ކޮވިޑު-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން މިއަދު ނިންމައިފި އެވެ.
29 ޖޫން 2021
ކޮވިޑު-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން މިއަދު ނިންމައިފި އެވެ.
އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. ހާލަތު އެންމެ ބޮޑަށް ގޯސްވި މާލެ ސަރަހައްދުގައި ވެސް ބަލި ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އަދި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ލޮކްޑައުން އުވާލުވުމާއި ކާފިއުގެ ވަގުތު ކުރު ކުރުމާއި މިސްކިތްތައް ހުޅުވާލައި ގައިދުރުކަން ބަހައްޓައިގެން ޖަމާއަތުގައި ނަމާދުކުރުން ހިމެނެ އެވެ.
- ކާފިއު ވަގުތު ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ބަދަލުކުރުން.
- ކާފިއު ނޫން ގަޑިތަކުގައި ފާސް ނުނަގައި ބޭރުގައި އުޅެވުން.
- ކާފިއު ނޫން ވަގުތު ހުރިހާ ވިޔަފާރިތަކެއް ހުޅުވާލުމުގެ ހުއްދަ ދިނުން.
- ކާފިއު ނޫން ވަގުތުތަކުގައި ކެފޭ/ރެސްޓޯރެންޓުތަކުގައި ތިބެގެން ކެއުން ބުއިމުގެ ހިދުމަތް ދިނުން
- މިސްކިތްތަކުގައި ގައިދުރުކޮށް ތިބެގެން ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުން.
- ކޮވިޑު ޖެހި ބަލިން ރަނގަޅުވާތާ 60 ދުވަހުގެ ތެރޭގައި ކަރަންޓީންވުމަކާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވުން.
- ސައުތު އޭޝިޔާގެ ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމުން. ނަމަވެސް އެ ލުއި ދޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން.
މިދިޔަ އޭޕްރީލް 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ދިން ބޮޑެތި ލުއިތަކުގެ ސަބަބުން މާލެ އާއި އެކި ރަށްރަށުން އެތައް ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެއާއެކު، އެ ބަލީގައި އެތައް ބަޔަކު މަރުވެ ހާލަތު ބޮއްސުންލައިގެން ދިޔަ އެވެ. އެހެންވެ، ފިޔަވަޅުތައް ހަރުކަށިކުރަން ސަރުކާރަށް މަޖުބޫރަށް ވި އެވެ.
ލޮކްޑައުންއެއް، ފާސް ނެތި ބޭރުގައި އުޅުން މަނާ!
ލޮކްޑައުނަށް އަހަރެއް: އަދިވެސް ބަންދެއްގައި!
ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި
ކޮވިޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: މައުމޫން
ތަފާތު އިހުސާސްތަކާ އެކު ހިތްހަމަޖެހުމުގެ ނޭވާއެއް
އެޗްޕީއޭގެ އިރުޝާދުތަކަށް އާންމުން ކަމޭހިތި: ޝީނާ
ލޮކްޑައުންއަށް ލުއިދީ މުހިއްމު ޚިދުމަތްތަކެއް ހުޅުވާލަނީ
ބާޒާރުމަތީގެ ތޮއްޖެހުމަކީ ކަންބޮޑުވާ މަންޒަރެއް: އަމީން
ފަތިސްނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރެވޭނެ
ލުއި ނުދެވެނީ ވެކްސިން ފުރިހަމަ ނުވާތީ: ނަސީމް