Roadha Mihaaru

ކުޑަކުދިން ލައްވައި އިމާމުވެ ޖަމާއަތުގައި ނަމާދު ނުކުރުވަން މިނިސްޓްރީން އަންގައިފި

މިސްކިތްތަކުގައި ކުޑަކުދިން ލައްވައި އިމާމުވެ ޖަމާއަތުގައި ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

ކުޑަކުދިން އިމާމުވެ ނަމާދު ނުކުރަން އަންގައިފި
މަރިޔަމް ޝަހުދާ
މަރިޔަމް ޝަހުދާ

28 ޖުލައި 2021

މިސްކިތްތަކުގައި ކުޑަކުދިން ލައްވައި އިމާމުވެ ޖަމާއަތުގައި ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ "މިހާރު" އަށް ވިދާޅުވީ ހުޅުމާލޭ ސަހަރާގެ މިސްކިތުގައި ކުޑަކުދިންތަކެއް އިމާމުވެ ޖަމާއަތުގައި ނަމާދުކުރި މައްސަލައެއް ވަރަށް ފަހުން ވެސް ފެންމަތިވި ކަމަށާއި އެ މައްސަލަ މިނިސްޓްރީން މިހާރު ބަލަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، އިމާމުންނާ މިސްކިތްތައް ހަވާލު ކުރަނީ ބަންގި ގޮވުމާއި ނަމާދު ކުރުމަކީ އެ އިމާމަކު ކުރަންޖެހޭ ކަމެއް ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެހެންވެ، ބަންގި ގޮވުން އަދި އިމާމުވެ މިސްކިތުގައި ނަމާދު ކުރުމަކީ އިމާމު މީހާ ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިސްކިތްތަކުގައި ކުޑަކުދިން ލައްވައި އިމާމުވެ، ނަމާދު ނުކުރުރުވުމަށް އަންގައި ސާކިއުލާއެއް ފޮނުވަން ނިންމާފައިވާ ކަމަށާއި އަންނަ އާދިއްތަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވުމުން އެ ސާކިއުލާ ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.