ނޭފަތާ ދިމާލުން މޫނަށް ވަން ދަގަނޑު، ގުނަވަންތައް ފޫއަޅުވާލައި ނުކުމެފައި ހުރީ އުކުޅުވަޅާ ހިސާބުންނެވެ. އާދަޔާ ހިލާފް މި އެކްސިޑެންޓުގައި ޒަހަމްވި މީހާ އެ ހާލުގައި ފެނުނު މީހުންނަށް އެއީ ގަބޫލުކުރަން ވެސް އުނދަގޫވި މަންޒަރެކެވެ.
18 ސެޕްޓެމްބަރ 2022
ނޭފަތާ ދިމާލުން މޫނަށް ވަން ދަގަނޑު، ގުނަވަންތައް ފޫއަޅުވާލައި ނުކުމެފައި ހުރީ އުކުޅުވަޅާ ހިސާބުންނެވެ. އާދަޔާ ހިލާފް މި އެކްސިޑެންޓުގައި ޒަހަމްވި މީހާ އެ ހާލުގައި ފެނުނު މީހުންނަށް އެއީ ގަބޫލުކުރަން ވެސް އުނދަގޫވި މަންޒަރެކެވެ.
މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ހަތް ވަނަ ބުރިން ވެއްޓުނު ތިން ފޫޓު ހުންނަހާ ދަގަނޑެއް ހަށިގަނޑު އެއްކޮޅުން އަނެއްކޮޅަށް ފޫ އަޅުވާލާފައި ދިޔައީ އިމާރާތުގެ މަސައްކަތުގައި އުޅެނިކޮށް މަތިން ބާރު އަޑެއް އިވިގެން ވައިގޮޅިއަށް ބޯދިއްކޮށްލިތަނާ އެވެ.
މި ހާދިސާގައި އަނިޔާވި އިންޑިއާ މީހާ މިހާރު އޮތީ އޭޑީކޭގެ އައިސީޔޫގަ އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ އޭޑީކޭގެ އެކި ސްޕެޝާލިޓީތަކުގެ ޑޮކްޓަރުން މެދުކެނޑުމެއް ނެތި އެ މީހާއަށް އަށް ގަޑިއިރު ފަރުވާ ދެއްވި ކަމަށެވެ. އޮޕަރޭޝަންތައް ކާމިޔާބުކަމާ އެކު ނިންމާލައި އޭނާގެ ފަރުވާ ގާތުން ބަލަމުން އަންނަ ކަމަށް އައްފާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ލިބިފައި ހުރި ސީރިއަސް އަނިޔާތަކަށް ބަލާއިރު، ޑޮކްޓަރުން ލަފާކުރައްވަނީ ގާތްގަނޑަކަށް ހަތަރު ދުވަހު އައިސީޔޫގައި ބާއްވަން ޖެހޭނެ އެވެ.
ބިދޭސީ މީހާ މަސައްކަތްކުރާ ކުންފުނި، އާރުސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަނިޔާވި މުވައްޒަފަކީ ދަގަނޑު އަރުވަން އުޅުނު މީހެއް ނޫން ކަމަށެވެ. އެ އިމާރާތުގެ ފުރަތަމަ ބުރީގައި މަސައްކަތް ކުރަން އުޅެފައި ވައިގޮޅި ކައިރިއަށް ދިޔައީ އަޑެއް އިވޭތީ ކަމަށް ވިދާޅުވި އެވެ.
"އޭނާ ބަލައިލި ވަގުތު ދަގަނޑު އައިސް މޫނަށް ހެރި ވަދެގެން ދިޔައީ. އެތަނުގައި އޭރު ތިބި މީހުން ވަގުތުން އޭނަ ހޮސްޕިޓަލަށް ގެންދިޔަ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮޕަރޭޝަންތަކަށް ފަހު ބިދޭސީމީހާ އަންނަނީ ރަނގަޅުވަމުންނެވެ.
އެ ހާދިސާ ހިނގިއިރު އަނިޔާވި މީހާ އާއި ދަގަނޑު އަރުވަން ތިބި އެހެން ބިދޭސީން ވެސް ތިބީ މަސައްކަތުގެ މާހައުލުގައި އަޅަން ޖެހޭ ރައްކާތެރި ފިޔަވަޅުތައް އަޅައިގެން ކަމަށް ވިދާޅުވި އެވެ. އެއްވެސް ކަމެއް ދޫވެފައި އޮތްތޯ އަދިވެސް ބަލަމުން އަންނަ ކަމަށާއި އެއްވެސް ކަމެއް ނުކޮށް ހުރި ނަމަ ފިޔަވަޅު އަޅާނެ ކަމަށް އާރުސީސީގެ އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާ ހިނގިއިރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިއްބަސް އާއްމު ގޮތެއްގައި ބިދޭސީން ލައްވައި މަސައްކަތް ކުރުވާއިރު ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އިސްކަމެއް ނުދެ އެވެ. ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި ވަރަށް ގިނަ މީހުންނަށް އަނިޔާ ލިބެ އެވެ. މީގެތެރެއިން ބައެއް މީހުން މަރުވެފައި ވެސް ވެ އެވެ.
ދުން ލީކުވެ އަނބުރައިގަތް ހަތް މީހަކަށް ފަރުވާދެނީ
ކޮންމެ ފަހަރަކު މި ނަސީބެއް ނުލިބޭނެ!
ބޮޑު އަޖައިބެއް، ބޮޑު ސާޖަރީއެއް، ބޮޑު ޗެލެންޖެއް!
ކްލިނިކްތަކުގެ މެޑިކަލް ރިޕޯޓް ދެން ގަބޫލެއް ނުކުރާނެ
އޭޑީކޭގެ މެޑިކަލް ރިޕޯޓް އަލުން ބަލައިގަންނަން ފަށައިފި
"ނުރައްކާތެރި ބަލިތަކަށް ފޭކް ރިޕޯޓުވަނީ ހައްދާފައި"
ވިސާ ޖަހަން އޭޑީކޭގެ މެޑިކަލް ރިޕޯޓް ގަބޫލެއް ނުކުރާނެ
32 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ރެހެންދި ސްކޫލް ހޯލުގައި ބިދޭސީންގެ މައުލޫމާތު ނަގަނީ
ވޭޕްގެ ވިޔަފާރިކުރާ ތަނެއް ފާސްކޮށް ބިދޭސީއަކު ހައްޔަރު