11 ސެޕްޓެމްބަރ 2022
ގާބިލް ޓީޗަރުންނާއި ޕްރިންސިޕަލުން ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް ފަހު، ދެން އެންމެ އަވަހަށް ބޮޑުވާނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ގާބިލް ޓީޗަރުންނާއި ޕްރިންސިޕަލުން ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް ފަހު، ދެން އެންމެ އަވަހަށް ބޮޑުވާނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި ކުރިއަށްގެންދާ "ވިއަވަތި" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާ އަށް ގެނައި އިންގިލާބީ ހެޔޮ ބަދަލަކީ ކޮންމެހެން ކުރަންޖެހޭ، އެކަމަކު ނުވެ އޮތް ކަމެއް ކަމަށެވެ.
އެ ބަދަލުތަކަށް ފަހު، މުސާރައިގެ ހެޔޮ ބަދަލު ދެން އެންމެ އަވަހަށް ލިބޭނީ ސިއްހީ ދާއިރާ އަށް ކަމަށް، ކައުންސިލްތަކަށް އަމާޒުކޮށްގެން ގެންދާ ކޮންފަރެންސްގައި ރައީސް ވިދާޅުވި އެވެ. އެކަމަކު، މުސާރައާ ބެހޭ އިތުރު ތަފުސީލެއް ރައީސް ނުދެއްވަ އެވެ.
ވިޔަވަތި ކޮންފަރެންސްގައި މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރަށްތަކުގެ ތައުލީމީ ނިޒާމަށް ގެނައި ބަދަލު، މި އަހަރުގެ ހައި އެޗީވާސް އެވޯޑު ހާސިލްކުރި ދަރިވަރުންގެ އަދަދުން ފެނިގެން ހިނގައްޖެ ކަމަށެވެ. މުޅި ދުނިޔެއާ ވާދަކޮށް، އެކަހެރި އަދި ކުދި ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުން ސިއްސައިގެންދާ ވަރުގެ ނަތީޖާ ހޯދާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެކަން ލާމަރުކަޒީ ރާއްޖޭގެ، ޖަޒީރާ ކުދި ސްކޫލުތަކުން އެ ވަނީ ސާބިތުކޮށްދީފައި،" ރައީސް ވިދާޅުވި އެވެ.
ޖަޒީރާ، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ނަސީބު ކޮންމެ ރަށެއްގައި ވެސް އުޅޭ ދިވެއްސަކަށް ލިބިގެންވާ ކަމަށާއި އަދި މުޅި އުމުރު، އަވެދިނެތި ކުރާ މަސައްކަތުން ހައްގު އުޖޫރަ ލިބެންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޒަމާނުއްސުރެ ނުވެ އޮތް މިނިމަމް ވޭޖަ ކަނޑައެޅިއްޖެ. އެ ފައިސާ އަތަށް ލިބިއްޖެ. އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީ އަށް ކުރިން ނުވި އެތައް ރަނގަޅެއް ވެއްޖެ،" ރައީސް ވިދާޅުވި އެވެ.
މިދިޔަ މެއި މަހުން ފެށިގެން އަމަލުކުރަން ފެށި މުސާރައިގެ އާ އޮނިގަނޑުގެ ދަށުން ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266ރ. އަދި ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467ރ. ލިބެ އެވެ. އޭގެ އިތުރުން މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895ރ. ލިބޭނެ އެވެ.
ޕްރިންސިޕަލުންގެ ތެރެއިން ވެސް ރޭންކް 1 ގައި ހިމެނޭ ޕްރިންސިޕަލަކަށް 30،610ރ. އަދި ރޭންކް 2 ގައި ހިމެނޭ ޕްރިންސިޕަލަކަށް މުސާރައިގެ ގޮތުގައި މަހަކު 33،075ރ. ލިބެ އެވެ.
ހެލްތުގެ 20 މަޝްރޫއެއް ހިންގަން ކައުންސިލްތަކަށް
މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަނީ
ނަފްސާނީ ބަލީގެ ވޭނަށް ވުރެ ފަރުވާ އުނދަގޫ: ރައީސް
ބޭހަށް ބަރޯސާވާން ޖެހުނަ ނުދޭން ރައީސްގެ އިލްތިމާސެއް
ރައީސްގެ އުއްމީދީ ހިސާބުތައް، ބަދަލު ފެންނާނެ!
ނަރުހުންގެ މުސާރަ 3-4 މަސް ތެރޭގައި ބޮޑުކުރަނީ
ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން ނިންމައިފި
ލުއި ނުދެވެނީ ވެކްސިން ފުރިހަމަ ނުވާތީ: ނަސީމް
ނަސީމް ނެގީ އަޅުގަނޑު، ސިއްހީދާއިރާއަށް 56 މަޝްރޫއު
ހެލްތުގެ ބިޑް ކޮމިޓީ، ސޮއިކުރި ވެރިން ސަސްޕެންޑު