ޖަޕާނުގެ ސަރަހައްދާ ކައިރި ހިސާބަކަށް، އުތުރު ކޮރެއާ އިން މިއަދު ހެނދުނު ދެ ބެލިސްޓިކް މިސައިލް ފޮނުވާލައިފި އެވެ.
ޖަޕާނުގެ ސަރަހައްދާ ކައިރި ހިސާބަކަށް، އުތުރު ކޮރެއާ އިން މިއަދު ހެނދުނު ދެ ބެލިސްޓިކް މިސައިލް ފޮނުވާލައިފި އެވެ.
ދެކުނު ކޮރެއާ އާއި ޖަޕާނުން މިއަދު ބުނި ގޮތުގައި އުތުރު ކޮރެއާގެ ދެ ބެލިސްޓިކް މިސައިލް މިއަދު އުދުއްސައިލީ އެ ގައުމުގެ އިރުމަތީ ފަރާތު އައްސޭރިފަށުގައި އޮންނަ ޓޮންގްޗަންގް-ރީ ސަރަހައްދުންނެވެ. ދެ ވަނަ މިސައިލް ފޮނުވައިލީ ފުރަތަމަ މިސައިލް ފޮނުވައިލިތާ 50 މިނެޓް ފަހުންނެވެ.
ޖަޕާނުން ބުނި ގޮތުގައި އުތުރު ކޮރެއާ އިން މިއަދު އުދުއްސައިލި ކުރު ރާސްތާގެ ދެ ބެލިސްޓިކް މިސައިލް ވެސް 550 ކިލޯމީޓަރުގެ އުހަށް އެރި އެވެ. އަދި 250 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރި އެވެ. އަދި މި ދެ މިސައިލް ވެސް ވެއްޓުނީ ޖަޕާނުގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ބޭރަށް ކަނޑު ތެރެއަށް ކަމަށާއި، މި ދެ މިސައިލްގެ ސަބަބުން އެއްވެސް ގެއްލުން ނުލިބޭ ކަމަށް ޖަޕާނުން ބުންޏެވެ.
އުތުރު ކޮރެއާ އިން ދެ ބެލިސްޓިކް މިސައިލެއް މި އުދުއްސައިލީ، މިސައިލް ފޮނުވުމުގައި ބޭނުންކުރާ ބާރުގަދަ އިންޖީނެއް އެ ގައުމުން އަޖުމަބެލިތާ ތިން ދުވަސް ފަހުންނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި އިންޖީނަކީ، މިހާރު އުތުރު ކޮރެއާގެ މިސައިލްތަކުގައި ބޭނުންކުރާ އިންޖީނުތަކަށް ވުރެ ބާރު ގަދަ، އަދި އަވަހަށް މިސައިލް ފޮނުވައިލުމަށް ބޭނުންކުރެވޭނެ އިންޖީނެކެވެ.
މީގެ އިތުރުން މިދިޔަ މަސްތަކުގެ ތެރޭގައި އުތުރު ކޮރެއާ އިން ވަނީ، ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ދުރު ރާސްތާގެ މިސައިލްތަކެއް އަޖުމަ ބަލައިފަ އެވެ. އޭގެ ތެރޭގައި އެ ގައުމުން އަލަށް އުފެއްދި ބާރުގަދަ ބެލިސްޓިކް މިސައިލް ހްވާސޮންގް-17 މަރުކާގެ މިސައިލް ވެސް ހިމެނެ އެވެ.
އުތުރު ކޮރެއާގައި ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ހުރި މިންވަރު މުޅިން ސާފު ނުވިޔަސް، ނިއުކްލިއާ ހަތިޔަރު އުފުލުމުގެ ގާބިލުކަން ލިބިގެންވާ ގިނަ އަދަދެއްގެ މިސައިލް އުފައްދައި އެ ގައުމުން މިހާރު ވަނީ އަޖުމަ ބަލައިފަ އެވެ. އޭގެ ތެރޭގައި އުތުރު ކޮރެއާ އިން ފޮނުވާލައިގެން އެމެރިކާގެ ކޮންމެ ސަރަހައްދަކަށް ވެސް ހަމަލާ ދެވޭ ވަރުގެ ދުރު ރާސްތާ މިސައިލްތައް އުތުރު ކޮރެއާގައި މިހާރު އެބަ ހުއްޓެވެ.
އަސްކަރީ ގޮތުން އުތުރު ކޮރެއާ ހާސިލުކުރަމުންދާ ކާމިޔާބީތަކާ ގުޅިގެން، އެމެރިކާ އާއި ދެކުނު ކޮރެއާ އަދި ޖަޕާނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އުތުރު ކޮރެއާ އަށް ބިރު ދައްކައި އިންޒާރު ކުރުމުގެ ގޮތުން އެ ތިން ގައުމު ގުޅިގެން ދާދި ފަހުން ވަނީ އަސްކަރީ ފަރިތަކުރުންތަކެއް ވެސް ބާއްވައިފަ އެވެ.
އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރުގެ ތަމްރީންތަކެއް
ނިއުކްލިއާ ރައްދެއް ދިނުމުގެ ތަމްރީންތަކެއް ބާއްވައިފި
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލެއް ޖަޕާނުގެ މަތިން
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި
އުތުރު ކޮރެއާއިން އަނެއްކާ މިސައިލްތަކެއް އަޖުމަބަލައިފި
އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް އަޖުމަބަލައިފި
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
އުތުރު ކޮރެއާ އިން މިސައިލެއްގެ އަޖުމަބަލައިފި
އެއްވެސް ރަހުމެއް ނެތި ރައްދު ދޭނަން: އ. ކޮރެއާ
އުތުރު ކޮރެއާގެ މިސައިލްތަކުން ޖަޕާނު ތައްޔާރީ ހާލަތަށް