Roadha Mihaaru
ފުރަތަމަ ޕާސްޕޯޓް ލިބުނު ހުސެން މަނިކު އަވަހާރަވެއްޖެ

މިނިވަން ދިވެހިރާއްޖޭގެ ފުރަތަމަ ޕާސްޕޯޓް ލިބިވަޑައިގަތް ހުސެން މަނިކު އަވަހާރަވެއްޖެ

05 ސެޕްޓެމްބަރ 2022

ޖުލައި 1965 ގައި ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން ފުރަތަމަ ދިވެހި ޕާސްޕޯޓް ހެއްދުމުގެ ޝަރަފް ލިބިވަޑައިގެންނެވި، ދިޔަމިގިލީގެ ކުރީގެ ބޮޑުކަތީބު ހުސައިން ހަސަން މަނިކު މިއަދު އަވަހާރަވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޖުލައި 1965 ގައި ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން ފުރަތަމަ ދިވެހި ޕާސްޕޯޓް ހެއްދުމުގެ ޝަރަފް ލިބިވަޑައިގެންނެވި، ދިޔަމިގިލީގެ ކުރީގެ ބޮޑުކަތީބު ހުސައިން ހަސަން މަނިކު މިއަދު އަވަހާރަވެއްޖެ އެވެ.

ރާއްޖެ މިނިވަންވިތާ ހަތަރު މަސް ފަހުން، ފުރަތަމަ ޕާސްޕޯޓް ދޫކޮށްފައި ވަނީ ޑިސެމްބަރު 12، 1965 ގަ އެވެ. އެއީ ދިޔަމިގިލީ ބޮޑުކަތީބު ކަމުގެ އިތުރުން އެރަށު ސްކޫލްގެ ނާޒިރުކަން ވެސް ކުރިން ކުރެއްވި، ދިޔަމިގިލީ ވައިޖެހޭގެ ހުސައިން ހަސަން މަނިކަށެވެ.

ހުސައިން މަނިކު އަވަހާރަވީ އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު އެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ހުސައިން މަނިކު، 81، ހާލު ބޮޑުވެގެން ހެލްތު ސެންޓަރުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ ފަރުވާ ދޭން ފެށީ ރޭ ދަންވަރު އެވެ.

ހުސައިން މަނިކުގެ ޕާސްޕޯޓް

ހުސައިން މަނިކުގެ ޕާސްޕޯޓް

ކަރަންކާ އިބްރާހިމް ރަޝީދާ ގާތް ގުޅުމެއް ބޭއްވި ހުސައިން މަނިކު، ފުރަތަމަ ޕާސްޕޯޓް ހެއްދެވީ ލަންކާގެ ކޮލަމްބޯގެ ސޯސަންވިލާގައި މަސައްކަތް ކުރެއްވުމަށް އެ ގައުމަށް ވަޑައިގަތުމަށް ކަމަށް "އަވަސް" އޮންލައިން އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ހުސައިން ވިދާޅުވެފައިވެ އެވެ.

ހުސައިން މަނިކުގެ ޕާސްޕޯޓް

ހުސައިން މަނިކުގެ ޕާސްޕޯޓް

"އެއް ދުވަހަކު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ ހުސައިންއޭ ކޮޅުނބަށް ދާން ކެރިދާނެހޭ، އަޅުގަނޑު އާނއެކޭ ދެންނެވުމުން ވިދާޅުވެއްޖެ މާދަމާ ދާށޭ ނެދުންގެއަށް ޕާސްޕޯޓްގައި ޖަހަން ފޮޓޯއެއް ނަންގަން،" 50 އަހަރު ކުރީގެ ހަދާންތަކާ ބެހޭގޮތުން ހުސައިން މަނިކު ކިޔައިދެއްވާފައިވެ އެވެ.

ހުސައިން މަނިކަށް ހެއްދި ޕާސްޕޯޓް ނަންބަރަކީ އޭ-0001 އެވެ. އެ ޕާސްޕޯޓްގައި ލަންކާ އަށް އޭނާ ވަޑައިގަތީ އޭރު ބޭރު ދަތުރުކުރަން ގެންގުޅުނު "އަދަރަންފަރު" ބޯޓުގަ އެވެ.

ހުސައިން މަނިކުގެ ޕާސްޕޯޓް

ހުސައިން މަނިކުގެ ޕާސްޕޯޓް

ރާއްޖެ މިނިވަން ވުމުގެ އެއް އަހަރު ކުރިން ވެސް ޕާސްޕޯޓް ހައްދަވާފައިވެ އެވެ. މިނިވަންވުމުގެ ކުރިން އެންމެ ފުރަތަމަ ޕާސްޕޯޓް ލިބިވަޑައިގެންނެވި ބޭފުޅަކީ ނ.ތ ހަސަން ދީދީ އެވެ.

ހަސަން ދީދީ އަށް ޕާސްޕޯޓް ލިބިވަޑައިގަތީ، އޭޕްރީލް 12، 1964 ގަ އެވެ. މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗާގެ ރިސާޗް އެނަލިސްޓް އަލާ ދީދީ ވިދާޅުވި ގޮތުގައި އޭގެ ކުރިން ރާއްޖެއިން ބޭރަށް ދާން ބޭނުންވާ މީހުންނަށް އިނގިރޭސި ސަރުކާރުގެ ޕާސްޕޯޓް ދޫކޮށްފައިވެ އެވެ.