Roadha Mihaaru

ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް އާދަމް މުހައްމަދު

ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ދާދި ފަހަކާ ޖެހެންދެން ހުންނެވި އާދަމް މުހައްމަދު، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް ޕީސީބީން ހަމަޖައްސައިފި އެވެ.

ޕޯސްޓް ލިމިޓެޑްގެ އެމްޑީއަކަށް އާދަމް މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

14 މާޗް 2022

ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ދާދި ފަހަކާ ޖެހެންދެން ހުންނެވި އާދަމް މުހައްމަދު، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް ޕީސީބީން ހަމަޖައްސައިފި އެވެ.

މި ބަދަލު ގެނައުމާއެކު، ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި އަހުމަދު ޝަފީގް ވަނީ އެ ކުންފުނީގެ ބޯޑު މެމްބަރަކަށް ބަދަލުކުރައްވައިފަ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު އާދަމް މުހައްމަދު ވެމްކޯ އިން ވަކިކޮށް، ޕޯސްޓް ލިމިޓެޑަށް ބަދަލުކުރިއިރު، ވެމްކޯ ހިންގަން އަދި ބޭފުޅަކާ ހަވާލެއް ނުކުރެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުޣުނީ، އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ ހަފުތާގައި ވަނީ ބަދަލުކޮށްފަ އެވެ. އެ ބަދަލާއެކު، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަކަށް ހަމަޖެއްސީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފެވެ.

ޝަރީފު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.