އައްޑޫ ހިތަދޫގައި ސައިކަލެއް ޓޯ ކުރުމުން، ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ، ރޯކޮށްލާނެ ކަމުގެ އިންޒާރު ދިން ދެ ޒުވާނަކު މިއަދު ހައްޔަރު ކޮށްފި އެވެ.
20 ސެޕްޓެމްބަރ 2022
އައްޑޫ ހިތަދޫގައި ސައިކަލެއް ޓޯ ކުރުމުން، ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ، ރޯކޮށްލާނެ ކަމުގެ އިންޒާރު ދިން ދެ ޒުވާނަކު މިއަދު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ، ލައިސަންސް ނެތި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯ ކުރުމުން ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ، ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި 22 އަަހަރުގެ ފިރިހެނަކު ކަމަށް ފުލުހުން ބުންޏެވެ.
މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ. ސައިކަލެއް ޓޯ ކުރުމުން ފުލުހުންނަށް ދެ ޒުވާނަކު މި އިންޒާރު ދިނީ، އެ ފަދަ މައްސަލަތައް އިތުރުވާން ފަށާފައިވާ ދުވަސްވަރެއްގަ އެވެ.
މާފަންނު ޕޮލިސް ސްޓޭޝަން ކައިރިއަށް ގްރޫޕަކުން އެއްވެ، ފުލުހުންނަށް މަރުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި މިދިޔަ އާދީއްތަ ދުވަހު މީހަކު ހައްޔަރު ކުރި އެވެ. ނަމަވެސް، އޭނާ ހައްޔަރު ކޮށްފައިވަނީ ކުށުގެ ވެށިން ނޫން ކަމަށާއި ކޯޓު އަމުރަކާ ނުލައި ކަމަށް ބުނެ ކޯޓުން އިއްޔެ އޭނާ ދޫކުރި އެވެ.
މާލޭގައި އޮފް ޑިއުޓީގައި މަގުމަތީގައި އުޅުނު ތިން ފުލުހަކަށް ވެސް މި މަހުގެ ނުވަ ވަނަ ދުވަހު ގޭންގަކުން ވަނީ ހަމަލަދީފަ އެވެ.
ފުލުހުންނަށް އިންޒާރުދޭ މީހުންގެ މައްސަލަ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.
ފުލުހުންނަށް އިންޒާރު ދިން 2 މީހުންގެ ބަންދަށް 15
އައްޑޫގައި ވަގުންގެ "ރަސްކަން"
ހިތަދޫގެ ވިޔަފާރި ގާޑިޔާއެއްގައި ރޯކޮށްލައިފި
އައްޑޫގެ ތިން ގެއަކަށް ގެއްލުންތަކެއް ދީފި
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
ހިތަދޫގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި
ސްކޭމްކޮށްގެން މީހުންގެ އަތުން މިލިއަން ރުފިޔާ ނަގައިފި
މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ވަޅިން ބިރުދައްކައި ފޭރުނު އިތުރު މީހަކު ހައްޔަރު