22 އޯގަސްޓް 2022
ދެ ގައުމުގެ ގިނަ އަދަދެއްގެ ސިފައިންނާއި ބަރު ހަތިޔާރުތައް ބައިވެރިކޮށްގެން އަސްކަރީ ފަރިތަކުރުންތަކެއް ނުބާއްވާތާ އަހަރުތަކަކަށް ފަހު، އެމެރިކާ އާއި ދެކުނު ކޮރެއާގެ ސިފައިން ގުޅިގެން ބާއްވާ ބިޔަ އަސްކަރީ ފަރިތަކުރުންތަކެއް މިއަދު ދެކުނު ކޮރެއާގައި ފަށައިފި އެވެ.
ދެ ގައުމުގެ ގިނަ އަދަދެއްގެ ސިފައިންނާއި ބަރު ހަތިޔާރުތައް ބައިވެރިކޮށްގެން އަސްކަރީ ފަރިތަކުރުންތަކެއް ނުބާއްވާތާ އަހަރުތަކަކަށް ފަހު، އެމެރިކާ އާއި ދެކުނު ކޮރެއާގެ ސިފައިން ގުޅިގެން ބާއްވާ ބިޔަ އަސްކަރީ ފަރިތަކުރުންތަކެއް މިއަދު ދެކުނު ކޮރެއާގައި ފަށައިފި އެވެ.
ދެ ގައުމުގެ ސިފައިން ގުޅިގެން މިއަދު ފެށި އަސްކަރީ ފަރިތަކުރުންތަކުގެ ބޭނުމަކީ، އުތުރު ކޮރެއާ އިން އަސްކަރީ ހަތިޔާރުތައް އަޖުމަބެލުން އިތުރުކޮށްފައިވާތީ، އެގައުމުން ކުއްލި ގޮތަކަށް އަޅައިފާނެ އަސްކަރީ ފިޔަވަޅަކަށް ފުރިހަމައަށް ތައްޔާރުވެ ތިބުމެވެ. އުލްޗީ ފްރީޑަމް ޝީލްޑްގެ ނަމުގައި މިއަދު ފެށި ތަމްރީނުތައް މިއަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
އެމެރިކާ ސިފައިންނާ އެކު އަސްކަރީ ފަރިތަކުރުންތަކެއް މިއަދު ފަށާފައިވާ އިރު، ހަނގުރާމައިގެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އާންމު ރައްޔިތުން ހިމާޔަތްކުރާނެ ގޮތުގެ މަދަނީ ފަރިތަކުރުންތަކެއް ވެސް ދެކުނު ކޮރެއާ އިން މިއަދު ވަނީ ފަށައިފަ އެވެ. ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ފަރިތަކުރުންތަކުގައި މައިގަނޑު ގޮތެއްގައި ބައިވެރިވާނީ ފުލުހުންނާއި އަލިފާން ނިއްވާ އިދާރާގެ މުވައްޒަފުންގެ އިތުރުން، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުންނެވެ.
އެމެރިކާ އާއި ދެކުނު ކޮރެއާ އިން ފެށި އަސްކަރީ ތަމްރީންތަކުގެ ކޮމާންޑް ސެންޓަރުގައި ދެކުނު ކޮރެއާގެ ސިފައިން
އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ މަސްރަހު ހޫނުވަމުން ދާއިރު، އަސްކަރީ އަދި މަދަނީ ފަރިތަކުރުންތަކެއް ދެކުނު ކޮރެއާ އިން ފެށުމުން، އުތުރު ކޮރެއާ އިން މިއަދު ބުނެފައިވަނީ އެ ފަރިތަކުރުންތަކަކީ އުތުރު ކޮރެއާ އަށް އަރައިގަތުމުގެ ތައްޔާރީތަކެއް ކަމަށެވެ. އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު އުފައްދައި އަސްކަރީ ގާބިލުކަން އިތުރުކުރަމުން އަންނަނީ، އެމެރިކާ އިން ގެންގުޅޭ މިފަދަ އުދުވާނީ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވެސް އުތުރު ކޮރެއާ އިން ބުންޏެވެ.
އެމެރިކާ އާއި ދެކުނު ކޮރެއާ އިން މިއަދު ފެށި އަސްކަރީ ފަރިތަކުރުންތަކަކީ، 2017 ވަނަ އަހަރުގެ ފަހުން ދެ ގައުމުން މިހާ ފުޅާ ދާއިރާއެއްގައި ބާއްވާ ފުރަތަމަ ފަރިތަކުރުންތަކެވެ. އެ ދެ ގައުމުން ބުނި ގޮތުގައި މިއަދު ފެށި ފަރިތަކުރުންތަކުގެ ބޭނުމަކީ ދެ ގައުމުގެ ދިފާއީ ގާބިލުކަން އިތުރު ކުރުމެވެ.
ދެ ގައުމުގެ އަސްކަރީ ފަރިތަކުރުންތަކުގެ ތައްޔާރީތައް މިދިޔަ ހަފުތާގައި ފެށުމާއެކު، އުތުރު ކޮރެއާ އިން ވަނީ އެ ގައުމުގެ ހުޅަނގު އައްސޭރި ސަރަހައްދުން ދެ ކްރޫޒް މިސައިލް އުދުއްސާލައިފަ އެވެ. މިއަހަރު ފެށުމާއެކު އުތުރު ކޮރެއާ އިން ވަނީ މިސައިލްތައް އަޖުމަބެލުން ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.
އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރުގެ ތަމްރީންތަކެއް
ނިއުކްލިއާ ރައްދެއް ދިނުމުގެ ތަމްރީންތަކެއް ބާއްވައިފި
އުތުރު ކޮރެއާ އިން މިސައިލެއްގެ އަޖުމަބަލައިފި
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޖަޕާނު ކައިރިއަށް
އެއްވެސް ރަހުމެއް ނެތި ރައްދު ދޭނަން: އ. ކޮރެއާ
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލެއް ޖަޕާނުގެ މަތިން
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި
ދެކުނު ކޮރެއާ އާއި އެމެރިކާގެ ރައްދު މިސައިލްތަކުން
އުތުރު ކޮރެއާއިން އަނެއްކާ މިސައިލްތަކެއް އަޖުމަބަލައިފި
ދެކުނު ކޮރެއާ- އެމެރިކާއަސްކަރީ ފަރިތަކުރުން ފުޅާކުރަނީ