14 ސެޕްޓެމްބަރ 2022
ކިތަންމެ ބޮޑު ގައުމަކަށް ވިޔަސް، ނުރައްކާތެރި ހަމަލާތަކާ ދެކޮޅަށް އަމިއްލަ އަށް މަސައްކަތް ނުކުރެވޭނެ ކަމަށާއި ރާއްޖެއިން އެންމެ އިސްކަންދެނީ ބޭރުގެ އަސްކަރިއްޔާތަކާ އެކު ގުޅުންތައް ބަދަހިކުރަން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ރޭ ވިދާޅުވެއްޖެ އެވެ.
ކިތަންމެ ބޮޑު ގައުމަކަށް ވިޔަސް، ނުރައްކާތެރި ހަމަލާތަކާ ދެކޮޅަށް އަމިއްލަ އަށް މަސައްކަތް ނުކުރެވޭނެ ކަމަށާއި ރާއްޖެއިން އެންމެ އިސްކަންދެނީ ބޭރުގެ އަސްކަރިއްޔާތަކާ އެކު ގުޅުންތައް ބަދަހިކުރަން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ރޭ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޝަމާލް ވިދާޅުވީ އެ އަސްކަރިއްޔާ ބައްޓަންކުރަނީ ވިސްނުންތެރިކަމާއެކު، ވަކި ސިޔާސަތެއްގެ ދަށުން ކަމަށެވެ.
އެގޮތަށް، އެންމެ ބޮޑު އިސްކަމެއް ދެނީ ސިފައިންގެ ހިދުމަތްތައް ހަރުދަނާކުރުމާއި ބަދަލުވަމުން އަންނަ ނުރައްކާތެރި އަދި ސަލާމަތީ މަސްރަހާ ކުރިމަތިލުމަށް އަސްކަރީ ގާބިލްކަން އިތުރުކުރުމަށް ކަމަށް، ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ޝަމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިފައިންގެ ކޮމްބެޓް ފޯމޭޝަންތައް ބަދަލުކޮށް ޔުނިޓުތަކަށް ހަތިޔާރު ހޯދައި އެންމެ ޒަމާނީ އާލަތްތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއާއެކު، ކައުންޓަ ޓެރަރިޒަމާއި ޓްރާންސިޝަނަލް ސެކިއުރިޓީގެ ނުރައްކާތަކަށް ކުރިމަތިލުމުގެ ގާބިލްކަން އިތުރުކުރަން ބޭނުންވާ އާލަތްތަކާއި އުޅަނދުތައް ސަރުކާރުންނާއި ބޭރުގެ އެހީގައި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ.
"ސިފައިންގެ އެންމެ މުހިއްމު އެއް އިސް ސްޓްރެޓަޖީއަކީ ބޭރުގެ އަސްކަރިއްޔާތަކާ އެކު ޒަމާނުއްސުރެ އޮތް އެކުވެރި އަދި ބަދަހި ގުޅުންތައް ދެމެހެއްޓުމާއި އެ ގުޅުންތައް އިތުރަށް ބަދަހިކުރުން. މިހާރު ވެސް ބޭރުގައި ގިނަ ސިފައިން ދަނީ ތަމްރީނު ހަދަމުން،" ޝަމާލް ވިދާޅުވި އެވެ.
ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ސިފައިންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވީ ކަނޑުގެ ސެކިއުރިޓީ ބަލަހައްޓާ ކޯސްޓްގާޑުގެ ގިނަ އުޅަނދުތަކެއް މަރާމާތުކޮށް، މިހާރު ހަދަމުން އަންނަ މެރިޓައިމް ރެސްކިއު ސެންޓަރު ނިމުމުން ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުންނާއި ގެއްލޭ މީހުން ހޯދުމުގައި ކުރާ މަސައްކަތަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
އަމިފާން ނިއްވާ ފަޔަ ރެސްކިއުގެ ހިދުމަތް ވެސް ފުޅާވެ، އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ކަން ޝަމާލް ފާހަގަކުރެއްވި އެވެ. ސަލަމާތީ ގޮތުން ބަލާއިރު ވެސް ކުރިއާ އަޅާބަލާއިރު މިހާރުގެ ހާލަތު ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ގަބޫލުކުރަންޖެހޭ އެންމެ ބޮޑު ހަގީގަތަކީ މިހާރު، އެއްވެސް ގައުމަކަށް ކުޑައަސް ބޮޑަސް އެ ގައުމެއް އަމިއްލަ އަށް އަދުގެ ސަލާމަތީ މަސްރަހުގައި އަމިއްލަ އަށް ޓްރާންސޭޝަނަލް ސެކިއުރިޓީ އަދި ހައިބްރިޑު ނުރައްކާތައް ނުވަތަ ނުރައްކާތަކާ ކުރިމަތިނުލެވޭނެކަން. އޭގެ ތެރޭގައި ކަނޑުފޭރުމާއި އިންސާނީ ވަގުފާރީއާ ޓެރަރިޒަމާއި ޑްރަގް ޓްރެފިކިންނާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ފަދަ ކަންކަން ހުއްޓުވޭނީ ގައުމުތައް ގުޅިގެން ކުރާ ބުރަ މަސައްކަތުންކަން،" ޝަމާލް ވިދާޅުވި އެވެ.
ޝަމާލް ވަނީ މި ގައުމު ދިފާއުކޮށް، ހިމާޔަތްކުރުމުގައި ސިފައިން ދެމިތިބޭނެ ކަމުގެ ޔަގީންކަން، ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި ދެއްވައިފަ އެވެ.
"ސިފައިންނަކީ ދިފާއީ ފާރު. މިނިވަންކަމުގެ ރަމްޒު. ދިވެހިންގެ ސަލާމަތީ ކަންކަމުގެ އުއްމީދު،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ޑިފެންސް ޗީފް ޝަމާލް ރިޓަޔާ ކުރައްވައިފި
ޑިފެންސް ޗީފް ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް
އިންޑިއާ-ޗައިނާގެ ވާދަވެރިކަމުގެ ގޮންޖެހުން ރާއްޖެ އަށް
ޝަމާލަށް ޑިފެންސް ޔުނިވާސިޓީގެ އެންމެ މަތީ ޝަރަފު
ނަޝީދު ދިރިއުޅުއްވަން ކެނެރީގެ ނުރައްކާކަން އެންގި!
ދިފާއީ ބާރުގެ ވެރިންގެ އިތުބާރާ މެދު ސުވާލު އުފެދިދާނެ
މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް: ޝަމާލް
ޔޫޓީއެފް މައްސަލައިގައި ހުށަހެޅި ތުހުމަތު ނުބަލަން ނިންމައިފި
ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ބިދޭސީންގެ އަމަލުތައް ގައުމު ހިފުމެކޭ އެއްފަދަ: ޝަމާލް