ހުޅުމާލޭގައި ގެއަކުން ކަރޯކޭ ސިސްޓަމަކާއި އިތުރު އެއްޗެހި ވަގަށް ނެގި ދެ މީހަކު ހޯދަން ފުލުހުން މިއަދު ވީޑިއޯއެއް އާންމުކޮށްފި އެވެ.
15 މެއި 2025
ހުޅުމާލޭގައި ގެއަކުން ކަރޯކޭ ސިސްޓަމަކާއި އިތުރު އެއްޗެހި ވަގަށް ނެގި ދެ މީހަކު ހޯދަން ފުލުހުން މިއަދު ވީޑިއޯއެއް އާންމުކޮށްފި އެވެ.
ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ ދެ މީހުން ވައްކަންކުރީ ހުޅުމާލެ 2 ގައި ހުންނަ އެމްޕީއެލްގެ ޓަވަރުގެ އެޕާޓްމަންޓަކުން ކަމަށެވެ.
އެ ދެ މީހުންނަކީ ހުޅުމާލެ 2 ގެ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ މި މައްސަލައާ ގުޅިގެން ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ ބައެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން "މިހާރު" އަށް ބުނި ގޮތުގައި، އެ ގެއިން ވަގަށް ގެންދިޔައީ ކަރޯކޭ ސިސްޓަމަކާއި ފޯނަކާއި ގަހަނާތަކެކެވެ.
ވައްކަމުގެ މައްސަލައެއްގައި ދެ މީހަކު ހޯދަނީ
— Maldives Police (@PoliceMv) May 15, 2025
ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހުޅުމާލެ ފޭސް 2 ޕޮލިސްގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެންhttps://t.co/iJS2IUawf6 pic.twitter.com/5lDpRa20I0
ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ހުޅުމާލެ 2 ގެ ޕޮލިސްގެ ނަންބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.
މިފަދަ މީހުން ހޯދުމުގައި އާންމުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުން ފާހަގަކޮށް، ޝުކުރު އަދާކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، ބޮލުގައި ތޮތްޕެއް އަޅައިގެން ހުރި މީހަކާއި ބޮލުގައި ހެލްމެޓެއް އަޅައިގެން ހުރި މީހަކު އެޕާޓްމަންޓަށް ވަދެ އެވެ. އަދި އެތަނުން އެކަކު އެ އެޕާޓްމަންޓުގެ ތެރެއިން ކަރޯކޭ ސެޓެއް ހިފައިގެން ނުކުމެ، ދެ މީހުން އެކުގައި ފިލަން ދުވާތަން ފެނެ އެވެ. ދެން ހުރި މީހާ ދުއްވައިގަންނަނީ އޭނާގެ ފައިވާން އަތަށް ނަގައިގެންނެވެ.
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
އެޗްޑީސީން ފަސް ލެޕްޓޮޕެއް ގެއްލިއްޖެ!
އޮޅުވާލައިގެން މިލިއަނެއްހާ ރުފިޔާގެ މުދާ ނަގައިފި
ހުޅުމާލޭގައި ފޭރުނު މީހުންނާއި ފައިސާ ވެސް ނުހޯދޭ
ހުޅުމާލޭގައި ބޮޑު ފޭރުމެއް
ހުޅުމާލެއިން އަނެއްކާވެސް ފައިސާތަކެއް ފޭރިގެންފި
ހުޅުމާލޭގައި ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި
މޯލްޑިވްގޭސްގެ ފައިސާތަކެއް ހުޅުމާލޭން ފޭރިގެންފި
އެންސިސްގެ ފޭރުމާ ގުޅިގެން އަންހެނަކު ހައްޔަރުކޮށްފި
ފައިސާތައް ފޭރުނު މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި