ކިޑްނީ ތޮރުފައިގެން ހިލަ ނެގުމަށް ރާއްޖޭގައި ކުރި ފުރަތަމަ އޮޕަރޭޝަން، އައިޖީއެމްއެޗުގައި މިއަދު ކޮށްފި އެވެ.
20 ސެޕްޓެމްބަރ 2022
ކިޑްނީ ތޮރުފައިގެން ހިލަ ނެގުމަށް ރާއްޖޭގައި ކުރި ފުރަތަމަ އޮޕަރޭޝަން، އައިޖީއެމްއެޗުގައި މިއަދު ކޮށްފި އެވެ.
ހިލައިގެ ސައިޒަށް ބެލުމަށްފަހު އެ ނައްތާލުމަށް ޑޮކްޓަރުން އެކި ޕްރޮސީޖާތައް ހަދަ އެވެ. އެގޮތުން، އެ ހިލަތައް ކުޑަވެއްޖެނަމަ ބޭހާއި ފެނުން އެ ނައްތާލަ އެވެ. ނުވަތަ އެންޑޮސްކޮޕިކް ޕްރޮސީޖާ ބޭނުންކޮށްގެން ވެސް ހިލަ ނައްތާލަ އެވެ.
އެކަމަކު، ވަކި ވަރަކަށް ވުރެ ބޮޑުވެއްޖެނަމަ ޖެހޭނީ އޮޕަރޭޝަން ކުރާށެވެ.
މި އޮޕަރޭޝަން ކުރުމުގައި އިސްކޮށް އުޅުއްވި ދެ ޔޫރޮލޮޖިސްޓުން ކަމަށްވާ ޑރ. އިބްރާހިމް މިސްބާހާއި ޑރ. އަބްދުﷲ އަދްސާގެ އިތުރުން ހޭނައްތާ ޑޮކްޓަރުންނާއި ނަރުހުންނެވެ.
މިސްބާހު "މިހާރު" އަށް ވިދާޅުވީ ކިޑްނީ ތެރޭގައި އުފެދޭ ހިލަތައް އޮޕަރޭޝަން ކޮށްގެން ނަގަން ޖެހިއްޖެނަމަ މިހާތަނަށް އެ ފަރުވާ ދިނީ ރާއްޖެއިން ބޭރަށް ފޮނުވައިގެން ކަމަށެވެ.
މީހެއްގެ ކިޑްނީގައި އުފެދިފައިވާ ހިލަތަކެއް. މި ފަދަ ހިލަތައް ނެގުމަށް މީގެ ކުރިން ފޮނުވަމުން ދިޔައީ ރާއްޖެއިން ބޭރަށް.
ނަމަވެސް، ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތުން، 62 އަހަރުގެ ފިރިހެނެއްގެ ކިޑްނީގައި އުފެދިފައި ހުރި ހިލަތައް ވަނީ ނަގައިފަ އެވެ.
"މިއީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް. ހިލަތައް އެކީ ނަގާލެވުމާއި އަދި ބަލި މީހާގެ ހާލު ރަނގަޅުވުން. އަދި މި ފަދަ އޮޕަރޭޝަންތައް ރާއްޖޭގައި ކުރެވެން ފެށުމުން އާސަންދަ އެހީގައި ބޭރަށް ފުރައިގެން ދާން ނުޖެހުމުން ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް މެދުވެރިވެގެން ދާނެ،" މިސްބާހު ވިދާޅުވި އެވެ.
ސުވާލާއި ޖަވާބު: ކިޑްނީ ބަލި
އިންޑިއާ އިން އައި ފަސް މީހަކު އައިޖީއެމްއެޗުގައި
ރާއްޖޭގައި ކިޑްނީ ބަދަލުކުރުމުގެ ހިދުމަތް ފަށަނީ
ކިޑްނީީ ބަދަލުކުރުމުގެ އޮޕަރޭޝަން ރާއްޖޭގައި ފަށަނީ
އައިޖީއެމްއެޗުގައި ކިޑްނީން ހިލަ ގޮއްވަން ފަށައިފި
ދަރިމައިވުމުގެ މައްސަލަތަކަށް އައިޖީއެމްއެޗުން ފަރުވާދެނީ
އައިޖީއެމްއެޗުގެ އާ ސެންޓަރަށް 8.5 މިލިޔަން ރުފިޔާ
ޑަޔަލިލިސް ހެދުން ގެޔަށް، ފަރުވާ ހޯދުމަށް ބޮޑު ލުޔެއް
ފަރުވާއަށް 10،000 އަށްވުރެ ގިނަ މީހުން ކިއުގައި
ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު ބަދަލުކޮށްފި:ހަލީމް