Roadha Mihaaru
މައުރީންގެ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑު ތަޅާލައިފި

މައުރީންގެ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑު ތަޅާލައިފި

01 ސެޕްޓެމްބަރ 2022

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަނބިކަނބަލުން އައިމިނަތު މައުރީން ހުޅުމާލޭގައި ހިންގާ ރެސްޓޯރަންޓަށް ގެއްލުން ދީފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަނބިކަނބަލުން އައިމިނަތު މައުރީން ހުޅުމާލޭގައި ހިންގާ ރެސްޓޯރަންޓަށް ގެއްލުން ދީފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ރެސްޓޯރަންޓެއްގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލައެއް ރޭ 12:30 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުގެ ކޯ-ހޯސްޓެއްގެ ގޮތުގައި މަޝްހޫރުވި މައުރީންގެ ރެސްޓޯރަންޓް "މިނޫޝިއޭ" ހުންނަނީ ހުޅުމާލޭ ބޮޑު މަގު ކަމަށްވާ، ނިރޮޅުމަގުގައި ސިނަމާލޭ ބްރިޖާ ވީ ކޮޅުގަ އެވެ.

ރެސްޓޯރަންޓުގެ ބޭރުގައި ހަރުކޮށްފައިވާ ކެމެރާގެ ފުޓޭޖު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ހެލްމެޓެއް އަޅައިގެން ހުރި މީހަކު މަޑުމަޑުން ހިނގާފައި ރެސްޓޯރަންޓުގެ ކުރިމައްޗަށް އަރަ އެވެ. އަދި ބިއްލޫރިގަނޑާ ދިމާލަށް އެއްޗެއް އެއްލައި ބިއްލޫރިގަނޑު ތަޅައިލުމަށް ފަހު ދުއްވައިގަނެ އެވެ.

މިއީ ކޮން ކަމަކާ ގުޅިގެން ހިންގި އަމަލެއް ކަމެއް ނޭނގެ އެވެ.