Roadha Mihaaru
ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސަކަށް ފަނޑިޔާރު ސުއޫދު

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސަކަށް އަނެއްކާވެސް ފަނޑިޔާރު ސުއޫދު

29 މެއި 2023

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އޮޓަމެޓިކުން އިންތިހާބުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އޮޓަމެޓިކުން އިންތިހާބުވެއްޖެ އެވެ.

މިހާރު ވެސް އެ ޖަމިއްޔާގެ ރައީސްގެ މަގާމުގައި ހުންނެވި ފަނޑިޔާރު ސުއޫދު މިހާތަނަށް އެ މަގާމުގައި ހުންނެވީ މިދިޔަ އަހަރު އެ މަގާމު ހުސްވުމުން އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ ނިންމުމަކުންނެވެ.

ފަނޑިޔާރުންގެ ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައިވަނީ ފަނޑިޔާރު ސުއޫދު އެ މަގާމަށް އިންތިހާބުވީ ރައީސާއި ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމެޓީގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލުމުން އެ އިން އެއްވެސް މަގާމަށް ދެވަނަ ބޭފުޅަކު ވާދަ ކުރައްވާފައި ނުވާތީ ކަމަށެވެ.

ނައިބު ރައީސް ކަމަށް އިންތިހާބުވީ ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅެވެ. ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ސޯދިގް އިންތިހާބުވިއިރު އިންތިޒާމް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިންތިހާބުވީ ށ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ހަސަން ޝިޔާމެވެ. ހަޒާންދާރުގެ މަގާމަށް ސިވިލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު އިންތިހާބުވިއިރު، ތަރުޖަމާނަށް އިންތިހާބުވީ އެ ކޯޓުގެ ގާޒީ ފަރުހާދު ރަޝީދެވެ.

މީގެ އިތުރުން އިތުރު ފަސް މަގާމަށް ވެސް ބޭފުޅުން ވަނީ އޮޓަމެޓިކުން އިންތިހާބުވެފަ އެވެ.