މާލޭގެ ބައެއް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ދޫކުރާ ބިދޭސީންގެ މެޑިކަލް ރިޕޯޓު ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލީ، ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލި ހުންނަ މީހުންނަށް، ސައްހަ ނޫން މެޑިިކަލް ރިޕޯޓު ހެއްދި މައްސަލަތަކެއް ބަލަމުން އަންނާތީ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
07 ޑިސެމްބަރ 2016
މާލޭގެ ބައެއް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ދޫކުރާ ބިދޭސީންގެ މެޑިކަލް ރިޕޯޓު ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލީ، ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލި ހުންނަ މީހުންނަށް، ސައްހަ ނޫން މެޑިިކަލް ރިޕޯޓު ހެއްދި މައްސަލަތަކެއް ބަލަމުން އަންނާތީ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
ބިދޭސީންގެ ވިސާ އާކުރުމަށާއި އަލަށް ވިސާއަށް އެދި ހުށަހަޅާ މީހުންންނަށް އޭޑީކޭ ހޮސްޕިޓަލުންނާއި އޭއެމްޑީސީން ހަދައިދޭ މެޑިކަލް ރިޕޯޓް ބަލައިގަތުން އިމިގްރޭޝަނުން ވަނީ މިވަގުތަށް ހުއްޓާލައިފަ އެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ބިދޭސީންގެ ވިސާ އަށް އެދި ސައްހަ ނޫން މެޑިކަލް ރިޕޯޓު ހުށަހަޅަމުންދާތީ، އެ ފަދަ ބައެއް މައްސަލަތައް ފުލުހުންނާ ގުޅިގެން، ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އެހެންވެ، މި ތަހުގީގު ނިމެންދެން، ބައެއް ފަރާތްތަކުން ދޫކުރަމުން އަންނަ މެޑިކަލް ރިޕޯޓު ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
"މި އިދާރާ އިން ބެލިބެލުމުގައި މިފަދަ ސައްހަ ނޫން ރިޕޯޓްތަކުގައިވާ ބިދޭސީންނަކީ، އެ ބިދޭސީންގެ ގައިގައި ނުރައްކާތެރި ބަލި ހުރި ކަމަށް، އެ ބިދޭސީން ކުރިން ހަދާފައިވާ މެޑިކަލް ރިޕޯޓުތަކުން ފާހަގަވެފައިވާ ބިދޭސީންނެވެ،" އިމިގްރޭޝަނުން ބުންޏެވެ.
"މިއީ އެއްވެސް ފަރާތަކަށް ފައިދާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ ގޮތުން ކުރި ކަމެއް ނޫނެވެ. އަދި އެއީ އިމިގްރޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަގުތީ ގޮތުން އެޅި ފިޔަވަޅެކެވެ."
މި ފަދަ ކަންކަމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށް ވާތީ، މިކަމާ ގުޅިގެން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އޭޑީކޭގެ މެޑިކަލް ރިޕޯޓް އަލުން ބަލައިގަންނަން ފަށައިފި
ކްލިނިކްތަކުގެ މެޑިކަލް ރިޕޯޓް ދެން ގަބޫލެއް ނުކުރާނެ
އޭއެމްޑީސީގެ މެޑިކަލް ރިޕޯޓް ވެސް ގަބޫލެއްނުކުރާނެ
މެޑިކަލް ނުހަދާ ބިދޭސީންނަށް އެތެރެވެވޭތީ އެޗްޕީއޭގެ ކަންބޮޑުވުން
ކޮންމެ ފަހަރަކު މި ނަސީބެއް ނުލިބޭނެ!
މަތިންނާއި ކަނޑުމަގުން 490 ބިދޭސީން ފުރުވާލައިފި
ބިދޭސީންގެ މެޑިކަލް ހެއްދުމުގެ ހުއްދަ ކްލިނިކްތަކަށް
މެޑިކަލް ރިޕޯޓު ހަދަން ފަށާނީ އަންނަ މަހު: އޭޑީކޭ
32 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ރެހެންދި ސްކޫލް ހޯލުގައި ބިދޭސީންގެ މައުލޫމާތު ނަގަނީ