Roadha Mihaaru
ވެމްކޯގެ އެމްޑީއަކަށް ސިރާޖު އައްޔަންކޮށްފި

ވެމްކޯގެ އެމްޑީއަކަށް ސިރާޖު އައްޔަންކޮށްފި

01 ސެޕްޓެމްބަރ 2022

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޔޫސުފް ސިރާޖު މިއަދު އައްޔަންކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޔޫސުފް ސިރާޖު މިއަދު އައްޔަންކޮށްފި އެވެ.

ކުނި މެނޭޖްކުރުމަށް އުފައްދާފައިވާ ކުންފުނީގެ އިސްވެރިޔަކަށް އެންމެ ފަހުން ހުންނެވީ އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު، އާދަމް މުހައްމަދެވެ.

އެކަމަކު، ޕޯސްޓް ކުންފުނީގެ އެމްޑީއަކަށް މިދިޔަ މާޗު މަހު އޭނާ ބަދަލުކުރުމުން، އޭރުން ފެށިގެން ފެށިގެން ވެމްކޯ ބެލެހެއްޓުމުގައި އިސްކޮށް ހުންނެވީ ހއ. ދިއްދޫ، ހަޒާރުމާގެ، ސިރާޖެވެ. އެ ކުންފުނީގެ އެމްޑީއަކަށް ސިރާޖު ހަމަޖައްސަން ޕްރައިވެޓައިޒޭޝަން ބޯޑުން ނިންމީ މިއަދު އެވެ.

ތައުލީމީ ދާއިރާގައި މީގެ ކުރިން މަސައްކަތްކުރެއްވި ސިރާޖު ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ ނޮވެމްބަރު، 2019 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ ހއ. އަތޮޅު ކައުންސިލްގެ ފުރަތަމަ ރައީސްކަން ވެސް ކުރައްވައިފަ އެވެ.

ސިރާޖު ވަނީ ކޮމާސް އިން ފުރަތަމަ ޑިގްރީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.