Roadha Mihaaru
މިފްކޯގެ ފިހާރައެއް ހުޅުމާލެ 2 ގައި ހުޅުވައިފި

މިފްކޯގެ ފިހާރައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވައިފި

16 ސެޕްޓެމްބަރ 2022

މިފްކޯގެ މަސްފިހާރައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޭ ހުޅުވައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މިފްކޯގެ މަސްފިހާރައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޭ ހުޅުވައިފި އެވެ.

އެކަމަށްޓަކައި ބޭއްވި ހާއްސަ އިވެންޓުގައި އެ ފިހާރަ ރަސްމީކޮށް ހުޅުއްވައިދެއްވީ އެސްޓީއޯގެ މެނެޖިން ޑިރެކްޓަރު ޗެއާމަން ހުސެއިން އަމްރެވެ.

ހުޅުމާލެ ފޭސް 2 ގައި އެ ކުންފުނީގެ އާ ފިހަރަ ހުޅުއްވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު

ހުޅުމާލެ ފޭސް 2 ގައި އެ ކުންފުނީގެ އާ ފިހަރަ ހުޅުއްވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު

މިފްކޯއިން ވިއްކާ ހުރިހާ އުފެއްދުންތަކެއް ލިބެން ހުންނަ އެ ފިހާރަ ހުޅުވާފައިވަނީ ހިޔާގެ ދެވަނަ ޓަވަރުގެ ގްރައުންޑް ފްލޯގަ އެވެ.

މިފްކޯ މަސްދަޅުގެ އިތުރުން، ރޯ މަހާއި، ފިނި ކުރި އަދި ގަނޑުކުރި މަސް ލިބެން ހުރެ އެވެ. އޭގެ އިތުރުން، ތައްޔާރުކޮށްފައި ހުންނަ ކުޅިމަހާއި، ޑެވިލް ފިޝް ފަދަ އެއްޗެހި ވެސް އެ ފިހާރައިން ލިބެން ހުރެ އެވެ.

ރޭ ފިހާރަ ހުޅުވި ރަސްމިއްޔާތައް ވަޑައިގެންނެވި އިސްވެރިން ފޮޓޯ އަކަށް ހުއްޓިވަޑައިގެން-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރޭ ފިހާރަ ހުޅުވި ރަސްމިއްޔާތައް ވަޑައިގެންނެވި އިސްވެރިން ފޮޓޯ އަކަށް ހުއްޓިވަޑައިގެން-- ފޮޓޯ: ނިޝާން އަލީ | މިހާރު

އަމްރު ވިދާޅުވީ އެ ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން އެ ކުންފުނީގެ އުފެއްދުންތައް ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށެވެ.

އޭނާ ވިދާޅުވީ ހުޅުމާލެ 2 ގެ މިފްކޯ ފިހާރައިން މަސްދަޅުގެ އަށް ވައްތަރަކާއި، ތައްޔާރުކުރި ކާނާގެ ހަ ވައްތަރެއްގެ އިތުރުން ވަޅޯ މަހާއި، ހިކި މަހާއި، ފުނޑުކުރި މަސް ފަދަ މަހުން ހެދޭ ގިނަ އަދަދެއްގެ ބާވަތްތައް ލިބޭނެ ކަމަށެވެ.

"މިފްކޯއިން ވަރަށް ގިނަ ތަހުލީލުތައް ކުރިއަށް އެބަ ގެންދަވާ، އިތުރަށް އަދި މާކެޓަށް ވަރަށް ގިނަ ވައްތަރުގެ އުފެއްދުންތައް ނެރުމަށް،" އަމްރު ވިދާޅުވި އެވެ.

ހުޅުމާލެ 2 ގައި ހުންނަ މިފްކޯ މަސް ފިހާރައިން ލިބޭ ޕްރޮޑަކްޓެއް ---ފޮޓޯ: ނިޝާން އަލީ | މިހާރު

ހުޅުމާލެ 2 ގައި ހުންނަ މިފްކޯ މަސް ފިހާރައިން ލިބޭ ޕްރޮޑަކްޓެއް ---ފޮޓޯ: ނިޝާން އަލީ | މިހާރު

އަލަށް ހުޅުވި އެ ފިހާރަ ޖާގައިގެ ގޮތުން ކުޑަ ކަމަށާއި ރޯދަ މަސް ކަހަލަ ދުވަސްވަރު އެތަން ފުރޭނެތީ މިފްކޯ އަށް ރަނގަޅު ސައިޒެއްގެ ޖާގައެއް ދެވަނަ ފިޔަވަހިން ލިބޭނެގޮތް ވޭތޯ އެޗްޑީސީއާ ވާހަކަދެކެވެމުން ކަމަށް އަމްރު ވިދާޅުވި އެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ހުޅުމާލެ 2 އަކީ އާބާދީ ބޮޑު ސަރަހައްދަކަށްވެ، ވަރަށް ބޮޑު މާކެޓެއް އެ ކުންފުންޏަށް އޮތް ކަމަށެވެ. އަދި މިފްކޯގެ އުފެއްދުންތަކަށް އޮތް ތަރުހީބު ރޭ ފިހާރަ ހުޅުވިއިރު ފެނިގެންދިޔަ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ހުޅުމާލެ 2 ގައި ހުންނަ މިފްކޯ މަސް ފިހާރައިން ލިބޭ ޕްރޮޑަކްޓްތަކެއް ---ފޮޓޯ: ނިޝާން އަލީ | މިހާރު

ހުޅުމާލެ 2 ގައި ހުންނަ މިފްކޯ މަސް ފިހާރައިން ލިބޭ ޕްރޮޑަކްޓްތަކެއް ---ފޮޓޯ: ނިޝާން އަލީ | މިހާރު

"ކަސްޓަމަރުންނަށް ދޭން އޮތް ޔަގީންކަމަކީ މިފްކޯގެ އުފެއްފުންތައް ހުސްނުވެ މި ފިހާރައިން ލިބެން ހުންނާނެކަން. އަދި އިތުރު އުފެއްދުންތައް ވެސް އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން މާކެޓަށް ތައާރަފްކުރާނަން،" ފައުޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މިހާރު ވެސް މިފްކޯގެ އާ ފަސް އުފެއްދުމެއް މާކެޓަށް ނެރުމަށްޓަކައި ހަދަންޖެހޭ ތަހުލީތުތައް ދަނީ ހަދަމުންނެވެ.

ހުޅުމާލެ 2 މިފްކޯ މަސްފިހާރައިން އަށް ވައްތަރެއްގެ މަސްދަޅު ލިބޭ ---ފޮޓޯ: ނިޝާން އަލީ | މިހާރު

ހުޅުމާލެ 2 މިފްކޯ މަސްފިހާރައިން އަށް ވައްތަރެއްގެ މަސްދަޅު ލިބޭ ---ފޮޓޯ: ނިޝާން އަލީ | މިހާރު

ފަސްމީރު އަދި ފެލިވަރު މަސްދަޅުގެ ޕްރޮޑަކްޓްތަކަށް ކަސްޓަމަރުންގެ ފަރާތުން ލިބޭ ފީޑްބެކަށް ބަލާ، އިތުރަށް ތަރައްގީކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ފައުޒީ ވިދާޅުވި އެވެ.

ރޭ ހުޅުވި ފިހާރައާއެކު މިފްކޯއިން މާލެ ސަރަހައްދުގައި ފަސް ފިހާރައެއް އަންނަނީ ހިންގަމުންނެވެ. އެ ހުރިހާ ފިހާރައަކުން ވެސް މިފްކޯގެ ހުރިހާ އުފެއްދުންތަކެއް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.