މީގެ ދޮޅު އަހަރުކުރިން ސަސްޕެންޑްކުރި ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް، މަގާމުން ވަކިކޮށްފި އެވެ.
24 އޯގަސްޓް 2022
މީގެ ދޮޅު އަހަރުކުރިން ސަސްޕެންޑްކުރި ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް، މަގާމުން ވަކިކޮށްފި އެވެ.
މަޖިލިސް އިދާރާގެ އޮނިގަނޑު ރާވާފައިވާ ގޮތުން ސާޖެންޓް އެޓް އާމްސްއަކީ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެވަނައަށް އެންމެ އިސްވެރިޔާ އެވެ.
ސާޖެންޓް އެޓް އާމްސްގެ މަގާމު އޮކްޓޫބަރު 31، 2013 ގައި އުފެއްދީއްސުރެ މިއަދާ ހަމައަށް ވެސް އެ މަގާމުގައި ހުންނެވީ ހަލީމެވެ. އެކަމަކު އޭނާގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ، މަޖިލީހުން އޭނާ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 26 ގަ އެވެ. އޭނާ ސަސްޕެންޑްކުރި ސަބަބު މަޖިލީހުން ހާމައެއް ނުކުރެ އެވެ.
މަޖިލީހުގެ އާންމު ކޮމިޓީން ސިއްރުކޮށް ކުރިއަށް ގެންދިޔަ އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހަލީމް ވަކިކުރަން ނިންމާފައި ވަނީ 25 މެމްބަރުންގެ ވޯޓުންނެވެ.
ހަލީމަކީ މަޖިލިސް އިދާރާގައި މަސައްކަތްކުރައްވަން ފެއްޓެވުމުގެ ކުރިން އެމްއެންޑީއެފްގައި ވަރަށް ޒަމާންވަންދެން ހިދުމަތްކުރެއްވި ބޭފުޅެކެވެ.
ނިއުޝާ، ފިލްޒާ އަދި ތޮލްހަތުގެ ދައުރު ދަންމާލައިފި
ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތޮލްހަތު
ހަލީމް ވަކިކުރީ މަޖިލިސް ބަގްކުރަން އުޅުނު މައްސަލާގައި
މަޖިލީހުގެ ސެކިއުރިޓީންނަށް 5.2 މިލިއަން ރުފިޔާ!
ސުޕްރީމްކޯޓުގެ ބެންޗް ކުޑަކުރާ ބިލު އަނބުރާ މަޖިލީހަށް
ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރަން ހުށަހަޅައިފި
ކައުންސިލްތަކުގެ ރަށްތައް ޓޫރިޒަމަށް ދޭ ގޮތަށް ބަދަލެއް
ސީއެސްސީ ނައިބު ރައީސް އިބްރާހިމް ރަޝީދު ވަކިކުރަނީ
ގާނޫނާ ހިލާފަށް ފޮރިންއަށް މުވައްޒަފުން ނެގުން ނުހުއްޓޭ
އިޒްރޭލް ޕާސްޕޯޓު ނިންމުން ޖުލައިގެ ނިޔަލަށް ފަސްކޮށްފި