11 ސެޕްޓެމްބަރ 2022
އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރޭ އުޒްބެކިސްތާން އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ރާއްޖޭގެ ޒުވާން ފިރިހެން ޓީމު ބަލިވެއްޖެ އެވެ.
އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރޭ އުޒްބެކިސްތާން އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ރާއްޖޭގެ ޒުވާން ފިރިހެން ޓީމު ބަލިވެއްޖެ އެވެ.
ދެރަ ނަތީޖާއެއް ލިބުނު ރާއްޖޭގެ އަނެއް ޓީމަކީ، މިހާރު ނޭޕާލްގައި ކުރިއަށްދާ އަންހެން ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ސީނިއާ އަންހެން ޓީމެވެ. އެ މުބާރާތުގައި އިއްޔެ އިންޑިއާ އަތުން ރާއްޖޭގެ ޓީމު ބަލިވީ 9-0 ންނެވެ.
ސައުދީ އަރަބިއާގައި ކުރިއަށްދާ 20 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ރޭ ދައްމާމްގައި ކުޅުނު މެޗުގައި އުޒްބެކިސްތާންގެ މުހައްމަދު އަލީ އުސްމަނޯވް ހެޓްރިކް ހެދި އެވެ. އަދި އެ ޓީމުގެ ސާހްޒޯދްބެކް ރަހުމަތުﷲ ޔޭވް ދެ ލަނޑު ޖެހި އެވެ. އަނެއް ދެ ލަނޑު ޖެހީ ރިއާން އިސްލާމޯވް އާއި އައްސަދުބެކް ޖޮރާބޯޔޭވް އެވެ.
އަންހެން ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން ބަލިވެ ރާއްޖެ އަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ބަންދުވެފަ އެވެ. އަދި އެ ގުރޫޕުން އިންޑިއާ އާއި ބަންގްލަދޭޝް ވަނީ އަނެއް ބުރަށް ދަތުރުކޮށްފަ އެވެ.
ރާއްޖެ އާ ދެކޮޅަށް އިއްޔެ އިންޑިއާ ކުޅުނު މެޗުގައި އަންޖޫ ޓަމަންގް ހަތަރު ލަނޑު ޖަހައިފަ އެވެ. އަދި ގްރޭސް ޖަންގްމޭ ދެ ލަނޑު ޖެހި އެވެ. އަނެއް ތިން ލަނޑު ޖެހީ ޕްރިޔަންކާ ދޭވީ އާއި ސޯމިޔާ އަދި ކަޝްމިނާ އެވެ.
ވަނީ އިއްޔެ ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗު ބަންގްލަދޭޝް ކާމިޔާބު ކުރީ 6-0 ންނެވެ.
ލަންކާގައި ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ދެ މެޗުން ވެސް ރާއްޖެ ވަނީ ބަލި ވެފަ އެވެ.
އަންހެން ފުޓްބޯޅަ އަށް އިހުމާލުވެއްޖެ: މާޔަން
އަންހެން މުބާރާތެއް ނެތް، އެކަމަކު ޓީމާ މެދު އުއްމީދު
ޕާކިސްތާނުން ރާއްޖެ ބަލިކޮށްފި، ބަންގްލަދޭޝަށް އެއްވަނަ
ބަންގްލަދޭޝް އަތުން ރާއްޖޭގެ ދެ ޓީމު ވެސް ބަލިވެއްޖެ
އިންޓަނޭޝަނަލް ސްޓޭޖުގައި ފުޓްބޯޅަ އަށް ބުރަ މަހެއް
ވިމެންސް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބައިވެރިނުވާނެ
ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
އިންޑިއާގެ ހޯމް މިނިސްޓަރަށް ކެނެޑާއިން ބޮޑު ތުހުމަތެއް
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ
އިންޑިއާއިން 1.6 ބިލިއަން ރުފިޔާގެ ހިލޭ އެހީ