24 އޯގަސްޓް 2022
ބާސެލޯނާ (އޯގަސްޓް 24) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިޔުނިކާ ދެކޮޅަށް ވާދަކުރަން ޖެހިދާނެތީ، ފްރެންކީ ޑި ޔޯން ލޯން އުސޫލުން އެ ކްލަބަށް ނުފޮނުވަން ބާސެލޯނާ އިން ނިންމައިފި އެވެ.
ބާސެލޯނާ (އޯގަސްޓް 24) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިޔުނިކާ ދެކޮޅަށް ވާދަކުރަން ޖެހިދާނެތީ، ފްރެންކީ ޑި ޔޯން ލޯން އުސޫލުން އެ ކްލަބަށް ނުފޮނުވަން ބާސެލޯނާ އިން ނިންމައިފި އެވެ.
ބާސާގެ މާލީ ހާލަތު ހުރި ގޮތުން ޑި ޔޯން އަށް ބޮޑު މުސާރައެއް ދޭން އެ ކްލަބަށް ވަނީ ދަތިތަކާ ކުރިމަތި ވެފަ އެވެ. ހަރަދުތައް ކުޑަ ކުރުމަށް ލޯން އުސޫލުން ޑި ޔޯން، ބަޔާން އަށް ފޮނުވަން ދެ ކްލަބްގެ ދެމެދުގައި އެއްބަސްވި ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.
ސެވިއިްޔާއިން ގެނައި ޑިފެންޑަރު ޔޫލްސް ކޫންޑޭ ރަޖިސްޓްރީ ކުރުމުގައި ހުރަސްތައް ބާސާ އަށް ކުރިމަތި ވާތީ އެ ކްލަބްގެ މުސާރައިގެ ބިލް ކުޑަ ކުރަން އޮތީ ޖެހިފަ އެވެ.
ނަމަވެސް ބާސާއިން މިހާރު ނިންމާފައި ވަނީ ޑި ޔޯންގް، 25، ބަޔާން އަށް ދޫނުކުރުމަށެވެ. ބަޔާން އާއެކު އޭރު އެއްބަސްވީ ލޯން އުސޫލަށް މި ސީޒަންގައި ދިނުމަށް ފަހު އެ ކްލަބް ބޭނުންނަމަ ޓްރާންސްފާ ފީއެއް ބާސާ އަށް ދެއްކުމަށް ފަހު ދާއިމީކޮށް އެ ކްލަބްގައި ބެހެއްޓުމަށެވެ.
ޑި ޔޯންގް ގަންނަން މެންޗެސްޓާ ޔުނައިޓެޑުން ވެސް މަސައްކަތް ކުރި އެވެ. އެކަމަކު ބާސާއިން އޭނާ އެ ކްލަބަށް ވިއްކާލަން އެއްބަހެއް ނުވި އެވެ. ޑި ޔޯން ނުލިބުމުން ޔުނައިޓެޑުން ވަނީ ރެއާލް މެޑްރިޑަށް ކުޅެމުން ދިޔަ ކާލޯސް ކަސެމީރޯ ސޮއި ކުރުވައިފަ އެވެ.
ބާސާގެ ކުރީގެ ރައީސް ޖޯސެފް ބާޓެމެއުގެ ދައުރުގައި ބާސާ އަށް ސޮއި ކުރުވި ޑި ޔޯން އާއެކު އޭރު ބާސާއިން ހެދި އެއްބަސްވުމުގައި ބުނާ ގޮތުން މުސާރައިގެ ގޮތުންގައި މިއަހަރު އޭނާ އަށް 18.4 މިލިއަން ޑޮލަރު ދޭން ޖެހޭނެ އެވެ.
އެކަމަކު ބާސާގެ މިހާރުގެ ހަލަތު އޮތް ގޮތުން އެ ކްލަބަށް އެވަރުގެ މުސާރައެއް ދެވޭކަށް ނެތެވެ. ޑި ޔޯންގެ މުސާރަ ދަށް ކުރުމާ ބެހޭގޮތުން އެ ކްލަބްގެ ބޯޑުން މިހަފުތާގައި އޭނާ އާ ބައްދަލު ކުރާނެ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ބެޔާން އަތުން މޮޅުވިޔަސް ބާސާއަކީ ފޭވަރިޓެއް ނޫން: ފްލިކް
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ބާސާ އާއި ޔުނައިޓެޑް: ދެ ކޯޗުން ތައުރީފު އޮއްސާލައިފި
ބާސާ އާއި އެތުލެޓިކޯ ވެސް ޗެމްޕިއަންސް ލީގުން ކަޓައިފި
ލެވަންޑޯސްކީއާ އެކު ވެސް ބެޔާން އަތުން ބާސާ ބަލިވެއްޖެ
ލެވޮންޑޮސްކީގެ ހެޓްރިކުން ބާސެލޯނާ އަށް ބޮޑު މޮޅެއް
މިފަހަރު ވެސް ބެޔާން އާއި ބާސާ އެއް ގުރޫޕެއްގައި
ބަޔާނުން އަހަންނާ ބެހޭގޮތުން ހެދީ ދޮގު: ލެވަންޑޯސްކީ
ލެވަންޑޯސްކީ ހޯދައި ޑިޔޯން ގޮވައިގެން ބާސާ އެމެރިކާގައި
ޑި ޔޮންގެ ޓްރާންސްފާގައި ބާސާގެ ރައްދެއް ޔުނައިޓެޑަށް