Roadha Mihaaru
ގޯތި ދޭން މާލޭ މީހުން ކަމުގައި ބަލާ އުސޫލަށް ލުޔެއް

ގޯތި ދިނުމަށް މާލޭ މީހުން ކަމުގައި ބަލާ މިންގަނޑަށް ލުޔެއް ދީފި

15 ސެޕްޓެމްބަރ 2022

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ ބިންވެރިޔާ ސްކީމްގައި މާލޭ މީހުން ކަމުގައި ބަލާ މިންގަނޑަށް މިއަދު ލުޔެއް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ ބިންވެރިޔާ ސްކީމްގައި މާލޭ މީހުން ކަމުގައި ބަލާ މިންގަނޑަށް މިއަދު ލުޔެއް ދީފި އެވެ.

ހުޅުމާލެ އާއި ގުޅީފަޅުން ގޯތި ދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމްގެ އުސޫލު ކުރިން އޮތްގޮތުން މާލޭ މީހުން ކަމުގައި ބަލަނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީވެފައި ނުވާ މީހުންނެވެ.

އެ އުސޫލަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދެއްގެ ސަބަބުން ކުރިން އެހެން ތަނެއްގައި ކުރިން ރަޖިސްޓްރީވެފައި އޮތަސް، އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ކަމަށްވާ ނަމަ އަދި އެ މީހަކު މިހާރު އަނެއްކާވެސް މާލޭގައި ރަޖިސްޓްރީވެފައިވާނަމަ އެ މީހަކީ މާލޭ މީހެއް ކަމަށް ބެލެވޭނެ ކަމަށެވެ.

ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 26 ވަނަ ދުވަހު ބަންދުވާނެ އެވެ.

މާލެ ސަރަހައްދުން ހަމައެކަނި މާލޭ މީހުންނަށް ހިލޭ ގޯތި ދޫކުރާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ގޯތީގެ އިތުރުން ފްލެޓް ވެސް މާލޭ މީހުންނަށް ދޭން ހާއްސަ ސްކީމެއް ވަނީ އިއުލާންކޮށްފަ އެވެ. އެ ސްކީމްގެ ދަށުން 4000 ފްލެޓް ދޫކުރާނެ އެވެ.