އޭޝިއާގައި މިހާރު ބާއްވާ އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ އިންޑިއާގެ ޑުރާންޑް ކަޕްގެ ޗެމްޕިއަންކަން ބެންގަލޫރު އެފްސީން ފުރަތަމަ ފަހަރަށް ރޭ ހޯދައިފި އެވެ.
19 ސެޕްޓެމްބަރ 2022
އޭޝިއާގައި މިހާރު ބާއްވާ އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ އިންޑިއާގެ ޑުރާންޑް ކަޕްގެ ޗެމްޕިއަންކަން ބެންގަލޫރު އެފްސީން ފުރަތަމަ ފަހަރަށް ރޭ ހޯދައިފި އެވެ.
މުމްބާއީ ސިޓީ 2-1 އިން ބަލިކޮށް ބެންގަލޫރުން މި ހޯދި ކާމިޔާބީއާ އެކު އެންމެ ބޮޑު އުފަލެއް ލިބުނީ އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އަށެވެ. މިއީ އިންޑިއާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ކެރިއަރުގައި މި ޝަރަފްވެރި ތަށީގައި އަތްލެވުނު ފުރަތަމަ ފަހަރެވެ.
ޗެތުރީ ބުނީ އަސްކަރީ ސަގާފަތެއް އޮތް މި މުބާރާތުގެ ތަށި، ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅޭ ސިފައިންގެ މީހެއްގެ ދަރިއަކަށްވެ ހުރެ ނުލިބި އޮތުމަކީ ލަދުވެތި ކަމެއް ކަމަށާއި މި ހާސިލްވީ 20 އަހަރުވީ އުއްމީދެއް ކަމަށެވެ.
ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމުގައި ރޭ ކުޅުނު ފައިނަލް މެޗުގެ 10 ވަނަ މިނެޓުގައި ސިވަސަކްތީ ނަރަޔާނަން ވަނީ ބެންގަލޫރަށް ލީޑު ނަގައިދީފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން، 30 ވަނަ މިނެޓުގައި ލަލެންގްމަވިއާ ރަލްޓޭ ވަނީ މުމްބާއީ އަށް އެއްވަރުކޮށްދީފަ އެވެ. ބެންގަލޫރު މޮޅުވީ 61 ވަނަ މިނެޓުގައި ބްރެޒިލްގެ ހެންރިކޭ ކޮސްޓާ ޖެހި ގޯލުންނެވެ.
ބެންގަލޫރުގެ ކުޅުންތެރިންނާއި އޮފިޝަލުން ތަށްޓާ އެކު.
މުމްބާއީ ސިޓީއަކީ ޕްރިމިއާ ލީގުގެ ގަދަބާރު މެންޗެސްޓާ ސިޓީ ހިންގާ ސިޓީ ފުޓްބޯލް ގްރޫޕާއި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރަންބީރު ކަޕޫރުގެ ހިއްސާ އޮންނަ ކްލަބެކެވެ.
ޑުރަންޑް ކަޕަކީ އިނގިރޭސިންގެ ދަށުގައި އިންޑިއާ އޮތްއިރު، 1888 ވަނަ އަހަރު އޭރު އިންޑިއާގައި އޮތް އިނގިރޭސި ސަރުކާރުގެ ފޮރިން ސެކްރެޓަރީ ސާ ހެންރީ މޮޓިމާ ޑުރާންޑް ފެށްޓެވި މުބާރާތެކެވެ. ޝިމްލާގައި މުބާރާތް އެންމެ ފުރަތަމަ ބާއްވަން ފެށީ އަސްކަރިއްޔާގެ އެކިއެކި ފައުޖުތަކުގެ މެދުގައި ކުރިއަށްގެންދާ މުބާރާތެއްގެ ގޮތުގަ އެވެ.
އިންޑިއާ އަށް 1947 ގައި މިނިވަންކަން ލިބުމުން، މި މުބާރާތް ޕްރޮފެޝަނަލް ޓީމުތަކަށް ހުޅުވާލި ނަމަވެސް މެހެމާނުންގެ ގޮތުގައި އަސްކަރީ ޓީމުތަކަށް ދައުވަތުދެ އެވެ.
މި އަހަރުން ފެށިގެން މުބާރާތް ބާއްވަނީ އިންޑިއަން ސުޕަ ލީގުގެ ހުރިހާ ޓީމަކާއި އައި ލީގުގެ ފަސް ޓީމާއި ދައުވަތު ދޭ އަސްކަރީ ހަތަރު ޓީމެއް ބައިވެރިވާ ގޮތަށެވެ. އަދި މި އަހަރުން ފެށިގެން އޭޝިއާގެ ފުޓްބޯޅަ ޖަމިއްޔާ (އޭއެފްސީ) އިން ވަނީ މިމުބާރާތް ރަސްމީކޮށް އެންޑޯސްކޮށްފަ އެވެ.
މުޅި ދުނިޔޭގައި ވެސް މިހާރު ބާއްވާ ތިން ވަނަ އަށް އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޑުރާންޑް ކަޕުގެ އެންމެ ކާމިޔާބު ދެ ޓީމަކީ 16 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ކަލްކަތާގެ މޯހަން ބަގާން އާއި އީސްޓް ބެންގާލެވެ.
ބެންގަލޫރާ ގުޅުނު ސަބަބަކީ ޗެތުރީ: ގުރްޕްރީޓް
މާޒިޔާ އަތުން ބަލިވުމުން ޓީމަށް އަސަރު ކުރި: ޗެތުރީ
އޭއެފްސީން ދެވަނަ ވިސްނުމަކަށް ދިޔަނަމަ މާރަނގަޅުވީސް
ރިޓަޔާކުރި ޗެތުރީ އަލުން އިންޑިއާގެ ގައުމީ ޓީމަށް
ޗެތުރީ ގައުމީ ޓީމަށް އަލްވަދާއު، ފަހު މެޗު ޖޫން މަހު
ރަން ބޫޓާއި މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ޗެތުރީ އަށް
ނުކުޅޭވޭ ކަމަށް އިހުސާސް ކުރެވޭނަމަ ކުޅުން ހުއްޓާލާނަން
ދަގަނޑޭގެ ރެކޯޑާ ޗެތުރީ އެއްވަރު ކޮށްފި
ކްރިކެޓަށް މަރުދޭ އިންޑިއާގައި ޗެތުރީއަށް އޮތް ލޯބި
އިންޑިއާ އޭޝިއަން ކަޕަށް، ޗެތުރީ ޕުސްކަސްއާ އެއްވަރު