Roadha Mihaaru
އުތުރު ކޮރެއާ އިން މިސައިލެއްގެ އަޖުމަބަލައިފި

އުތުރު ކޮރެއާ އިން މިސައިލެއްގެ އަޖުމަބަލައިފި

13 މާޗް 2023

އެމެރިކާ ސިފައިންނާއި ދެކުނު ކޮރެއާ ސިފައިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީންތައް ފެށުމަށް ކުޑަތަންވެފައި ވަނިކޮށް، އުތުރު ކޮރެއާ އިން އިއްޔެ ދެ ކްރޫޒް މިސައިލެއްގެ އަޖުމަބަލައިފި އެވެ.

އެމެރިކާ ސިފައިންނާއި ދެކުނު ކޮރެއާ ސިފައިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީންތައް ފެށުމަށް ކުޑަތަންވެފައި ވަނިކޮށް، އުތުރު ކޮރެއާ އިން އިއްޔެ ދެ ކްރޫޒް މިސައިލެއްގެ އަޖުމަބަލައިފި އެވެ.

އުތުރު ކޮރެއާ އިން ދެ ކްރޫޒް މިސައިލް އަޖުމަބެލީ، ދެކުނު ކޮރެއާ އާއި އެމެރިކާ ސިފައިން ގުޅިގެން، ކޮރެއާ ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް އިތުރު ކުރަމުން ގެންދާތީ، އުތުރު ކޮރެއާގައި ވެސް އަސްކަރީ ގާބިލުކަން ހުރި ކަން ދެއްކުމުގެ ގޮތުންނެވެ. ކަނޑުގެ ސަރަހައްދުގައި އިއްޔެ ބޭއްވި އަސްކަރީ ފަރިތަކުރުންތަކެއްގައި އަޖުމަބެލި ދެ މިސައިލް ވެސް އުދުއްސައިލީ އުތުރު ކޮރެއާގެ ކަނޑުގެ ސިފައިންގެ ސަބްމެރިންއަކުންނެވެ.

މާޗް 12، 2023؛ އުތުރު ކޮރެއާގެ ކަނޑުގެ ސިފައިން އިއްޔެ ބޭއްވި އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވި އެ ގައުމުގެ ސަބްމެރިންއެއް ކަނޑުގައި ދަތުރު ކުރަނީ. --އޭއެފްޕީ

މާޗް 12، 2023؛ އުތުރު ކޮރެއާގެ ކަނޑުގެ ސިފައިން އިއްޔެ ބޭއްވި އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވި އެ ގައުމުގެ ސަބްމެރިންއެއް ކަނޑުގައި ދަތުރު ކުރަނީ. --އޭއެފްޕީ

އެމެރިކާ އާއި ދެކުނު ކޮރެއާ ސިފައިން ގުޅިގެން ބާއްވާ ތަމްރީންތައް ފެށީ މިއަދު ފަތިހު އެވެ. އެ ދެ ގައުމުގެ ސިފައިން ގުޅިގެން، ފަސް އަހަރުގެ ތެރޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އަސްކަރީ ފަރިތަކުރުންތަކަށް ދީފައިވާ ނަމަކީ، "ފްރީޑަމް ޝީލްޑް" އެވެ. ފުރިހަމަ ހަނގުރާމައިގެ ހާލަތަކަށް ތައްޔާރުވާ މިންވަރަށް ބާއްވާ މި ތަމްރީންތައް މަދުވެގެން 10 ދުވަހަށް ކުރިއަށް ދާނެ އެވެ.

މި ދެ ގައުމުގެ ސިފައިން ގުޅިގެން މީގެ ކުރިން ބާއްވަމުން އައި ބޮޑެތި އަސްކަރީ ތަމްރީންތައް 2018 ވަނަ އަހަރު މެދުކަނޑައިލީ، އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް ޑިޕްލޮމެޓިކް ގޮތުން އޭރު ކުރަމުން އައި މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. ނަމަވެސް އޭގެ ފަހުން މި ހޭދަވީ ފަސް އަހަރުގެ ތެރޭގައި، އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަށް އެއްވެސް މަޑުޖެހުމެއް އައިސްފައި ނުވާތީ، އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ތަމްރީންތައް އަލުން ފެށުމަށް ނިންމީ އެވެ.

މާޗް 13، 2023؛ އެމެރިކާ ސިފައިންނާއި ދެކުނު ކޮރެއާ ސިފައިން ގުޅިގެން، ފްރީޑަމް ޝީލްޑްގެ ނަމުގައި މިއަދު ފެށި އަސްކަރީ ތަމްރީންތަކުގައި ދެކުނު ކޮރެއާގެ ޔެއޮންޗެއޮން ސަހަރުގައި އެމެރިކާ ސިފައިންގެ ބަޔަކު ހަރަކާތްތެރިވަނީ. --އޭއެފްޕީ

ހުސްވި 2022 ވަނަ އަހަރުގެ ތެރޭގައި އުތުރު ކޮރެއާ އިން ވަނީ ރެކޯޑް އަދަދަކަށް މިސައިލް އަޖުމަ ބަލައިފަ އެވެ. އޭގެ ތެރޭގައި ދުރު ރާސްތާގެ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލާއި ކުރު ރާސްތާގެ ކްރޫޒް މިސައިލްތައް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް މިސައިލްތައް ޖަޕާނުގެ މަތިން ވެސް ދަތުރުކޮށްފައިވެ އެވެ.

އުތުރު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި އިއްޔެ އަޖުމަބެލި ދެ ކްރޫޒް މިސައިލް ވެސް ވައިގެ ތެރޭގައި ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ދަތުރުކުރި އެވެ. ކޮރެއާގެ ކަނޑުގެ ސަރަހައްދުން ވައިގެ ތެރޭގައި އަށެއްގެ ބައްޓަމަށް ދަތުރުކުރުމަށް ފަހު، 1500 ކިލޯމީޓަރު ދުރުގައިވާ އޭގެ އަމާޒަށް ފުރިހަމަ އަށް ވާސިލުވި ކަމަށް ވެސް އުތުރު ކޮރެއާ އިން ބުންޏެވެ.