މިސްކިތުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން އަންގާފައިނުވާނެ ކަމަށާއި އެކަމަކު ޖަހުރިއްޔަ ނުވަތަަ އަޑުހަރުކޮށް ކިޔަވާ ނަމާދުތައް ކުރާއިރު ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑުކުރަން އިރުޝާދު ދީފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.
25 އޯގަސްޓް 2022
މިސްކިތުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން އަންގާފައިނުވާނެ ކަމަށާއި އެކަމަކު ޖަހުރިއްޔަ ނުވަތަަ އަޑުހަރުކޮށް ކިޔަވާ ނަމާދުތައް ކުރާއިރު ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑުކުރަން އިރުޝާދު ދީފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ނަމާދުކުރާ އަޑު ލައުޑް ސްޕީކަރުން ބޭރަށް ނީވޭގޮތް ހަދަން ބައެއް މިސްކިތްތަކަށް އެންގި ކަމަށް ބުނެ މީޑިއާ ތަކުގައި ލިޔެފައިވާ ހަބަރު ދޮގުކޮށް މިނިސްޓްރީން ބުނީ މިސްކިތުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން މިނިސްޓްރީން އެއްވެސް ފަރާތަކަށް އަންގާފައިނުވާނެ ކަމަށެވެ.
ނަމަވެސް ބައެއް މީޑިއާތަކުގައި އެ ހަބަރު ގެނެސްފައިވަނީ އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހުއާ ހަވާލަދީ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަންގި ގޮވުމަށް ފަހު ލައުޑް ސްޕީކަރު ނިއްވާލަން މާލޭގެ ބައެއް މިސްކިތްތަކުގެ އިމާމުންނަށް އެންގީ ލައުޑް ސްޕީކަރު ޖައްސައިގެން ނަމާދުކުރާތީ އެ މިސްކިތްތަކާ ކައިރީގައި ދިރިއުޅޭ އާންމުންގެ ޝަކުވާ ލިބެމުން ދާތީ ކަމަށެވެ.
އެކަމާ ގުޅިގެން މިނިސްޓްރީއަށް ދަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންނެވެ.
އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތަށް ހެދުމަކީ އިސްލާމިކް މިނިސްޓްރީގެ އެއްވެސް އިރެއްގެ ވިސްނުމެއް ނޫން ކަމަށެވެ. ކުރިއްސުރެ އަމަލުކުރަމުން އަންނަ އުސޫލުން މިހާރު ވެސް މިސްކިތްތަކުގައި ހުންނާނީ ނަމާދުކުރާ އަޑު ބޭރަށް އިވޭ ގޮތަށް ކަމަށް ބަޔާނުގައި ބުންޏެވެ.
އެކަމަކު، އަޑު ބާރުކަމަށް ބުނެ ލިބުނު ޝަކުވާތަކަކާ ގުޅިގެން ބެލި ބެލުމުން ފަސް މިސްކިތެއްގައި ޖަހުރިއްޔަ ނަމާދުތަކުގައި ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑުކުރުމަކީ ދީނީ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށް ފެންނާތީ އެ ނަމާދުތައް ކުރާއިރު ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑުކުރުމަށް އެ މިސްކިތްތަކުގެ އިމާމުންނަށް އިރުޝާދު ދީފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ނަމަވެސް މިސްކިތްތަކުގެ އަޑުމަޑުކުރުމާ ގުޅޭ ސާކިއުލާއެއް އަދި ލިޔުމެއް އެއްވެސް ފަރާތަކަށް ފޮނުވާފައިނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
"މިގޮތުން ބައެއް މިސްކިތްތަކަކީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަކަށް ވެފައި އެއް މިސްކިތުން އަނެއް މިސްކިތަށް ނަމާދުކުރާ އަޑު ބާރަށް އިވި، ނަމާދުކުރާއިރު ދަތިވާކަމަށް ވަނީ ފާހަގަކުރެވިފަ އެވެ. އަދި ހަމައެހެންމެ، މިސްކިތް ހުންނަ ސަރަހައްދުގެ ގޮތުން ތުއްތު ކުދިން ތިބޭ ކައިރި ގޭގެއިން ދަތިވާތަކަށް ވަނީ ފާހަގަކުރެވިފަ އެވެ،" ބަޔާނުގައި ބުންޏެވެ.
އިމާމުވެ ތަރާވީހް ނަމާދުކުރާނެ ދިވެހިން ހޯދަނީ
12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން
މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި އީދު ނަމާދުކުރާނެ
މާލޭގައި ދަމު ނަމާދުކުރާނީ 32 މިސްކިތެއްގައި
ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތް ހަދަން އަންގައިފި
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
މާލޭގައި ގައިދުރުކޮށް ނަމާދުކުރުން ހުއްޓާލައިފި
ކުޑަކުދިން އިމާމުވެ ނަމާދުކުރުމަކީ މައްސަލައެއް ނޫން
ކުޑަކުދިން އިމާމުވެ ނަމާދު ނުކުރަން އަންގައިފި
"ޖަމާއަތުގައި ނަމާދުކުރަން ދެ ދުވަސްތެރޭ ފެށޭވަރުވާނެ"