯޕަން ޑޭ

އަންނަ މަހުގެ އިންޓޭކަށް ހާއްސަކޮށް އެމްއައި ކޮލެޖުގެ އޯޕަން ޑޭ އެއް

18 އޯގަސްޓް 2022

އަންނަ ސެޕްޓެމްބަރު މަހުގެ އިންޓޭކަށް ހާއްސަކޮށް އަންނަ ހޮނިހިރު ދުވަހު އެމްއައި ކޮލެޖުގެ އޯޕަން ޑޭ އެއް ބާއްވަން ނިންމައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އަންނަ ސެޕްޓެމްބަރު މަހުގެ އިންޓޭކަށް ހާއްސަކޮށް އަންނަ ހޮނިހިރު ދުވަހު އެމްއައި ކޮލެޖުގެ އޯޕަން ޑޭ އެއް ބާއްވަން ނިންމައިފި އެވެ.

އެ ކޮލެޖުން ބުނީ، އެ އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ ދެ ސަރަހައްދެއްގައި ކަމަށެވެ. އެއީ މާލޭގެ އާޓިފިޝަލް ބީޗާއި ހުޅުމާލެ މެއިން ބަސް ސްޓޮޕް ހިމެނޭ ސަރަހައްދު، ކޮމާޝަލް ޒޯން އެކެއްގަ އެވެ.

އެ ހަރަކާތުގެ މައުލޫމާތު ހިމެނޭ އެފްބީ ޕޯސްޓު

އެ ކޮލެޖުން ބުނީ އެ ހަރަކާތުގައި އެޑްމިޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެ ހަރަކާތުގައި އެޑްމިޝަން އޮފާތަކެއް ލިބޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ. އެ ހަރަކަތަކީ އެމްއައި ކޮލެޖުގައި ހުރި ތައުލީމީ ފުރުސަތުތަކުގެ މައުލޫމާތުތައް ދިނުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެމްއައި ކޮލެޖުން ބުނީ އެ ހަރަކާތުގެ ބައިވެރިންގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް ޕޯޓަބަލް ކަރިއޯކީ ސިސްޓަމެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ.

އެމްއައި ކޮލެޖުން މިހާރު ދަނީ ސެޕްޓެމްބަރު އިންޓޭކުގެ ފޯމު ބަލައިގަންނަމުންނެވެ.