Roadha Mihaaru
ޝަރީއަތަކީ ޖޯކެއް ކަމަށް ފެނިގެން ނުވާނެ: ސުއޫދު

ސުއޫދު ވިދާޅުވަނީ ފަނޑިޔާރު ޗުއްޓީ ނެންގެވިކަން ކޯޓަށް ހާޒިރުވުމުން އެނގޭ ނަމަ ޖޯކެއްގެ ގޮތުގައި ދެކޭނެ ކަމަށް

11 ސެޕްޓެމްބަރ 2022

ޝަރީއަތުގެ އަޑުއެހުމެއް ތާވަލު ކޮށްފައި، މައްސަލާގައި ހިމެނޭ މީހުން އެ ދުވަހު ކޯޓަށް ހާޒިރުވާއިރު, ފަނޑިޔާރު ޗުއްޓީ ނަންގަވާފައިވާކަން އެނގި ނޫސްތަކުން އެ ޚަބަރު އެނގުމުން، މުޅި ފަނޑިޔާރުގެ އަކީ ޖޯކެއް ކަމަށް މީހުން ދެކޭނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ޝަރީއަތުގެ އަޑުއެހުމެއް ތާވަލު ކޮށްފައި، މައްސަލާގައި ހިމެނޭ މީހުން އެ ދުވަހު ކޯޓަށް ހާޒިރުވާއިރު, ފަނޑިޔާރު ޗުއްޓީ ނަންގަވާފައިވާކަން އެނގި ނޫސްތަކުން އެ ޚަބަރު އެނގުމުން، މުޅި ފަނޑިޔާރުގެ އަކީ ޖޯކެއް ކަމަށް މީހުން ދެކޭނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އާއި ނ. ކެނދިކުޅުދޫ އިސް މެޖިސްޓްރޭޓް އިބްރާހިމް އަހުމަދު ރިޓަޔާކުރެއްވުމާ ގުޅިގެން އެ ބޭފުޅުން އަގު ވަޒަންކޮށް ފަނޑިޔާރުންގެ ޖަމިއްޔާއިން ބޭއްވި ޖަލްސާގައި ސުއޫދު ވިދާޅުވީ ފަނޑިޔާރުން ޝަރީއަތް ކުރުމުގައި އަމަލުކުރަމުން ގެންދަންވާނީ މުޅި ފަނޑިޔާރުގޭގެ އިތުބާރު ނުގެއްލޭނެ ގޮތަކަށް ކަމަށެވެ.

"...ޝަރީއަތުގެ އަޑުއެހުމެއް ޝެޑިއުލް ކޮށްފައި އެ ދުވަހު ޚަސްމުން ކޯޓަށް ހާޒިރުވާއިރު, ފަނޑިޔާރު ޗުއްޓީ ނެގިކަން ޚަސްމުންނަށް އެނގި, އަދި ނޫސްތަކަށް އެ ޚަބަރުތައް އެރީމަ މުޅި ފަނޑިޔާރުގެ އަކީ ޖޯކެއް ކަމަށް މީހުން ދެކޭނީ،" ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަން ވެސް ކުރައްވާ ސުއޫދު ވިދާޅުވި އެވެ.

އެކި ސަބަބުތަކާ ހެދި ފަނޑިޔާރުން ސަލާން ވިދާޅުވެ، އެކަން އެންމެ ފަހު ވަގުތު ހަސްމުންނަށް އެނގޭ ޝަކުވާ ބޮޑު މައްސަލައަށް އިޝާރާތް ކުރައްވަމުން ސުއޫދު ވިދާޅުވީ ފަނޑިޔާރުންގެ އަމަލުތަކާ ގުޅިގެން ގޯސް ހެޑްލައިންތައް ނޫސްތަކުން އަރައިގެން ނުވާނެ ކަމަށެވެ.

ޝަރުއީ ދާއިރާ އިން ރިޓަޔާ ކުރެއްވި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ އަލީ އާއި ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އިބްރާހިމް އަހުމަދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދު އިއްޔެގެ ރަސްމިއްޔާތުގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ފަނޑިޔާރުކަން ކުރުމުގައި އަދުލުވެރިވުމަކީ ދީނީ ވާޖިބެއްކަން ހަނދާންކޮށްދެއްވަމުން ސުއޫދު ވިދާޅުވީ ފަނޑިޔާރުކަން ކުރުމުގައި ތިމާގެ އަހުލާގާއި ސުލޫކު ބަހައްޓަން ވާނީ މީހުންގެ އިހުތިރާމާއި އިތުބާރު ލިބޭގޮތަށް ކަމަށެވެ. ފަނޑިޔާރުކަން ކުރުމެކޭ އެއްގޮތަށް ތިމާގެ އަމިއްލަ ދިރިއުޅުމުގެ ތެރޭގައި އަދި އިޖުތިމާއީ ގުޅުންތަކުގައި އަދި މުޖުތަމައުގައި އުޅޭއިރު އުޅެންވާނީ ވަކި މިންގަނޑުތަކެއްގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

"އާއިލީ ދިރިއުޅުމުގައި ވެސް އިންސާފުވެރި ވާންޖެހޭނެ. އަނބިންނަށާއި ދަރިންނާ މެދު އޯގާތެރިވާންޖެހޭނެ, އާއިލާގެ ތެރޭގައި އަދުލުވެރިކަން ގާއިމުކުރަންޖެހޭނެ. ނޫން ނަމަ, ފަނޑިޔާރުކަމުގެ ޝަރުތު ހަމަވާ ކަމަށް ނުބެލެވޭނެ. މުޖުތަމައުގައި އުޅޭ އުޅުމުގައި އަދި އަމިއްލަ ކަންކަމުގައި ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބަންވާނެ،" ސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ އަލީ އަށް، ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދު ހަނދާނީ ފިލައެއް އިއްޔެ ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ސުއޫދުގެ ވާހަކާގައި ކޯޓުތަކުގެ ވަސީލަތްތަކާއި މުވައްޒަފުންގެ ހާލަތާ މެދު ވެސް ކަންބޮޑުން ފާޅުކުރެއްވި އެވެ. ވިދާޅުވީ ކޯޓުތަކުގެ ވަސީލަތްތަކާއި މުވައްޒަފުންގެ ހާލަތު އޮތީ ކޯޓުތަކުގެ ހިދުމަތް ހުއްޓޭ ހިސާބުގައި ކަމަށެވެ.

ސުއޫދު ވިދާޅުވިގޮތުގައި، އެ މައްސަލަ އެންމެ ބޮޑީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގަ އެވެ. ކްރިމިނަލް ކޯޓުގެ އިމާރާތް ބޮލަށް ވެއްޓިދާނެތީ ޝަރީއަތްކުރަން ތިބެވޭވަރު ނުވާތީ އެ ތަނުގެ ހާލަތު އޮތީ ގޭގައި ޝަރީއަތްކުރުމުގެ ހުއްދަ ދެއްވުން އެދި ދަންނަވާ ހިސާބުގައި ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދުގެ ވާހަކަ ނިންމަވާލެއްވީ އަވަސްކަމާ އެކު މައްސަލަ ނިންމައި، އަވަހަށް އިންސާފު ގާއިމްކުރުމަށް ވަސީލަތްތަކާއި މުވައްޒަފުން ދައުލަތުގެ ތިން ވަނަ ބާރު ކަމުގައިވާ ޝަރުއީ ދާއިރާ އަށް ބޭނުންވާކަން ފާހަގަކުރައްވަމުންނެވެ.