ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެ އިތުރުވިޔަ ނުދީ، އެއީ ފައިނަލް އަދަދު ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލިހަށް އިސްލާހެއް ފޮނުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެ އިތުރުވިޔަ ނުދީ، އެއީ ފައިނަލް އަދަދު ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލިހަށް އިސްލާހެއް ފޮނުއްވައިފި އެވެ.
މާމިގިލި ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް ގާނޫނުއަސާސީ އަށް ހުށަހަޅުއްވާ އިސްލާހުގައިވާ ގޮތުން މަޖިލިހުގެ މެމްބަރުންގެ އަދަދަކަށް ވާން ޖެހޭނީ 87 އެވެ. އެ އަދަދު އިތުރުވިޔަ ނުދިނުމަށްޓަކައި، ގާނޫނުއަސާސީގައި ބުނާ އިދާރީ ދާއިރާތަކުގެ ގޮތުގައި 87 އިންތިހާބީ ދާއިރާ ކަނޑައަޅައި، އެ އިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބު ކުރަން ވާނީ އެންމެ މެމްބަރަކު ކަމަށް އިސްލާހުގައި ވެ އެވެ.
އިސްލާހުގައި ގާސިމް ވިދާޅުވީ، އޮގަސްޓް 7، 2008 ގައި އަމަލުކުރަން ފެށި މިހާރުގެ ގާނޫނުއަސާސީގެ ފަހުން ރައްޔިތުންގެ މަޖިލިހުގެ ތިން އިންތިހާބެއް މިހާތަނަށް ބާއްވާފައިވާއިރު، ކޮންމެ ފަހަރަކު ވެސް މެމްބަރުންގެ އަަދަދު ދަނީ އިތުރުވަމުން ކަމަށެވެ. އެގޮތުން 2009 ގައި އިންތިހާބުކުރި 17 ވަނަ މަޖިލިހަށް 77 މެމްބަރުން 2014 ގައި 85 އަދި މިހާރު ކުރިއަށް ދާ 19 ވަނަ މަޖިލިހަށް 87 މެމްބަރުން އިންތިހާބުކުރި ކަމަށް ގާސިމް ވިދާޅުވި އެވެ.
އެކަމަކު ކުރިމަގަށް ބަލާއިރު، މެމްބަރުންގެ އަދަދު ހުއްޓުމެއް ނެތި އިތުރުވަމުން ދާ ނަމަ އެއީ ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލިހަށް މާ ގިނަ މެމްބަރުންނަށް ވާނެތީ އާއި އިގުތިސާދީ އަދި އެހެނިހެން ގޮތްގޮތުން ވެސް އެކަން ގޮންޖެހުމަކަށް ވާނެތީ އަދަދު ހިފަހައްޓަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާނޫނުއަސާސީގައި މިހާރު ބުނާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ.
ގާނޫނުއަސާސީގައި ހިމެނި 65 އަހަރުގެ ޝަރުތު ބާތިލް
ގާނޫނު ބަދަލުކޮށް މީހުން ވަކިކުރާކަށް ނޭދެން: ގާސިމް
މަޖިލިސް މިހާރު އޮތީ ހާމަކަން ބޮޑު ގޮތަކަށް: ގާސިމް
އިތުބާރުނެތްކަމުގެ މައްސަލާގައި ލަފައަށް އެދެން ފާސްނުވި
އިތުބާރުނެތްކަމުގެ މައްސަލާގައި ލަފާ ހޯދޭނީ ގަރާރަކުން
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި
މެމްބަރުން ވަކިވިޔަސް ވޯޓު ގުނާ ގޮތަށް ބަދަލެއް ނާދޭ
މުހިއްމު ބިލްތަކަށް ވޯޓަށް ނާހައި މެމްބަރުން ޗުއްޓީއަށް
މެންބަރުން އިތުރުނުކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްފި
މަޖިލީހުގެ ތިންވަނަ ދައުރު ދެވަނަ ފަހަރަށް ދަންމާލައިފި