Roadha Mihaaru
"ރައްޓެއްސެއްގެ ބައްޕަ ސަލާމަތްކުރަން" އުމުރަށް ޖަލަށް

"ރަހުމަތްތެރިއެއްގެ ބައްޕަ ސަލާމަތްކުރަން" އުޅުނު މީހަކު އުމުރަށް ޖަލަށް

05 ސެޕްޓެމްބަރ 2022

ރަހުމަތްތެރިއެއްގެ ބައްޕަ ސަލާމަތްކުރަން ކަމަށް ބުނެ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއަށް އިއުތިރާފްވި މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރަހުމަތްތެރިއެއްގެ ބައްޕަ ސަލާމަތްކުރަން ކަމަށް ބުނެ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއަށް އިއުތިރާފްވި މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަޒުވަދު މުހައްމަދު ނަމަކަށް ކިޔާ އެ މީހާގެ މައްޗަށް އެ ހުކުމް އައީ ޑިސެމްބަރު، 2019 ގައި މާލެއިން ފުރަން އުޅުނު ލޯންޗެއްގައި ހުރި އެހެން މީހެއްގެ އަތުން 19 ގްރާމްގެ މަސްތުވާތަކެތި ފެނުނު މައްސަލާގަ އެވެ. އެތަކެއްޗަކީ އަޖުވަދުގެ މަސްތުވާތަކެތި ކަމަށް ބުނެ ތަހުގީގުގައި އޭނާ އެއްބަސްވި އެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލުމުން އިބްތިދާއީ މަރުހަލާގައި އޭނާ އެންމެ ފުރަތަމަ އެ ދައުވާއަށް އިންކާރުކުރި އެވެ. އަދި ތަހުގީގުގައި އިއުތިރާފްވީ ރަހުމަތްތެރިއެއްގެ ބައްޕަ ސަލާމަތްކޮށް ދިނުމުގެ ގޮތުން ކަމަށާއި އަދި އެ މަސްތުވާތަކެއްޗާ ގުޅުމެއް ނޯންނާނެ ކަމަށް އޭނާ ކޯޓުގައި ބުންޏެވެ.

އެކަމަކު ޝަރީއަތުގެ މަރުހަލާ ފެށުމުން އޭނާ އަނެއްކާވެސް ކުށަށް އިއުތިރާފްވި އެވެ. އޭނާގެ އިއުތިރާފުން އެ ކުށް ސާބިތުވާތީ އޭނާ އުމުރަށް ޖަލަށްލުމާ އެކު، ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ހުކުމްކުރީ ކަމަށް ގާޒީ ހަސަން ސައީދު އިއްވެވި އެ ހުކުމުގައިވެ އެވެ.

ޖޫރިމަނާ ފައިސާ އެއް އަހަރު ތެރޭގައި ދައްކަން ވެސް ހުކުމުގައި އަންގާފައިވެ އެވެ.