މާފަންނު ޕޮލިސް ސްޓޭޝަން ކައިރިއަށް ގްރޫޕަކުން އެއްވެ، ފުލުހުންނަށް މަރުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
20 ސެޕްޓެމްބަރ 2022
މާފަންނު ޕޮލިސް ސްޓޭޝަން ކައިރިއަށް ގްރޫޕަކުން އެއްވެ، ފުލުހުންނަށް މަރުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ވައްކަމުގެ ތުހުމަތުވާ މީހަކު ހައްޔަރު ކުރުމުން މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރުގެ ދީ ބިރުދެއްކި މައްސަލާގައި ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އޭނާ ދޫކޮށްލަން އިއްޔެ ނިންމީ އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއް ނެތި ކަމަށްވާތީ އެވެ. އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ކޯޓު އަމުރެއް ނެތި މީހަކު ހައްޔަރު ކުރެވޭނީ ކުށުގެ ވެށިން އެކަންޏެވެ.
އެ މައްސަލާގައި އެ މީހާ ހައްޔަރުކުރީ ކުށުގެ ވެށިން ނޫން ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
ފުލުހުންތަކަކަށް މާލޭގައި ދާދިފަހުން ގްރޫޕަކުން ހަމަލާދިން ހާދިސާއަކަށްފަހު ފުލުހުންނަށް އިންޒާރު ދިނުމުގެ މައްސަލަތައް ވަނީ ފެންމަތިވާން ފަށައިފަ އެވެ. އެ މައްސަލަ ސީރިއަސްކޮށް ބަލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވެ އެވެ.
ގޭންގް ކުށްތަކާބެހޭ އާ ގާނޫނުގެ ދަށުން ބަޔަކު ހައްޔަރު
މާރާމާރީއެއްގެ ވީޑިއޯ ގެއްލި، އެންމެން ސަލާމަތްވެއްޖެ
ރައުދަށް 27 ދުވަހުގެ ހުކުމެއް، ތަންފީޒުކުރާކަށްނުޖެހޭ
މަންދީއަށް ހަމަލާދިން މީހާ އެހެން ކުށްތަކެއްގައިިި ޖަލަށް
ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
މަންދީ އާއި މާޒްގެ ހަށިގަނޑުގެ ފޮޓޯ ނަގަން އަމުރެއް
މާރާމާރީ: ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި
މާރާމާރީހިންގަން އުޅުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލައިފި
އަސްވާން ދޫކޮށްލީ ބަންދުކުރަން އެދުނު ގޮތް ގޯސްވުމުން