Roadha Mihaaru
ބޮޑެތި ތުހުމަތުކޮށް ފެނަކައިގެ ޑީއެމްޑީ އިސްތިއުފާ ދީފި

ފެނަކައިގެ ޗެއާމަނާއި އެމްޑީ އަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ޑީއެމްޑީ އިސްތިއުފާ ދެއްވައިފި

19 ސެޕްޓެމްބަރ 2022

ފެނަކައިގައި ހިނގަމުން ދަނީ އެ ކުންފުނީގެ އިސް ވެރިއެއްގެ މަގާމުގައި ހުންނަވާ އިރު، ބަލައިގަންނަން ދަތި ކަންތައްތައް ކަމަށް ވިދާޅުވެ، އަދި ކުންފުނީގެ ޗެއާމަނާއި މެނޭޖިން ޑައިރެކްޓަރަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހު ޑެޕިއުޓީ މެނެޖިން ޑައިރެކްޓަރު އިބްރާހިމްް ވަހީދު (އިބްރޭ) މަގާުން އިސްތިއުފާ ދެއްވައިފި އެވެ.

ފެނަކައިގައި ހިނގަމުން ދަނީ އެ ކުންފުނީގެ އިސް ވެރިއެއްގެ މަގާމުގައި ހުންނަވާ އިރު، ބަލައިގަންނަން ދަތި ކަންތައްތައް ކަމަށް ވިދާޅުވެ، އަދި ކުންފުނީގެ ޗެއާމަނާއި މެނޭޖިން ޑައިރެކްޓަރަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހު ޑެޕިއުޓީ މެނެޖިން ޑައިރެކްޓަރު އިބްރާހިމްް ވަހީދު (އިބްރޭ) މަގާުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވި ސިޓީގައި ބުނިގޮތުގައި، ކުންފުނީގެ ޗެއާމަން މުހަންމަދު ރަޝީދާއި އެމްޑީ އަހުމަދު ސައީދުގެ ނާގާބިލް ކަމުން ފެނަކައިގެ ދަރަނި ވަނީ 1.5 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އެ ދެ ބޭފުޅުން އެ މަގާމާ ހަވާލުވެ ވަޑައިގަތް އިރު ކުންފުނީގެ ދަރަނި ހުރީ 60 މިލިއަން ރުފިޔާގައި ކަމަށް، މި މަހުގެ 7ގައި ފޮނުއްވި ސިޓީގައި ވެ އެވެ.

"މަނިކުފާނާ ގުޅުމެއް ނެތް ވިޔަފާރިތަކުގެ ބިލްތަކަށް ފައިސާ ނުދެއްކުމާއި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ނުހިމެނޭ އެތައް ކަމެއް މަނިކުފާނާއި ޗެއާމަން އަށް ފައިދާވާ ގޮތަށް ކުރަން ފެށުމުން އެތައް ކުދިވިޔަފާރި އަކަށް މިއަދު އެކަމުގެ އަނިޔާ ދަނީ ލިބެމުންނެވެ،" އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން ކަމުގެ މަގާމުގައި ވެސް ހުންނެވި އިބްރޭގެ ސިޓީގައި ވެ އެވެ.

"މަނިކުފާނަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ގިނަ އަމަލުތަކެއް ތަކުރާރު ނުވާނޭ ގޮތަށް ކުންފުނީގެ ގަވައިދު ބަދަލުކުރަން ދައުލަތުގެ މުއައްސަސާތަކުން އަންގަވާ އެންގެވުންތައް ކުންފުނީގެ ބޯޑު ބޭނުންކުރައްވައިގެން ޗެއާމަން ދަނީ ފޮރުވަމުންނެވެ."

ސިޓީގައި އިބްރޭ ވިދާޅުވީ އެ ކުންފުންޏާ އޭނާ 2019 އިން ފެށިގެން ހިދުމަތް ކުރައްވަން ފެއްޓެވީއްސުރެ، މިއަދާ ޖެހެންދެން ވެސް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ޗެއާމަން ގެންދަވަނީ ހުރަސް އަޅުއްވަމުންނެވެ. އަދި ވިދާޅުވީ ކުންފުނީގެ އެއްވެސް ޑޭޓާ އަކަށް ވެސް އެކްސެސް ނުވެވޭ ގޮތަށް ހުންނަތާ ތިން އަހަރު ވަނީ ކަމަށެވެ.

"މި ކަންކަމާ ގުޅިގެން މަނިކުފާނަށް ފޮނުވި އެއްވެސް ސިޓީއަކަށް މިހާތަނަށް ޖަވާބެއް ލިބިފައި ނުވާކަން ވެސް ފާހަގަކުރަމެވެ. އަދި މި ކަންކަމާ ގުޅޭ ގޮތުން ކުންފުނީގެ ބޯޑުގައި މަޝްވަރާ ކުރަން އުޅުނު ކޮންމެ ފަހަރަކު ޗެއާމަން ވަނީ އެކަން ހުއްޓުވައިފަ އެވެ،" ސިޓީގައި ވެ އެވެ.