Roadha Mihaaru
މީޑިއާނެޓަށް ވަދެގަނެ މީހަކު ޒަހަމްކޮށްލައިފި

މީޑިއާނެޓްގެ އޮފީހަށް ބަޔަކު ވަދެ މާރާމާރި ހިންގައި މީހަކު ޒަހަމްކޮށްލައިފި

18 އޯގަސްޓް 2022

އޯކިޑް މަގުގައި ހުންނަ މީޑިއާނެޓްގެ އޮފީހަށް ބަޔަކު ވަދެގަނެ އެތަނުގައި މަސައްކަތްކުރާ މުވައްޒަފަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އޯކިޑް މަގުގައި ހުންނަ މީޑިއާނެޓްގެ އޮފީހަށް ބަޔަކު ވަދެގަނެ އެތަނުގައި މަސައްކަތްކުރާ މުވައްޒަފަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މީޑިއާނެޓްގެ އޮފީހަށް ބަޔަކު ވަދެ މާރާމާރިއެއް ހިންގާފައިވާ ކަމަށް މިއަދު އިރުއޮއްސުނު ވަގުތު ރިިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާ އަށް ފަރުވާދިނުމަށް މިހާރު އޭޑީކޭ އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން،" ފުލުހުން ބުންޏެވެ.

އެ މާރާމާރީގައި ޒަހަމްވި މީހާ އަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނޭނގެ އެވެ.

އެ މީހާ ސްޓްރެޗަރުގައި ގެންގޮސް އެމްބިއުލާންސަށް އަރުވައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. މީޑިއާނެޓް ޔުނީފޯމްގައި ލައިގެން ހުރި އެ މީހާގެ ބޮލުގައި އޮތީ ފޮތިގަނޑެއް އޮޅައިފަ އެވެ.